ބައިސްކޯފުން ދައްކަމުންް އަންނަ ޔޫއްޕެ ޕްރޮޑަކްޝަންސްްގެ ހިތްގައިމު ވެބް ސީރީޒް “ހުވާކޮށްފާ ބުނަން“ގެ 09 ވަނަަ އެޕިސޯޑް ރޭ ދައްކާާފައިވާއިރު، ސީރީޒްގެ ފޯރި އިތުރަށް ގަދަވެ އިތުރު ކަންތައްތަކެއް ހާމަވާން ފަށައިފިއެވެ.

ބޮޑު ކާސްޓެއް ހިމެނޭ “ހުވާކޮށްފާ ބުނަން“ގައި އަދި މިހާތަނަށް މަދު ތަރިންތަކެއް ފެނިފައިވިޔަސް، ރޭގެ އެޕިސޯޑްގައި ބޮޑު ޓްވިސްޓަކާއެކު ހުނަރުވެރި އެކްޓަރު މުޙައްމަދު ފައިސަލް ވަނީ މުހިންމު ކެރެކްޓަރއަކާ އެކު ސީރީޒާ ގުޅިފައެވެ.

ސީރީޒްގެ 09 ވަނަ އެޕިސޯޑްގެ ޚުލާޞާއަކަށް ބަލައިލާއިރު، ދާއިން (ފުބޫ) އާއި ޒާރާ (ވާޝިޔާ މުޙައްމަދު) ބައްދަލުކުރެއެވެ. ޒާރާ ބައްދަލުކުރަނީ ނަމުގައި ހައިފާގެ ވާހަކަދެއްކުމަށް ނަމަވެސް އޭނާގެ މައިގަނޑު މަޤުޞަދަކީ މާއިޝް (ދޮން އައްޔަ)ގެ މަޢުލޫމާތުތައް ހޯދުމެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ޒާރާ އަށް ނޭނގިނަމަވެސް މާއިޝް އަށް ހިތް ކިޔިއްޖެއެވެ.

އަނެއްކޮޅުން ދާއިން (ފުބޫ) ޒާރާ އާ ބައްދަލުކުރީ ހައިފާ (މަރްޔަމް ޝިފާ)ގެ ވާހަކަތައް އޮޅުންފިލުވުމަށެވެ. ދެމީހުންގެ ވާހަކަތަކުން ޒާާރާ ހުރީ މާއިޝް އަށް ހިތްކިޔާފައިކަން ދާއިން އަށް އެނގެއެވެ. އެހެން ނަމަވެސް ހައިފާ އަކީ އަސްލު ކާކުކަމާ، ކުރީ ދުވަހު ހައިފާ ދުއްވީ ޒާރާގެ ކާރު ކަން އެނގި، އަސްލު މުއްސަންޖަކީ ޒާރާ ކަން އެނގުމުން ދާއިންގެ ރާގު ބަދަލުކޮށްލައެވެ. ޒާރާ ދެކެ ލޯބިވާކަމަށް ބުނެއެވެ. ޒާރާ އަށް ލިބެނީ ހައިރާން ކަމެކެވެ. ނަމަވެސް ދާއިން (ފުބޫ)ގެ މޮޅު އެކްޓިންއާ އޭޭނާގެ ލަވަކިޔުމުގެ ހުނަރު ބޭނުންކޮށްގެން މިއުޒިކާާ ނުލައި ހަމަ ސީދާ ފުބޫގެ އަޑުން ލޯބީގެ ވަރުގަދަ ލަވަ ސެޓެއް ޖައްސައެވެ. ޒާރާގެ ހިތް އަތުލެވޭވަރު ކޮށްލައެވެ.

ދާއިން އަށް ހިތްގައިމު ހިނިތުންވުމެއް ދެމުން ޒާރާ ތެދުވެއެވެ. ދާއިންއާާއި ދިމާއަށް ދިއުމަށް ހިގައިގަންނަން ތައްޔާރުވާ ވަގުތު ދާއިންގެ ފަހަތުން އަންނަ މީހަކަށް ޒާރާގެ ނަޒަރު ހުއްޓެއެވެ. ހައިރާންކަމާާ، ބިރާއި ޖެހިލުންވުން ޒާރާގެ މޫނުން ފެނިގެން ދެއެވެ. ދާއިން ވަރަށް ހެފިފައި ހުއްޓާ ދާއިންގެ ފަސްދީ ޒާރާ ގޮސް ހުއްޓެއެވެ. އެހިސާބުން ޖާވިދު (ފައިސަލް) އައިސް ޒާރާ ކައިރިއަށް މަޑުކޮށްލައެވެ.

މަޝްރަހު ހޫނުވެ، ވަރުގަދަ ސީންއެއް ކުރިއަށްދާއިރު، ޒާރާ (ވާޝިޔާ މުޙައްމަދު)ގެ އެކްޓިންގެ ހުނަރު ހުރި މިންވަރު ކިތަންމެހާާވެސް ރަނގަޅަށް ފެނިގެން ދެއެވެ. އޭނާގެ މޫޑު ބަދަލުކޮށްލުމާ ހިތާމައާއި ރުޅިވެރިކަންވެސް ވަރަށް މޮޅަށް ދައްކައެވެ. ހަމަ އެހެންމެ ޖާވިދު (ފައިސަލް) މީގައި ފެނިގެން ދަނީ މީގެ ކުރިން އޭނާ ކުޅެފައިވާ ރޯލުތަކާއި ވަރަށް ތަފާތު، ހަރުކަށި އަދި ނުލަފާ މީހެއްގެ ރޯލެވެ.

ޖާވިދު (ފައިސަލް) އާއި ޒާރާ (ވާޝިޔާ މުޙައްމަދު) އާއި ދެމީހުންގެ އޮންނަ ގުޅުމާާއި ދާއިން (ފުބޫ)އަށް ވެގެންދާގޮތް މި އެޕިސޯޑާއި ކުރިއަށް އޮތް އެޕިސޯޑުން ފެނިގެންދާނެއެވެ.

ތިން ސީޒަން އަކަށް ބަހާލައިގެން ގެނެސްދޭ ”ހުވާކޮށްފާ ބުނަން”ގެ ކޮންމެ ސީޒަނެއްގައި26 އެޕިސޯޑް ހިމެނޭނެއެވެ.

ހުވާކޮށްފާ ބުނަން“ އަކީ ޔޫއްޕެގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ’ޔޫއްޕެ ޕްރޮޑަކްޝަންސް’ގެ އަލަތު ސީރީޒެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކޮށް، ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ ކެމެރާކުރުމާއި ޕޯސްޓްޕްރޮޑަކްޝަން އެކުލެވޭ ”ހުވާކޮށްފާ ބުނަންް“ އަކީ އަސަރުގަދަ ލޯބީގެ ކަންތައްތަކެއް ފެނިގެންދާނެ، އަދި މުޖުތަމަޢުގައި ހުރި މުހިންމު މައްސަލަތަކަކަށް އަލިއަޅުވާލައި ގެނެސްދޭ ސީރީޒެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.