ފިލްމު “އެޓޭކް”ގެ ޝޫޓިންގައި އުޅެނިކޮށް ޖޯން އަބްރަހަމް އަށް އަނިޔާވެއްޖެއެވެ. ޖޯން އަބްރަހަމް އަށް ލިބުނު ޒަޚަމްގެ ސަބަބުން ކަނދުރާއިން ލޭ އަންނަތަން ފެންނަ ވީޑިއޯއެއް ވެސް އޭނާގެ އިންސްޓަގްރާމުގައި އާއްމުކޮށްފައިވެއެވެ.

2004 ގައި ރިލީޒްކުރި ފިލްމު “ދޫމް”ގެ ބްލޮކްބަސްޓަރ ކާމިޔާބީއަށްފަހު، އެކްޝަން ފިލްމެއް ކުޅެން ލިބުމުން ޖޯން އެންމެ ތަންފުކެއްވެސް ދޫކޮށެއް ނުލައެވެ. ފިލްމުތަކުގެ މަންޒަރުތައް އެންމެ މޮޅަށް ދެއްކުމަށްޓަކައި އޭނާގެ ދަލާއި ލޭ ވެސް އޮހުރުވާފައިވެއެވެ. ހަމަ އެގޮތަށް ފިލްމު “އެޓޭކް”ގެ ވަރުގަދަ ސީންއެއްގައި ޖޯން އަށް އަނިޔާވެ އޭނާގެ ކަނދުރާ ދޮށުން ލޭ އައި މަންޒަރުވެސް ވަނީ ފެނިފައެވެ.

މިކަން ދިމާވީ ދިއްލަން ގެންގުޅޭ ހޮޅިބުރިއަކުން އޭނާާގެ ކަނދުރާ މަތީގައި ޖަހާ މަންޒަރެއް ނެގުމުގެ ތެރޭގައެވެ. އެ މަންޒަރުގައި އޭނާއަށް ލިބުނު ޒަޚަމާއި ގުޅިގެން ކަނދުރާއިން އައި ލޭ ފޮހުނު ވީޑިއޯއެއް އާއްމުކޮށްފައިވެއެވެ.
https://www.youtube.com/watch?v=7uod7HYVkjU

ފިލްމު “އެޓޭކް”ގެ މަސައްކަތް ޖޯން ފެށީ ފިލްމު “ސަތިޔަމޭވް ޖަޔަތޭ 2″ގެ ޝޫޓިން ނިންމައިލުމަށް ފަހުގައެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު ޖޯން “އެޓޭކް” ގެ ޝޫޓިން ފެށި ނަމަވެސް ކޮވިޑް19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމާއެކު ފިލްމުގެ މަސައްކަތް ކުރެވޭ ގޮތް ނުވީއެވެ.

މި ފިލްމުން ޖޯން އާއެކު ހަރަކާތްތެރިވާ އަންހެން ބަތަލާ އިންނަކީ ޖެކަލީން ފާނަންޑޭޒް އާ ރަކުލް ޕްރީތުއެވެ. މި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލުމަށްފަހު ދެން ގުޅޭނީ ޝާހްރުކް ޚާން އާ ދީޕިކާ ޕަދުކޯންގެ “ޕަތާން” ގެ ޝޫޓިން އަށެވެ.

“އެޓޭކް” އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ބަތަލާ ޖެކަލީން އާއި ބަތަލު ޖޯން ވަނީ މީގެ ކުރިން ވެސް ގިނަ ފަހަރެއްގެ މަތިން އެކުގައި މަސައްކަތްކޮށްފަ އެވެ. މި ފިލްމުގައި ހޮލީވުޑް އެކްޓަރެއްގެ އެކްޓިން ވެސް ފެނިގެންދާނެއެވެ.

 

View this post on Instagram

 

A post shared by John Abraham (@thejohnabraham)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.