މޭޖަރ ޑިޕްރެޝަން
މޭޖަރ ޑިޕްރެޝަނަކީ އާދައިގެ ނުވަތަ މެދުފަންތީގެ ޑިޕްރެޝަންހައި އާންމު އެއްޗެއްނޫނެވެ. އަދި މި ސްޓޭޖުގައި ފެންނަ އަލާމާތްތައް ވަރުގަދަވާނެއެވެ.

* ގިނަފަހަރު މޭޖަރ ޑިޕްރެޝަނަށް ފަރުވާ ނުހޯދި ހައެއްކަ މަސްވެސް ދިގު ދެމިގެންދެއެވެ.

* ބައެއް މީހުނަށް މުޅި އުމުރުގައި ހަމަ އެންމެ ފަހަރަކު ޑިޕްރެޝަނަށް ދާންޖެހިފައިވެސް އެބަހުއްޓެވެ. އެކަމަކު މޭޖަރ ޑިޕްރެޝަންގައި ހަމަނުޖެހުން ބޮޑުވެފައި ދެމިގެންދާ މުއްދަތު ދިގުވެއެވެ.

އެއިޓިޕިކަލް ޑިޕްރެޝަން

އެއިޓިޕިކަލް ޑިޕްރެޝަނަކީ މޭޖަރ ޑިޕްރެޝަންގެ ގޮތްޕެކެވެ. އެކަމަކު މިވައްތަރުގައި ފެންނަ ވަކި އަލާމާތްތަކެއް ހުރެއެވެ. އެކަންކަމަށް ފަރުވާ ހޯދުމުގައި ތެރަޕީތަކާއި ބޭސްފަރުވާގެ އެހީ މާބޮޑަށް ހޯދެއެވެ. އެހެންވުމާއިއެކު މިވައްތަރު ރަނގަޅަށް ދެނެގަނެވިއްޖެނަމަ ފަސޭހަވާނެއެވެ.

* އެއިޓިޕިކަލް ޑިޕްރެޝަންގެ މީހުނަށް ގިނަފަހަރު ރަނގަޅު ކަންކަމުގެ ތެރެއަށް ދޭތެރެއަކުން އާދަޔާޚިލާފަށް ބޮޑަށް ވަދެގަނެވޭ ގޮތް ވެއެވެ. މިސާލަކަށް ރަނގަޅު އުފާވެރި ޚަބަރެއް ލިބޭހިނދު ނުވަތަ ގާތް ބަޔަކާއެކީ ވަގުތު ހޭދަކުރާ ހިނދު ވެސް މާބޮޑަށް ހިލިގެން އުޅެވޭތަން އާދެއެވެ.

* އެއިޓިޕިކަލް ޑިޕްރެޝަންގެ އަނެއް ނިޝާނަކީ ގިނައިން ކެއުމާ، ހަށިގަނޑު ބަރުވުމާ، ގިނައިރު ނިދުމާ، އަތްފަޔަށް ބަރުވެފައި ހުންނަކަމުގެ އިޙުސާސްކުރެވުމެވެ.

މޫސުމީ އަސަރު

ބައެއް މީހުންގެ މިޒާޖުގައި ވިއްސާރަ ފިނި މޫސުމުގައި ފާޑެއްގެ ލުއި ޑިޕްރެޝަނެއް އުފެދެއެވެ. އެއަށް ކިޔަނީ ސީޒަނަލް އެފެކްޓިވް ޑިސްއޯޑަރ އެވެ. މިކަމުގެ އަސަރު ފޯރަނީ %1 ނުވަތަ %2 މީހުންނަށެވެ. އާންމުކޮށް އަންހެނުންނަށާއި ޒުވާނުންނަށެވެ. މީގެ ސަބަބުން ހޫނު މޫސުމާއި ޚިލާފަށް ފިނި ދުވަސްތަކުގައި ތިބާއަށް މުޅިން ތަފާތުމީހެއްގެ އިޙުސާސް ގެނެސްދެއެވެ. އުއްމީދު ގެއްލި މާޔޫސްވެ، ހިތްދަތިކަމާއި ހާސްކަން ވެރިވެއެވެ. މީހާ ފިތިފައި ހުންނަކަމުގެ އިޙުސާސް ކުރެވި، ކަންކަމާ މަސްޢޫލުވުމުން ދުރުކޮށް، އެކުވެރިންނާއި ލޯބިވެރިންނާ ފެއަށް މީހާ ޖައްސައެވެ.

ޑިޕްރެޝަނާއި އޭގެ ރިސްކުގެ ބާވަތްތައް

ބައެއް ތަކުލީފުތަކާ ރިހުންފަދަ ބަލިތަކަކީ ބޭސްފަރުވާއިން ރަނގަޅު ކުރެވޭ ކަންކަން ނަމަވެސް މިފަދަ ޑިޕްރެޝަރަންގެ އަސަރުތަކަކީ އެއާ ޚިލާފު ތަފާތު ސީރިއަސް ބަލިމަޑު ކަމެކެވެ. ބައެއް ގުޅަބޭހާއި ދިޔާބޭހާއި އުނގުޅާބޭސް އަދި ތަދުކަނޑާ ބޭސްފަދަ ފަރުވާތަކުން މަދު މީހަކަށް އެދެވޭ އަސަރެއް ކުރިއަސް މިއިން ގިނަ ބަޔަކަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. އެހެނީ ޑިޕްރެޝަނަކީ ޖިސްމާނީ، ނަފުސާނީ އަދި ސިކުނޑީގެ މައްސަލަތައް އެއްތަންވާ ކަމެއްކަމަށް ވާތީއެވެ. އަދި ހަމަ އޭގެ އިތުރުން އިޖުތިމާއީ މާހައުލުން ވެސް އެއަށް އިތުރަށް އަސަރު ފޯރުވާތީއެވެ. މި އަސަރު ކުރުމުގައި ކޮންމެ މީހަކު އެއްގޮތެއް ވެސް ނުވާނެއެވެ. އެކި މީހުނަށް ފޯރާނީ އެކިވަރަށް އެކި އަސަރުތަކެވެ.

ނޫސްތަކާއި ޓީވީ ރޭޑިއޯ އަދި ޚަބަރުތަކާއި ޑޮކްޓަރުންގެ ވާހަކަތަކުން އިވިފައިވާ ފަދައިން ޑިޕްރެޝަނަކީ ހަމައެކަނި ސިކުނޑީގެ ކެމިކަލް އިމްބެލެންސުން އުފަންކުރާ ކަމެއް ނޫނެވެ. އަދި އެހެން ދިމާވިއަސް ބޭހުން ހަމަޔަކަށް އެޅުވެނީ އެބާވަތުގެ މަދު ކަމެކެވެ. ބަޔޮލޮޖިކަލް ފެކްޓާރސް ޔަގީނުންވެސް މިކަމުގައި މުހިންމު ރޯލެއް ކުޅެއެވެ. މިސާލަކަށް ހަށިގަނޑުގެ ދިފާއީ ނިޒާމާއި ހަށިގަނޑުގެ އެކި މާއްދާތަކުގެ ބާރު މިކަންކަމަށް ބަދަލުގެނެއެވެ. އިމިއުން ސިސްޓަމްގައި އުފަންކުރާ ޙަރަކާތަކުން ނުކުޅެދުންތެރި ކަމެއް ސިކުނޑިއަށް ގެނެސްދެއެވެ. އެގޮތުން ސިކުނޑިއަށް ލިބެންވާ ހަކަތަ އާއި ބާރުން ބައެއް އުނިވެ ސިކުޑީގެ ސެލްތައް ކުދިވެ ކުރުގެޅެއެވެ. އެހެނަސް ނަފުސާނީ އަސަރުތައް ތަފާތެވެ. މިސާލަކަށް ބޮޑު ހިތްދަތިކަމެއް ނުވަތަ ހާސްކަމަކުން ސިކުނޑީގައި ފޮރުވިފައިވާ ބާރުގަދަ އަސަރުތަކުން މީހާއަށް އެކަނިވެރިކަމާއި ނަފުސުގެ ބަލިކަށިކަން އިޙުސާސް ކުރުވަންފަށައެވެ. އަދި ތިމާ އުޅެން ދިމާވާ ތަފާތު މާހައުލަކުން ވެސް މިކަންކަމަށް ފުރުސަތު ބޮޑުވެގެން ދެއެވެ.

ޑިޕްރެޝަނަށް ތިބާ ގެންދިއުމަށް ބާރުއަޅާ ރިސްކް ފެކްޓާރސް

ޑިޕްރެޝަނަކީ ހަމައެކަނި އެންމެ ކަމެއްގެ ބަދަލުގައި، އެތައް އަސަރުތަކެއް އެކުވެގެން އުފަންވާ އާދަޔާޚިލާފު ހަމަނުޖެހުން ތަކެކެވެ. މިސާލަކަށް، ތިބާގެ އާއިލީ މައްސަލައަކުން ކައިވެނި ރޫޅޭޙާލަތުގައި ބޭސްފަރުވާއަށް ގިނަފަހަރު ބޭނުންވެއެވެ. ނޫނީ ތިބާގެ ވަޒީފާ ގެއްލި މާޔޫސްވާ ދަނޑިވަޅުގައި އެކަން ފޫބެއްދުމަށް ކޮންމެސް ނަހަމަ އަމަލެއްގެ ބޭނުން ހިފަން ހިތަށް އަރައެވެ. އޭގެ ސަބަބުން ތިބާގެ އާއިލާއާ އެކުވެރިން ދޫކޮށް މާ ދުރަށްދާން ޖެހޭފަހަރު ވެސް އާދެއެވެ. މިސަބަބުތަކުން ޑިޕްރެޝަނަށް ގޮސްފާނެއެވެ.

ޑިޕްރެޝަނަށް ތިބާ ގެންގޮސްފާނެހެން ހީވާ ބައެއް ރިސްކް ފެކްޓާރސް ލިޔެލާނަމެވެ.

އެކަހެރިވުމާ އެކަނިވުން

އެކަނިވެރިވުމާ ޑިޕްރެޝަނާ ވަރަށް ތިމާގެ ވެދާނެއެވެ. ހަމައެކަނި އެކަން އެފެށެނީ ތިބާގެ އިޖުތިމާއީ ސަޕޯޓާއި އެކަހެރިކަމަކުން ވެސް ނޫނެވެ. ގާތް އެތައް ބަޔަކާ ދުރަށް ޖެހެން މަޖުބޫރުވުމާއެކު އެކަނިވެރިކަން އިހުސާސް ކުރަން ޖެހުމުންނެވެ. އެކަހެރިކަމުން ހާލަތު އިތުރަށް ގޯސްކޮށްލައެވެ. މިއާ ޚިލާފަށް ތިބާގެ އާއިލާއާއި އެކުވެރިން، ގާތުގައި އެހީވެ ނަސޭހަތްތެރިވާން ތިބިނަމަ ތިބާ އެކަނި އެ މައްސަލަޔާ ކުރިމަތިލުމަށްވުރެ މާބޮޑަށް ކަންކަމުން އަރައިގަންނަން ފަސޭހަވީހެވެ.

ކައިވެންޏާއި އެހެނިހެން ގުޅުންތަކުން އުފަންވާ މައްސަލަތައް

ތިމާއާއެކު ރައްޓެހިންނާއި ލޯބިވެރިން އަދި އާއިލާ ތިބޭ ހިނދު މައްސަލަތަކާ ދުރަށް ޖެހި ހިތް ހަމަޖައްސާލަން ފަސޭހަވާ ފަދައިން، އެ އެންމެނާ ވަކިވެ އެކަހެރިވުމުން ދެން ކުރިމަތިވާ މައްސަލަތަކަށް ތިބާ އެކަނި ހަނގުރާމަކުރަން ޖެހުމުން އޭގެ އިދިކޮޅަށް، ކަންކަން ގޯސްވެ ނުބައިން ނުބަޔަށް ދިއުމުގެ ފުރުސަތު ބޮޑުވެއެވެ. އެގޮތުން ސިއްހަތުގެ ދުޅަހެޔޮކަން ގެއްލި، އެކުވެރިން ގެއްލި ހިތްހަމަޖެހުން ގެއްލިގޮސް ތިބާ ޑިޕްރެސް ވެއެވެ.

ދިރިއުޅުމުގެ ފިއްތުންތަކުން ކުރެވޭ ތަޖުރިބާ

ދިރިއުޅުމުގެ މައިގަނޑު ބަދަލުތައް، މިސާލަކަށް އިނދެގެން އުޅޭމީހާ މަރުވުން ނުވަތަ ދަރިއަކު މަރުވުން ފަދަ އާއިލީ ގާތް ގުޅުމެއް ނެތިދާ ހިނދު، ނޫނީ ވަޒީފާ ގެއްލި ފައިސާގެ ތަނަވަސްކަން ނެތިދާ ހިނދު، ކޮންޓްރޯލް ކުރަންދަތި ފިއްތުންތަކަކަށް ތިބާގެ ސިކުޑި ދެއެވެ. އެކަމުން ޑިޕްރެޝަންއަށް މީހާ ގެންދެއެވެ. ފުތަތަމަ ޙާލަތަށް ޝުކުރުކޮށް ﷲގެ ކިބައިން ވާގިއެދޭށެވެ.

ދާއިމީ ފަރުވާއެއް ހޯދާ ކަންކަމާއި ވޭން

ކުރިން ދެންނެވިފަދަ ޙާލަތަކާ ގުޅިގެން މިފަދަ ޙާލަތެއްގައި ހުންނަ މީހާ ވަރަށް ބޮޑަށް ބަލިކޮށްލައެވެ. ދިގު މުއްދަތަށް ބޭސްކުރާ ކަންކަން، މިސާލަކަށް ކެންސަރު، ޑައިބެޓިކްސް ނުވަތަ ހިތުގެ ބަލި ފަދަ ކަންކަމާއެކު ޑިޕްރެޝަން ތަހައްމަލް ކުރަން ޖެހުމަކީ މީހާ މާޔޫސްކަމަށް ގެންދާ އަދި ޑިޕްރެޝަނަށް މަގުފަހިވާ ކަންކަމެވެ.

އާއިލީ ތާރީޚުން އަންނަ ޑިޕްރެޝަން

އާއިލީ ވާރުތަވުމެއްގެ ގޮތުގައިވެސް ޑިޕްރެޝަން ހީވެދާނެއެވެ. އެހެނަސް އެއީ އެހެން ވާ ކަމެއްނޫނެވެ. ތިމާގެ އާއިލާގެ މީހެއް ނުވަތަ ގާތް އެކުވެރިއެއްގެ ޑިޕްރެޝަން ތިމާ ތަހައްމަލްކުރަން ވަރަށް ނުޖެހޭނެއެވެ. ތިބާގެ ދިރިއުޅުމުގެ ވައްޓަފާޅިން ނޫނީ ގުޅުންތަކުގެ ސަބަބުން ނުވަތަ ކުރިމަތިވާ ފިއްތުންތަކަކުން ތިމާއަށް އެކަން ފޯރަފާނެއެވެ.

އަމިއްލަ މިޒާޖާ ޝަޚުސިއްޔަތު

ތިބާގެ ދިރިއުޅުމުން ދިމާވާ ޙާލަތުން ތިބާ ޑިޕްރެޝަނަށް ދާން ޖެހިދާނެއެވެ. މިސާލަކަށް ތިބާ މާބޮޑަށް ކަމަކާ ކަންބޮޑުވެ ހާސްވާން ދިމާވުމުން ނުވަތަ ދިރިއުޅުމުގެ ނުރަނގަޅު ސަބަބަކާ ގުޅިގެން އަންނަ މާޔޫސްކަމާ ނަފުސުގެ އިތުބާރު ގެއްލިގެން ދާން ދިމާވާ ހިނދު ތިބާއަށް ޑިޕްރެޝަނަށް މަގު ފަހިވުން ގާތެވެ.

ޅައުމުރުގައި ނަހަމަ ގުޅުމަކުން ކޮށްފައިވާ އަސަރު

ގެވެށި އަނިޔާ ނުވަތަ މާޙައުލުގެ ޝިކާރަޔަކަށް ތިބާ ކުރިން ވެފައިވާ ނަމަވެސް ރިސްކްތަކެއް ހުރެއެވެ. ނޫނީ ގަނާކުރުމާއި އަނިޔާއިން ވެސް ފަހުން އެފަދަ ޑިޕްރެޝަނަކަށް ތިބާ ދާންޖެހިދާނެއެވެ.

މަސްތުވާތަކެއްޗާއި ގާތްވުން

ޙާލަތަކާއި ގުޅި ދިމާވާ ޑިޕްރެޝަންގެ ސަބަބުން އެކަމުން ނުކުތުމަށް ބައެއްފަހަރު މަސްތުވާ ތަކެތީގެ ބޭނުން ހިފަން ވިސްނެއެވެ. މިކަމުން ތިބާ ޑިޕްރެސް ވުން އެކަށީގެންވެއެވެ. އެއީ ތިބާ ހިތުން އެފަދަ ފިއްތުންތަކާ އެ އިޙުސާސްތަކުން ސަލާމަތް ވުމަށެވެ. ނަމަވެސް ނަތީޖާއަކަށް ވާނީ އިތުރު ޙައްލުނުވާފަދަ ބޮޑެތި މައްސަލަތަކެއްގެ ފެށުމަށެވެ. މިހައިތަނަށް މިފަދަ ކަންކަމުން ސަލާމަތްވުމަށް ބާރުގަދަ ތަދު ކަނޑުވާ ބޭސް ފަދަ ޑްރަގުތައް ބޭނުންކުރުމުން މާ އަވަހަށް މީހާ މާ ނުރައްކާތެރި ޑިޕްރެޝަނަށް ދާކަން ފާހަގަވެފައިވެއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com