ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ސެކިއުރިޓީ ގާޑުންނާއި އެކުގައި ކޮންމެވެސް ތަނަކަށް ހިންގަވާފައި ވަޑައިގަންނަވަނީ އެވެ. ކުއްލިއަކަށް ފެނުނީ މަގުމަތީގައި ހޮވާކާން އިން ކޮތަރަކަށް ޕުޓިންގެ އަތްޕުޅުން އިޝާރާތެއް ކޮށްލައްވާ މަންޒަރެވެ. ހަމަ އެވަގުތު ކޮތަރުގެ އެއް ފިޔަގަނޑު ބޭރަށް ނެރެލާފައި ލަޑިމިއާ ޕުޓިން އަށް ސެލިއުޓްކޮށްލަ އެވެ. ރައީސަށް ކޮތަރު ސެލިއުޓް ކޮށްލިއްޔޯލަ އެވެ. ހަމަ ގައިމުވެސް މީސްމީޑިޔާ ގައި އާއްމުވެފައިވާ މި ވީޑިއޯ އިން ފެންނަ މަންޒަރަކީ މިއީ އެވެ.
އެކަމަކު އެނގޭހެއްޔެވެ؟ މިއީވެސް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިންވަރު ދައްކައިލުމަށް މިވެރިން ކޮށްފައިވާ މޮޅު އީޖާދެކޯލައެވެ. ފޭސްބްކް ގައި އާއްމުކޮށްފައިވާ ވީޑިއޯ ގައި އަރަބި ބަހުން ލިޔެފައިވާ ލިޔުންކޮޅެއް ގެ ތަރުޖަމާއެއް ލިޔެލާނަމެވެ.
ވީޑިއޯ އިން ފެންނަ ކޮތަރަކީ ‘ޑިޖިޓަލް’ ކޮތަރެކެވެ. ނުވަތަ ފަސްވަނަ ޖެނެރޭޝަން ހަތިޔާރުގެ އާލާތެކެވެ. މިއީ ރަޝިޔާ ގެ ރިސާޗް މަރުކަޒަކުން އުފައްދާފައި ‘އޮޓޮމެޓިކް ކޮތަރެ’ ކެވެ. މިއީ މި ކޮތަރާއި އަސްލު ކޮތަރަކާއި އަޅައި ބަލާއިރު ވަކިކުރަންވެސް ނޭނގޭހައި މޮޅަށް އުފައްދާފައި އެއްޗެކެވެ. މި އޮޓޮމެޓިކް ކޮތަރު އުދުހެ އެވެ. ހަރަކާތް ކުރެއެވެ. މިއީ ޖީޕީއެސް ސިސްޓަމަކުން ކޮންޓްރޯލް ކުރާގޮތަށް ސެޓެލައިޓާއި އަބަދުމެ ގުޅިފައި ހުންނަ ކޮތަރެކެވެ. ދުރު ޤައުމުތަކަށް އުދުހިފައި ދަތުރުކުރެއެވެ.
މީސްމީޑިއާގައި އާއްމުވެފައިވާ ފޭކް ވީޑިއޯ
މިއީ އިރުގެ ހަކަތަ ބޭނުންކޮށްގެން މަސައްކަތްކުރާގޮތަށް ތައްޔާރުކޮށްފައިވާ ކޮތަރެކެވެ. ކޮތަރުގެ ތެރޭގައި ތިން ލިތިއަމް ބެޓެރީ ހުރެއެވެ. އެންމެ ފަހުގެ ސަރވިއަލެންސް އުކުޅުތައް ބޭނުންކުރާ ރާޑަރު ވެސް އޭގައި ހަރުކޮށްފައި ވެއެވެ. ގޮވާތަކެތި (އެކްސްޕްލޯސިވްސް) ދެނެގަތުމަށްޓަކައި ކެމެރާ އާއި ސެންސަރު ތައް ހަރުކޮށްފައި ހުރެއެވެ. މުހިންމު މެހެމާނެއް އައުމުން އެއަށް އެކަން އެނގެއެވެ. މިސާލަކަށް ވީއައިޕީ ބޭފުޅެއް ފެނުމުން އެކަން ދެނެގަނެއެވެ.
މި ކޮތަރު އުފައްދާފައިވަނީ ރަޝިޔާގެ ރައީސް އާއި ބޮޑުވަޒީރު އަދި ސަރުކާރުގެ އިސްބޭފުޅުން ގެ ސަޚްސިއްޔަތު ފާހަގަކޮށް ދެނެގަތުމަށެވެ. ކޮތަރުގެ ހަށިގަނޑު ތެރޭގައި ސަރުކާރުގެ މަތީފަޑީގެ ބޭފުޅުން ދެނެގަތުމަށްޓަކައި ޓިޖިޓަލް މަޢުލޫމާތު ތަކެއް ރައްކާކޮށްފައި ހުރެއެވެ. އެގޮތުން އެބޭފުޅުންގެ އިނގިލީގެ ނިޝާނާއި ލޮލުގެ އައިރިސް ގެ މަޢުލޫމާތު ހިމެނެއެވެ. މި ކޮތަރަށް އިސް ބޭފުޅުންގެ ސަޚްސިއްޔަތު ފާހަގަ ކުރެވޭ ދެގޮތެއް ހުރެއެވެ. މި ވީޑިއޯ އިން މި ފެންނަ ގޮތަށް ރައީސް ޕުޓިންގެ އަތްޕުޅުގެ އިޝާރާތާއި ޕުޓިންގެ ފައިންޕުޅުގެ ނިޝާނުން ކޮތަރަށް އެއީ ހަމަ އަސްލުވެސް ރައީސް ޕުޓިން ކަން ގައިމުކުރެވެއެވެ.
ރަޝިޔާގެ ޖާސޫސީ އިދާރާއިން ވަނީ ރަޝިޔާގެ ‘ވޯންޓެޑް’ ލިސްޓްގައި ހިމެނޭ އެތަކެއް މީހުންގެ އިނގިލީގެ ނިޝާން މި ކޮތަރަށް ފޯރުކޮށްދީފައެވެ. ނަތީޖާއެއްގެ ގޮތުން ކޮތަރުގެ އެހީގައި ވަނީ އެތަކެއް ކުށްވެރިންނެއް ހިފައި ހައްޔަރު ކުރެވިފަ އެވެ.
ރައީސް ލިޑިމިއާ ޕުޓިން އަށް ސަލާމް ކޮށްލާތަން މި ފެންނަ ކޮތަރަކީ ލައްކަ އަގުވެސް ހުރި ކޮތަރެއްތާ ދޯ އެވެ. އެކަމަކު އެނގޭހެއްޔެވެ؟ މި ވީޑިއޯ އާއި އެކުގައި މީސްމީޑިޔާ ގައި ހާމަކޮށްފައިވާ މަޢުލޫމާތުގައި މުޅިންވެސް އެވަނީ ސައްހަ ނޫން މަޢުލުމާތު ތަކެކެވެ. އަސްލު މިކަން މި ވީޑިއޯގައި އެފެންނަ ގޮތަކަށް ނުވެސް ހިނގައެވެ. ތެދެކެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ގެ އަތްޕުޅުން ކޮތަރަށް ހަޅާއަޅުއްވަ އެވެ. ނަމަވެސް އެ ހަނާއެޅުއްވުމަށް ކޮތަރު ޖަވާބެއް ނުދެއެވެ. އަސްލު ވީޑިއޯ އިން ފެންނަނީވެސް ހަމަ އަސްލު ކޮތަރެކެވެ. އެހެންކަމުން ޕުޓިން އަށް ހަނާ އަޅަތަން ދައްކުވައިދޭ ވީޑިއޯ އަކީ ފޭކް އެޑިޓިން އަކާއި އެކު ތައްޔާރުކޮށްފައިވަ ވީޑިއޯ އެކެވެ. އަސްލު ވީޑިއޯ މިވަނީ ރަޝިޔާ ގެ ރަސްމީ ޗެނަލް އެއްކަމަށްވާ ރަޕްޓްލީ ޓީވީން ދައްކާފަ އެވެ. ތިރީގައި އެވަނީ އަސްލު ވީޑިއޯ އެވެ.
އަސްލު ވީޑިއޯ އިން ފެންނަނީ ޕުޓިން ކޮތަރަށް ހަނާއެޅުމުން ކޮތަރު އެކަމާ އަޅައިވެސް ނުލާ އެސޮރު ދާތަނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!