ސާކް ކަލްޗުރަލް ސެންޓަރުން އިންތިޒާމް ކުރައްވައިގެން މިއަހަރުގެ މެއި 04 ން 09 ށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ “ސާކް ފިލްމު ފެސްޓިވަލް 2021” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)އިން ހާމަކުރައްވައިފިއެވެ.
“ސާކް ފިލްމު ފެސްޓިވަލް 2021” ގައި 02 ކުރު ފިލްމު އަދި ފީޗަރ ފިލްމު، 01 ވެބް ބޭސްޑް ފިލްމު އަދި 01 މާސްޓަރ ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާކަމަށް އެންސީއޭ އިން ހާމަކުރައްވައެވެ.
މިފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން 04 ފަރާތަކުން ބައިވެރިވެވޭނެއެވެ. އެ ބޭފުޅުންގެ އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެނީ ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުްނެވެ. ނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުން ކަމަށް އެންސީއޭ އިން ވިދާޅުވެއެވެ.
“ސާކް ފިލްމު ފެސްޓިވަލް 2021” ގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 01 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެންސީއޭއަށް އެޕްލިކޭޝަން ފޯމް ހުށައަޅަން ޖެހެއެވެ.
ފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް އެންސީއޭގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344667 ނަންބަރު ފޯނަށެވެ.
މިއަހަރު ބާއްވާ ސާކް ފިލްމު ފެސްޓިވަލްއަކީ 10 ވަނަ ފެސްޓިވަލްއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!