ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ ސަސްޕެންސް ތުރިލާ “ދެވަންސޫރަ” ފިލްމުގެ ދެވަނަ ދައްކާލުމެއް ނެރެފި އެވެ. އަންނަ މަހު 06 ގައި ރިލީޒް ކުރުމަށް ނިންމާފައިވާ މި ފިލްމަކީ ޢަލީ ޝާހް، މުޙައްމަދު ފައިސަލް އަދި ޢަލީ ޝަޒްލީމް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

ޔޫއްޕެ ލިޔެ، ޑައިރެކްޓްކުރާ މި ފިލްމުގައި އޭނާ މުހިއްމު ރޯލެއް ވެސް ކުޅޭނެ އެވެ. ފިލްމުގެ އެއް ޕްރޮޑިއުސަރ އަދި އެކްޓަރ ފައިސަލް ބުނީ މި ފިލްމުގެ އެންމެ ސްޓްރޯންގް ކަމަކީ މީގެ މިވާހަކަ ކަމަށެވެ. އަދި މި ފިލްމުގެ ވާހަކައިން އަސްލު ޖޮންރާ ކަމަށްވާ ސަސްޕެންސް، ތްރިލާ އަދި ހޮރޯ ހިމެނިފައި ވާނެ ކަމަށެވެ.

“މި ތިން ޖޮންރާ އޭގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވައްދައިގެން ޔޫއްޕެ މީތި ހަދާފަ މީނދީ. ދެން މިވާހަކަ އަކީ ވަރަށް ކުރިންސުރެން ޔޫއްޕެ ޑިވެލޮޕް ކުރަން ބޭނުންވެފަ އިން ވާހަކައެއް.” ފިލްމުގެ ވާހަކަ ޑިވޮލޮޕް ކުރިގޮތް ކިޔައިދެމުން ފައިސަލް ބުންޏެވެ.

ދެވަންސޫރަ އަކީ ފިލްމީ ދާއިރާ އަށް މުޅިން އަލަށް ތައާރަފުވާ މަރިޔަމް ޝިފާ ބަތަލާގެ ރޯލުން ފެނިގެންދާނެ ފިލްމެކެވެ. ފިލްމު ކާސްޓުންގެ ތެރޭގައި މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، އަލީ ޝަޒްލީމް، އަހުމަދު އީސަ (އާނަންދު) ޖާދުﷲ އިސްމާއީލް (ޖާދު) އަދި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި ޝަކިއްތަ ފަދަ އެކްޓަރުން ހިމެނެ އެވެ.މި ފިލްމީ ދާއިރާ އަށް މުޅިން އަލަށް ތައާރަފުވާ މަރިޔަމް ޝިފާ ބަތަލާގެ ރޯލުން ފެނިގެންދާ ފިލްމެކެވެ. ފިލްމު ކާސްޓުންގެ ތެރޭގައި މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، އަލީ ޝަޒްލީމް، އަހުމަދު އީސަ (އާނަންދު) ޖާދުﷲ އިސްމާއީލް (ޖާދު) އަދި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި ޝަކިއްތަ ފަދަ އެކްޓަރުން ހިމެނެ އެވެ.

ޓިކެޓް ބުކް ކުރުން މިހާރުވެސް ކުރިއަށްދާއިރު 9700200 އަށް ގުޅައިގެން ފިލްމު ބްކިން ހެދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.