މޫމިން ފުއާދު އަދި ނިއުމާ ޕްރޮޑިއުސްކޮށް، ނިއުމާ މުހައްމަދުގެ އެންމެ ފަހު ފިލްމެއްގެ ގޮތުގައި ފެންނާނެ ފިލްމު “ނިވައިރޯޅި” އަށް ނިއުމާ ފަލަވަމުން އަންނަކަމަށް ބުނެފިއެވެ.

އެ ފިލްމާއި ގުޅޭގޮތުން މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު މިއަދު ބުނީ ޝޫޓިންގ ފެށުމަށް މޫމިން އޭނާ ބަހައްޓަން ބޭނުންވި ވަރަށްވުރެ މިހާރު ހުރީ ހިކިފައި ކަމަށާއި އެހެންވެ ކުޑަކޮށް ވެއިޓް ގެއިން ކޮށްލަނީ ކަމަށެވެ.

“ނިވައިރޯޅި” ގެ ޝޫޓިން އަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހު ފަހުކޮޅު އެވެ. މި ފިލްމަކީ ކެމެރާގެ ކުރިމަތިން ނިއުމާ މުހައްމަދު ފެންނާނެ އެންމެ ފަހު ފިލްމުކަން  އިއުލާނުކޮށްފައިވަނީ ނިޢުމާގެ އުފަންދުވަހާއި ގުޅުވައިގެން ބޭއްވި ކުލަގަދަ ހަފުލާ “ސެލެބްރޭޓިން 20” ގެ ތެރޭގަ އެވެ. އެ ހަފުލާގައި ފިލްމު ލޯންޗުކޮށް ފިލްމުގެ ފުރަތަމަ ޓީޒާ ވެސް އާއްމުކޮށްފައި ވެއެވެ.

“ނިވައިރޯޅި” ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މި ފިލްމުން މުޅިން އާ ފިރިހެން ތަރިއެއް ފެންނާނެ ކަމަށް ނިއުމާ ވަނީ ބުނެފައެވެ. އެހެންކަމުން ނިއުމާ ކެމެރާގެ ކުރިމަތިން ނިވައި ވާނީ އޭގެ ބަދަލުގައި ތަރިއެއް އިންޑަސްޓްރީއަށް ނެރެފައި ކަމަށް ބެލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.