ޔަޝް ރާޖް ފިލްމްސް އިން ހަދާ ސަލްމާން ޚާންގެ “ޓައިގަރ 3” ގައި ނުބައިބައި (ވިލަން) ރޯލުން ފެނިގެންދަނީ ކޮން ފަންނާނެއްކަން އެނގޭހެއްޔެވެ؟ އެ ނަސީބު ލިބިފައިވަނީ އަބަބަދުވެސް ވިލަންގެ ރޯލު ކުޅެލަން ބޭނުންވެފައި ހުރި އިމްރާން ހާޝްމީ އަށެވެ.
“ޓައިގަރ 3” ގައި ވެސް ސަލްމާން ފެނިގެންދާނީ ރޯވް އޭޖެންޓެއްގެ ރޯލުންނެވެ. ކެޓްރީ ކައިފް ފެނިގެންދާނީ އައިއެސްއައި އޭޖެންޓެއްގެ ގޮތުގައެވެ.
މި ފިލްމުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން އިމްރާާން ބުނެފައިވަނީ ސީކުއަލް ފިލުމުތަކުގައި މަސައްކަތް ކުރުމަށް އަބަދުވެސް ބޭނުންވާ ކަމަށާއި ސަލްމާން ޚާނާއި އެކު މަސައްކަތް ކޮށްލުމަކީ އަބަދުވެސް ބޭނުންވެފައި ހުރި ކަމެއް ކަމަށެވެ. އަދި މިއީ އޭނާ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށާ ވަރަށް އަވަހަށް މި ހުވަފެން ވެސް ހަގީގަތަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
“ޓައިގަރ 3” މިއީ ބޮލީވުޑްގެ ތާރީހުގައި އުފެދިގެންދާ އެންމެ އަގު ބޮޑު ފިލްމް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!