ރ. ވާދޫގައި ކޭބާލެއް ވަޅުލުމުގެ މަސައްކަތްކުރުމަށް ކޮނުމުގެ ތެރޭގައި އާސާރީ ބައެއް ތަކެތި ފެނިފައިވާކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.
“ރ .ވާދޫގައި ކޭބަލް އެއް ވަޅުލުމުގެ މަސައްކަތުގެ ތެރޭގައި ފެނުނު އާސާރީ ތަކެތި ސަގާފީ ތަރިކައިގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްކާތެރިކަމާއެކު މިހާރު ހުރީ މަރުކަޒުގެ އިރުޝާދުގެ މަތިން ކައުންސިލުގެ ބެލުމުގައި ދަށުގައި.” ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު މެންދުރުފަހު ކޮށްފައިވާ ޓްވީޓެއްގައި ހާމަކުރައްވާފައިވެއެވެ.
ރ.ވާދޫގައި ކޭބަލް އެއް ވަޅުލުމުގެ މަސައްކަތުގެ ތެރޭގައި ފެނުނު އާސާރީ ތަކެތި ސަގާފީ ތަރިކައިގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްކާތެރިކަމާއެކު މިހާރު ހުރީ މަރުކަޒުގެ އިރުޝާދުގެ މަތިން ކައުންސިލުގެ ބެލުމުގައި ދަށުގައި. pic.twitter.com/yoFdLOWOf8
— National Center for Cultural Heritage (@HeritageMv) March 17, 2021
މި އަހަރު ފެބްރުވަރީ 14ގައި މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުން ވެސް އަސާރީ ތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިގެން، ޤާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދައި އާންމުކޮށްފައިވާ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ ޤަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ ތަކެތި ރައްކާތެރި ކުރުމުގެ މަސައްކަތް ރ. ރަސްގެތީމު ކައުންސިލާއި ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރައްވާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!