ބަދަލެއްގެ ފެށުމޭ ކިޔައިގެން ކަނޑިފަރު ދާއިރާއަށް “މަރްޔަމް” ކެމްޕޭން ޖައްސާތާާ ލައްކަ ދުވަސް ވެއްޖެ ދޯއެވެ. އެހެން ނަމަވެސް “މަރްޔަމް” ދެކިލާހިތުން ތިބި ފޭނުންނަށް “މަރްޔަމް” ފެންނާން ދުވަހެއް ނޭނގިވެސް ވަރަށް ވަގުތު ހޭދަވެއްޖެއެވެ. ކަންބޮޑު ނުވާށެވެ. ކަނޑިފަރު ދާއިރާގައި ގަދަަފައި ވިއްދާފައިވާ އެ ދާއިރާގެ މިހާރުގެ މެންބަރު އަދުނާން ހަލީމް ބަލިކޮށްލަން ނުކުންނަ “މަރްޔަމް” އަންނަ އޭޕްރީލް މަހު 08 ގައި އަހަރުމެންނަށް ފެންނާނެއެވެ. އެކަމުގެ ހެއްކަކަށް “މަރްޔަމް” ގެ ރަސްމީ ޓްރެއިލާވެސް މިއޮތީއެވެ.
މާގިނައިންވެސް “މަރްޔަމް“ގެ ނަން ގަނެވިއްޖެދޯއެވެ. ކުރާނެ ކަމެއް ނެތެވެ. މުނިއަވަސް އިން ވެސް މިތިބީ “މަރްޔަމް“ގެ ކެމްޕޭނުގައި އެންމެ ތަންފުކެއްވެސް ދޫކުރާ ގޮތަކަށް ނޫނެވެ. އެކަމަކު ދެން މާގިނަ ވާހަކަތަކެއް ދައްކާކަށް ނެތީމެވެ.
އެކަމަަކު އަދި އެއްކަމެއް ހަނދާންކޮށްލަދޭނަމެވެ. “މަރްޔަމް” ފެންނާނީ ހަމައެކަނި މީޑިއާ ނެޓްގެ މަލްޓި ސްކްރީން އެޕްލިކޭޝަން މެދުވެރިކޮށެވެ.
’އެއްކާފު’ އާއި ‘އޯކޭޒްް އިންކް’ގެ މި އުފެއްދުމަކީ ވިސާން ކަނޑި ޑައިރެކްޓްކޮށް ކެމެރާކޮށްފައިވާ ފިލްމެކެވެ. ސްކްރީންޕްލޭ ލިޔުނީ އަހްމަދު ޒަރީރު އެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން މަރްޔަމް މަޖްދާ އާއި އަހްމަދު ސައީދުގެ އިތުރުން ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ފެނިގެންދާނެއެވެ.
ފިލްމު ”މަރްޔަމް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ
- 13 މާރޗް 2025ޚަބަރުމިފަހަރު މަނިކް ނެރެނީ “ކަޅިރަވައިގެ ޖާދޫ”