❂ މުބާރާތް ހުޅުވައިލެވިފައިވަނީ އުމުރުން 07 އަހަރާއި 65 އަހަަރާއި ދެމެދުގެ ފަރާތްތަކަށް
❂ މުބާރާތުގައި ބައިވެރިވުމަށް އެދި މުނިއަވަސްގެ ޓެލެގްރާމް ނަންބަރު 7419078 އަށް އައިޑީ ކާޑުގެ ފޮޓޯޖެހި ފަރާތުގެ ކޮޕީއެއް ނުވަތަ ފޮޓޯޖެހި ފަރާތުގެ ފޮޓޯއެއް ފޮނުއްވާ!
❂ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައެޅޭނެ އެންމެ ފަހުގެ ތާާރީޚަކީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެރޭ 00:00ގެ ކުރިންނެވެ.

❂ ކިޔަވަން ޖެހޭނީ 08 އާޔަތުގެ ދިވެހި ތަރުޖަމާ އެވެ.

❂ މުބާރާތް ސްޕޮންސަރ ކުރެއްވުމުގެ ފުރުޞަތު ވަނީ އާއްމުކޮށް ހުޅުވައިލެވިފައި.

މި އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން މުނިއަވަސް އިން ގެނެސްދޭ “ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާ 07 އަހަރާއި 65 އަހަަރާއި ދެމެދަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލު ގެނައީ މި މުބާރާތުގައި ބައިވެރިވުމަށް އުމުރުން 40 އަށް ވުރެން މަތީގެ ބޭފުޅުން ޝަޢުޤުވެރިކަން ފާޅުކޮށް އެކަން މުނިއަވަސް އަށް އިޝާރާތްކުރަމުން ގެންދާތީ ވީހައިވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

މީގެ އިތުރުން، މުބާރާތާތުގައި ތަރުޖަމާ ހުށައަޅަން ޖެހޭ ގޮތަށްވެސް ވާނީ ބައިވެރިންގެ އެދިލެެއްވުމަށް ބަދަލެއް ގެނެސްފައެވެ.

މިއީ ކީތިރި ޤުރުއާނާ އޭގެ މާނައަށް އަހުލުވެރިކުރުވުމާއި ރީތި ރާގުގައި ޤުރުއާން ތަރުޖަމާ ކިޔުމުގެ ހުނަރުވެރިކަން އަށަގެންނެވުމުގެ މަޤުޞަދުގައި މުނިއަވަސް އާއި ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ން ބާއްވާ މުބާރާތެކެވެ.

“ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” ގައި ބައިވެރިވެލައްވާ ބޭފުޅުން ކީރިތި ޤުރުއާން މުޞްޙަފުން  އެ ބޭފުޅަކު ބޭނުން ސޫރަތެއްގެ ތަރުޖަމާ ހުށައެޅުއްވޭނެއެވެ.

ތަަރުޖަމާ ހުށައަޅަން ޖެހެނީ އާޔަތްތަކުގެ ތަރުޖަމާ އެކަންޏެވެ. މާނައަކީ އާޔަތްތައް ކިޔަވާކަށް ނުޖެހޭނެއެވެ. ތަރުޖަމާ ކިޔަން ފެށުމުގެ ކުރިން ތަރުޖަމާ ކިޔަނީ ކޮން ސޫރަތެއްގެ ކިތައްވަނަ އާޔަތުން ކިތައްވަނަ އާޔަތަށްކަން ވިދާޅުވުމަށްފަހު، بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ ކިޔައި ތަރުޖަމާ ކިޔަން ފަށާނީ އެވެ. ނިންމަން ވާނީ صدق الله العظيم ކިޔަމުންނެވެ.

ކިޔަވަން ޖެހޭނީ 08 އާޔަތުގެ ދިވެހި ތަރުޖަމާ އެވެ. އާޔަތް ގުނުމުގައި ބިސްމި އާއި ޞަދަޤަﷲ ނުހިމެނޭނެއެވެ.

މުބާރާތުގައި މާކްސް ދިނުމުގައި ބަލާނީ ތަރުޖަމާ ހުށައަޅައިދިނުމަށެވެ.

ވީޑިއޯ ރެކޯޑްކުރުން
ޤުރުއާން ތަރުޖަމާ ވީޑިއޯ ރެކޯޑްކުރަން ޖެހެނީ ބެލެނިވެރިން އަމިއްލަފުޅަށެވެ. ވީޑިއޯ އަދި އޯޑިއޯ ރެކޯޑިންއަކީ ’ވަން ޓޭކުން‘ ހެދިފައިވާ ރެކޯޑިންއަކަށް ވާން ޖެހޭނެއެވެ. ވީޑިއޯ އާއި އޯޑިއާއަށް އެއްވެސް އިފެކްޓެއް ގެނެސްފައިވާނަމަ، އެ ވީޑިއޯއެއް މުބާރާތުގައި ނުހިމެނޭނެއެވެ.

– ޤުރުއާން ތަރުޖަމާ ވީޑިއޯ ރެކޯޑްކުރާއިރު ކުއްޖާއާއި އަދި އެ ކުއްޖާގެ އަޑު ވީހާވެސް ސާފުކޮށް ހުންނާނޭހެން ވީޑިއޯ ކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ރެކޯޑްކުރާ ވީޑިއޯގައި މަންޒަރާއި އަޑު ސާފުވާން ވާނެއެވެ. މާހައުލުގެ އަޑުތައް ވީޑިއޯގައި ހުރެގެން ނުވާނެއެވެ.

– ވީޑިއޯ ކުރަންވާނީ ލޭންޑުސްކޭޕްކޮށް 16:9 ފްރޭމްކޮށެވެ.

ވީޑިއޯ ރެކޯޑްކުރައްވާނީ 16:9 ފްރޭމްގައި ލޭންޑްސްކޭޕްކޮށް ހުންނަ ގޮތަށް.

– ވީޑިއޯ ރެކޯޑިން ހަދަން ޖެހެނީ ސާފު ހުދު (ޕިޔޯ ވައިޓް) ބެކްގްރައުންޑެއްގައި ކުއްޖާ ހުންނަ ގޮތަށެވެ.

ވީޑިއޯ ރެކޯޑްކުރުމަށް މިގޮތަށް ފޯނު ހިފަހައްޓައި 16:9 ފްރޭމްގައި ލޭންޑްސްކޭޕްކޮށް ރެކޯޑްކުރައްވާށެވެ. މި ނޫން ގޮތަކަށް ނުވަތަ ޕޯޓްރެއިޓްކޮށް ކޮށްފައިވާ ވީޑިއޯވެސް މުބާރާތުގައި ބައިވެރިއެއް ނުކުރެވޭނެއެވެ.

– ވީޑިއޯ ރީތިކުރުމަށްޓަކައި ފަސްމަންޒަރާއި އެއްކުލަ ނުވަތަ ކުލަ މެޗުވާ ކުލައެއްގެ ހެދުން ނޭޅުން އެދެވިގެން ވެއެވެ. ވީޑިއޯގައި ކުއްޖާ ހުންނަން ވާނީ ކުއްޖާގެ އުނގަނޑާއި ހަމައިން މަތިން ފެންނަގޮތަށެވެ. ވީޑިއޯ ކުރުމުގައި ކުއްޖާގެ ބޮލުން މައްޗަށް ސްކްރީނުން ’ހަތަރު އިންޗި‘ ވަރު ބަހައްޓަން ވާނެއެވެ.

❂ މި މުބާރާތުގައި ބައިވެރިވުމަށް އެދި އައިޑީ ކާޑު ހުށައެޅޭނެ އެންމެ ފަހުގެ ތާރީޚަކީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެރޭ 00:00ގެ ކުރިންނެވެ.

“ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” ގައި މާކްސް ދިނުމުގައި ބަލާނީ އަންނަނިވި ކަންތައްތަކަށެވެ.

1) ކިޔުންތެރިކަން %70
2) ހުށައެޅުން %10
3) ރާގައި ސްޓައިލް %10
4) އަކުރު އަދާކުރުން %10

❂ މި މުބާރާތް ސްޕޮންސަރ ކުރެއްވުމުގެ ފުރުޞަތު ވަނީ އާއްމުކޮށް ހުޅުވައިލެވިފައެވެ. ސްޕޮންސަރ ކުރެއްވުމާއި މުބާރާތުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9957171 ގުޅުއްވުން އެދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.