މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2ގެ ތިންވަނަ އެޕިސޯޑް މިހާރު މުނިއަވަސް ފޭސްބްކް ޕޭޖް މެދުވެރިކޮށް ބަލައިލެވެން ހުންނާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އޮޑިއޯ ސްޓްރީމިން އެޕްލިކޭޝަން ލަވަފޮށިން މި އެޕިސޯޑްގެ މަދަހަތައް މިރޭ 09:00 އިން ފެށިގެން އަޑުއަހައިލެވޭނެއެވެ.
މިރޭގެ އެޕިސޯޑްގައި ހިމެނެނީ އުމުރުން 09 އަހަރުގެ ދަރިވަރުންގެ ތެރެއިން މިހައިތަނަށް ނުދައްކާ ހުރި މަދަހަ ތަކާއި އުމުރުން 10 އަހަރުގެ ބައެއް ދަރިވަރުންގެ މަދަހަ އެވެ. މި އެޕިސޯޑް ފެށެނީ މުބާރާތުގެ ބައިވެރިންނަށް ދޭ ޚާއްޞަ މެސެޖަކާ އެކުގައެވެ. އެގޮތުން މުބާރާތަށް ފޮނުވާފައިވާ މަދަހަ ތަކުގައި ކުރިން އާއްމުވެފައިވާ މަދަހަ މަދުން ނަމަވެސް ހިމެނިފައިވާ މައްސަލައަށް އަލިއަޅުވާލާފައިވެއެވެ.
ޢީސާ ޝަރީފުގެ އެއްމާބަނޑު ދެބެއިންގެ މަޖާ ހުށައެޅުމާއެކު ގެނެސްދީފައިވާ މިރޭގެ އެޕިސޯޑްގައި 09 ބައިވެރިންގެ މަދަހަ ގެނެސްދީފައި ވެއެވެ. މުބާރާތުގެ ހުރިހައި ވީޑިއޯތަކެއްގެ އެޑިޓިންގ އާއި ޕްްރޮގްރާމްތައް ޝޫޓްކޮށް އެޕިސޯޑްތައް ތައްޔާރުކޮށްފައިވަނީ ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ) އިން ނެވެ. މިގޮތުން ޖުމްލަ 06 އެޕިސޯޑް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަދި ޓެކްނޮލޮޖީ ޕާޓްނަރަކީީ ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ) އެވެ. ކޯ-ސްޕޮންސަރ އަކީ އިއްޔަ ރިކޯޑްސް އެވެ. މީގެ އިތުރުން ހެޔޮއެދޭ ފަރާތަކުންވެސް މި މުބާރާތަށް ބޮޑު އެހީތެރިކަމެއް ވެދެއްވާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!