އިންޑިޔާގެ ސިނަމާއަށް 100 އަހަރު ފުރުން ފާހަކުރުމަށާއި ކަންނާޑާ ސިނަމާއަށް 87 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ’ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ ބާއްވާ ތާރީޚް ފަސްކޮށްފިއެވެ. މި ފެސްޓިވަލް ފަސްކުރީ ފެތުރެމުންދާ ކޮވިޑް ރޯގާއާއި ގުޅިގެންނެވެ.
’ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ގައި ކަންޓްރީ އިން ފޯކަސް އަދާކުރުމުގައި އިސްވެ ހަރަކާތްތެރިވާ މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން މި ފެސްޓިވަލް އިންތިޒާމުކުރާ ފަރާތާއި ހަވާލާ ދެއްވައި މުނިއަވަސްއާ މަޢުލޫމާތު ހިއްސާކުރައްވަމުން އެ ސޮސައިޓީގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާ) ވިދާޅުވީ ފެސްޓިވަލް ފަސްކުރީ ކަންބޮޑުވާ ދަރަޖައަކަށް ކަރްނާޓަކާ ސްޓޭޓާއި އިންޑިއާގައި ކޮވިޑް-19 ފެތުރެމުން ދާތީ ކަމަށެވެ.
“އަޅުގަނޑުމެންނަށް މަޖުބޫރު އެބަވޭ މި އަހަރު މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް މި އަހަރު ނޮވެމްބަރު 19 އަދި 20ވަނަ ދުވަހަށް ފަސްކޮށްލަން.” ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނެފައިވެއެވެ.
ނަވާ ކަރްނާޓަކާ ފިލްމު އެކެޑަމީގެ ރައީސް ޑޮކްޓަރ އެމް.އޭ މޫމިގައްޓީ ވިދާޅުވީ މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން މިކަމަށް ބަހައްޓާ ޝައުޤުވެރިކަމާ ވެދެއްވާ އެއްބާރުލުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާ، ނޮވެމްބަރު މަހު ބާއްވާ މި ފެސްޓިވަލަކީ ތާރީޚްގައި ލިޔެވިގެންދާ ފަދަ ފެސްޓިވަލަކަށް ހެދުމަށް އަތާއި އަތްގުޅާލައިގެން މަސައްކަތްކުރެއްވުމަށް އެދިލައްވާ ކަމަށެވެ.
’ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ގެ ކަންތައްތަކުގައި ރާއްޖެއިން ހަރަކާތްތެރިވަނީ މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)އިންނެވެ.
’ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ގައި ދެއްކުމަށް ހަމަޖެހިފައިވަނީ ފިލްމު ”ހައްދު“ އަދި ”ބަވަތި“ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!