ޝަރްޢީ ރުޤްޔާ ކުރުމަކީ ސުންނަތާ ޙަދީޘުން ޘާބިތުވާ ކަމެކެވެ. ރޫޙާނީ ބަލިތަކަށް ރުޤްޔާާއިން ޝިފާ ލިބެއެވެ. ކީރިތި ޤުރުއާނުގައި ހިމެނޭ ޝިފާ ލިބެނިވި އާޔަތްތަކުގެ އެހީގައި މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުންނެވެ. ނަމަވެސް ހިތާމައަކީ ރުޤްޔާ ކުރުމުގެ ނަމުގައި ‘ފޭކް ޖައްސާ މީހުން’ އަޅުގަނޑުމެންގެ މި މުޖުތަމަޢުގައިވެސް އުޅޭކަމެކެވެ. އެއަށް ވުރެން ބޮޑު ހިތާމައަކީ އެފަދަ ‘ފޭކް މީހުން’ގެ އަވައިގައި ޖެހި ތިމަތިމާމެންގެ ދިރިއުޅުން ބަރުބާދު ވުމަށް ދޫކޮށްލާ ބަޔަކުވެސް އުޅޭކަމެކަމެވެ.
“ރ. ދުވާފަރުގައި ރުޤްޔާ ކުރުމުގެ ނަމުގައި އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރުވި އިސްމާޢީލް ވަޙީދާއި، ރުގްޔާކުރުމުގެ ނަމުގައި ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި މުޙައްމަދު އަޞީލްގެ މައްޗަށް ދަޢުލަތުން ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދު، މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު 30ވަނަ ދުވަހާއި ހަމައަށް އެކި ދުވަސްމަތިން އޭނާގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓާފައިވާކަމަށެވެ. އަދި އިސްލާޢީލް ވަޙީދު އެގެއަށް ގެނައި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލް ކިޔާ މީހަކު ލައްވާ، ރުޤްޔާ ކުރުމޭ ކިޔައިގެން، އިސްމާޢީލް ވަޙީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި މައްސަލައާއި، އެކަން އިސްމާޢީލް ވަޙީދަށް އެނގިހުރެ ސިއްރުކުރި މައްސަލާގައި ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.” (ޕީއެސްއެމް ނިއުސް: ދުވާފަރުގައި ރުޤްޔާގެ ނަމުގައި ޖިންސީ އަނިޔާއާއި ޖިންސީގޯނާކުރި މައްސަލައިގަ ހިމެނޭ މީހުންނަށް ދަޢުވާކޮށްފި)
މަތީގައި އެވަނީ 2020 ވަނަ އަހަރު ދިވެހި ޢާއިލާއަކަށް ދިމާވި ހިތްދަތި ޙާދިޘާއެއްގެ ޚަބަރުން ބައެކެވެ. ފޭކް ރުޤްޔާކުރާ މީހެއްގެ ޝިކާރައަކަށް ޢާއިލާއެއް ވެގެން ދިޔަ ޙަޤީޤީ ޙާދިޘާއެކެވެ. އެ ހާދިޘާ އާއި ދާދި އެއްގޮތަށް، ބަދަލުތަކެއް ގެނެސްގެން ނަމަވެސް ރާއްޖެ ޓީވީންް މި ރަމަޟާން މަހު ވަނީ ވަރަށް ޢިބްރަތްތެރި ޑްރާމާއެއް ގެނެސްދީފައެވެ.
ޑްރާމާ “ރުޤްޔާ”ގެ ލިންކް:-
https://www.facebook.com/RaajjeTelevision/videos/479440173369892
މިއީ މަޝްހޫރު އެކްޓްރެސް މަރްޔަމް އައްޒަ އާއި ޢާއިޝަތު ރިޝްމީގެ ދެބެއިން، މި ޑްރާމާގައިވެސް ދެބެންގެ ގޮތުގައި ފެނިގެންދާ ޑްރާމާއެކެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަޙްމަދު އީސާ (އާނަންދު) އާއި އަޙްމަދު ޝާރިފް ހިމެނޭ މި ޑްރާމާއަކީ ލޮލުން ކަރުނަ ހިލުވައިލާފަދަ ހިތްދަތި މަންޒަރުތަކެއް ދައްކުވައިދޭ މޮޅު ޑްރާމާއެކެވެ.
މަހްދީ އަޙްމަދުގެ ސްކްރީންޕްލޭއަކަށް މި ޑްރާމާގެ މޮޅު ޑައިރެކްޝަން ހަދާފައިވަނީ ޢަބްދުﷲ މުއާޒް (މުއާ) އެވެ. މިއީ ރާއްޖެ ޓީވީން ޕްރޮޑިއުސްކޮށް ގެނެސްދޭ #ހަތަރުމަންޒަރު ޑްރާމާ ސީރީޒްގެ ދެވަނަ ޑްރާމާއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ