ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ) ން ސްޕޮންްސަރކޮށް، އިއްޔަ ރިކޯޑްސް އިން ކޯ-ސްޕޮންސަރކޮށް މުނިއަވަސް އިން މި އަހަރުގެ ރަމަޟާން މަހު ގެނެސްދިން ’މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2’ގެ ނަތީޖާފާޅުކުރުން މިމަހުގެ 14ވަނަ ދުވަހުގެ ރޭ 09:00 ގައި ބާއްވަން ނިންމައިފިއެވެ. ނަތީޖާފާާޅުކުރުމުގެ ރަސްމިއްޔާތުގައި، މުބާާރާތުގައި ބައިވެރިވި ހުރިހައި ބައިވެރިންނާއި ބެލެނިވެރިން އަދި މުބާރާާތުގެ ސްޕޮންސަރުންނާއި ފަނޑިޔާރުން ބައިވެރިވެލައްވާނެއެވެ. މީގެ އިތުރުން މި ހަފުލާގައި ޚާއްޞަ ސަޕްރައިޒެއް ވެސް ލިބިގެންދާނެއެވެ.
މުބާާރާތުގެ ނަތީޖާފާޅުކުރުމުގެ ހަފުލާ، މިމަހުގެ 15 ވަނަ ދުވަހުގެ ރޭ މުނިއަވަސް ފޭސްބްކް ޕޭޖް މެދުވެރިކޮށް އާއްމުކުރުމަށް ވަނީ ނިންމާފައެވެ.
’މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2’ގެ ފަނޑިޔާރުކަން ކޮށްދެއްވީ އަލްފާޟިލް ހަމްދޫން ޙަމީދު އާއި އިބްރާހީމް ރަމީޒް އެވެ. މުބާރާތުގެ ނަތީޖާތައް މިހާާރު ވަނީ މުނިއަވަސް އާއި އީއޯޕީއަށް ލިބިފައެވެ.
’މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2’ގެ ނަތީޖާފާޅުކުރުމަށް ވަގުތު ކުޑަތަންވަމުން އަންނަ އިރު، ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ން ގެނެސްދޭ ”މުނިއަވަސް : ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1″ ގައި ބައިވެރިވެފައިވާ ފަރާތްތަކުން ވީޑިއޯ ފޮނުވުމުގެ މުއްދަތު މިމަހު 15 ވަނަ ދުވަހުގެ ރޭ 00:00 އަށް ހަމަވާނެއެވެ. މި މުބާރާތުގައި 75 ބޭޭފުޅުން ބައިވެރިވުމަށް ރެޖިސްޓަރކޮށްފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!