މުނިއަވަސް މަދަހަ މުބާރާތް ސީޒަން 2ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޒޫމް މެދުވެރިކޮށް ބާއްވައިފިއެވެ. ރޭ ބޭއްވި މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ މުނިއަވަސް މަދަހަ މުބާރާތް ސީޒަން 1 ގައި އެއްވަނަ ހާސިލްކުރި، މިހާރު އަރަމުން އަންނަ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޫނީ ޖިނާހް އެވެ.
ޢީސަ އޮންލަައިން ޕޮއެޓްރީގެ ފުރިހަމަ ޓެކްނިކަލް އެހީތެރިކަމާއެކު ކުރިއަށްދިޔަ މި ހަފުލާާގައި މުބާރާތުގެ ބައިވެރިންނާއި ބައިވެރިންގެ ބެލެނިވެރިން އަދި ޖަޖުކަންކޮށްދެއްވި ޖަޖުންގެ ތެރެއިން އިބްރާހިމް ރަމީޒް ބައިވެރިވެލެއްވިއެވެ.
މި ހަފުލާގައި މުބާާރާތުގައި ޖަޖުކަން ކޮށްދެއްވި އިބްރާހިމް ރަމީޒްގެ ވަރަށް އަގުހުރި ޓެކްނިކަލް ވާހަކަތަކެއް ބައިވެރިންނާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން މުބާރާތާމެދު ދެކިލައްވާ ގޮތް ބެލެނިވެރިންނާއި ދަރިވަރުން ހިއްސާކުރިއެވެ.
ރޭގެ ހަފުލާއަށް ޚާއްޞަކޮށްގެން، ފަލަސްޠީނުގެ މުސްލިމުންނަށް، އިޒްރޭލުގެ ޔަހޫދީން ދެމުން ގެންދާ އަނިޔާތައް ސިފަކޮށް ހަދާފައިވާ ވަރަށް ފުރިހަމަ ޅެމެއް ޖޫނީ ޖިނާހް ވަރަށް ފުރިހަމައަށް ހުށައަޅުއްވައިދެއްވިއެވެ.
މުބާރާތުގެ ހުރިހަައި ބައިވެރިންނަށް ހެޔޮ އެދޭ ފަރާތަކުން ފައިސާގެ ހަދިޔާއެއް ރޭގެ ރަސްމިއްޔާތު ކުރިއަށް ދަނިކޮށް ހުށައަޅާފައިވެއެވެ. އަދި އެ ފައިސާ މުނިއަވަސް އަށް ވެސް ވަގުތުން ލިބިފައިވާކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކޮށްލައެވެ.
އުމުރުން 04 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ހުޅުވައިލި މި މުބާރާތް ބަހާލެވިފައިވަނީ ތިން އުމުރުފުރާ އަކަށެވެ. މި މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާގޮތަށެވެ.
ކޮންމެ އުމުރުފުރާއަކުން:
1 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/2500
2 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/1500
3 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/1000 ދިނުމަށް ހަމަޖެހިފައި ވެއެވެ. މި ފައިސާގެ އިނާމު، ކުރިއަށް އޮތް ދުވަސްތަކުގައި އޭގެ ޙައްޤުވެރިންނަށް ހަވާލުކުރަމުން ގެންދާނެއެވެ.
މުބާރާތުގެ ނަތީޖާ ވީޑިއޯތަކާއި އެންމެ ގަދަ 06 ބައިވެރިންގެ ވީޑިއޯތައް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މުނިއަވަސް ފޭސްބްކް ޕޭޖްގައި ޕަބްލިޝްކުރަން ހަމަޖެހިފައިވެއެވެ.
މުބާރާތުގެ ވަނަތަކަށް ބަލާލާއިރު:-
މި މުބާރާތުގެ މެއިން ސްޕޮންސަރ އަދި ޓެކްނޮލޮޖީ ޕާޓްނަރަކީ ޅެންވެރިކަމަށް އިންޤިލާބީ ޚިދުމަތްތަކެއް ކުރަމުން އަންނަ ޢީސާ އޮންލައިން ޕޮއެޓްރީ (އީއޯޕީ) އެވެ.
❂ ކޯ-ސްޕޮންސަރ
މި މުބާރާތުގެ ކޯސްޕޮންސަރަކީ ވޭތުވެދިޔަ އަހަރުވެސް މުނިއަވަސް ޤުރުއާން މުބާރާތާއި މަދަހަ މުބާރާތް ސްޕޮންސަރކޮށްދެއްވި ’އިއްޔާ ރެކޯޑްސް“ އެވެ.

މަދަހަ މުބާރާތުގެ ކޯސްޕޮންސަރ “އިއްޔާ ރެކޯޑްސް”
މީގެ އިތުރުން ހެޔޮ އެދޭ ފަރާތަކުން މުބާރާތަށް ވަރަށް ބޮޑމާލީ އެހީތެރިކަމެއް ވެއްދެއްވާފައިވާކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!