2007 ވަނަ އަހަރު ބޭއްވި ‘މިއަދު ކްރިސްޓަލް އެވޯޑް’ގެ ޓީވީ ޑްރާމާ ސިލްސިލާތަކުގެ ބައިން އެންމެ މޮޅު ވާހަކައަށް ހޮވުނު “ވަފާތެރި ނުވެވުނަސް” އަކީ މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރިޔަމް މޫސާ ފިލްމީ ދާއިރާގައި ވިދައިލި ވިދާލުމެކެވެ. އޭގެ ފަހުންވެސް އަދި އޭގެ ކުރިންވެސް މަރިޔަމް މޫސާގެ ވާހަކައަކަށް ފިލްމެއް ނުވަތަ ޑްރާމާއެއް އަންނަނަމަ ބެލުންތެރިންގެ ޝައުޤުވެރިކަން އެއަށް ހުއްޓެއެވެ. މިފަހަރުވެސް މިއޮތީ މަރިޔަމް މޫސާގެ ވާހަކައަކަށް ހަދާ ސީރީޒްއެކެވެ.
މަޝްހޫރު އެކްޓަރ އަދި “ހުވާ” ފަދަ އަސަރުގަދަ ޑްރާމާތަކުގެ ޑައިރެކްޝަންގައިވެސް ހަރަކާތްތެރިވެފައިވާ މުޙައްމަދު ފައިސަލް ޑައިރެކްޓްކޮށް ބައިސްކޯފުން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ “ލޯބިވިޔަސް”ގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައެވެ.
“ލޯބިވިޔަސް” މިއީ ‘ކޮކޯ ޕްރޮޑަކްޝަން’ އިން އުފައްދާފަައިވާ އަށް އެޕިސޯޑްގެ ޑްރާމާ ސީރީޒެކެވެ. މި ޑްރާމާ ޕްރޮޑިއުސްކޮށް ކެމެރާކޮށްފައިވަނީ ތަޖުރިބާކާރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އެވެ.
“ލޯބިވިޔަސް”ގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ މިވަގުތު ދިވެހި ފިލްމީ ދާއިރާގައި އެންމެ ވަރުގަދައަށް ފިޔަޖަހަމުން އަންނަ ތަރިންތަކެކެެވެ. އެގޮތުން މުޙައްމަދު ފައިސަލް، ނާޝިދާ މުޙައްމަދު (ނާއްކޮ)، ނުޒުހަތު ޝުޢައިބް (ނުޒޫ)، އަޙްމަދު ޢީސާ (އާނަންދު)، މަރްޔަމް މަޖުދާ (މަޖޫ)، އަޙްމަދު އާސިމް ހިމެނެއެވެ.
މީގެ އިތުރުން ސަޕޯޓިން ރޯލުތަކުން ފެނިގެންދާނީ ފާޠިމަތު ފައިނާ، އަޙްމަދު ޝާން، މުޙައްމަދު ރިފްޝާން (ރިއްޕެ)، އާމިނަތު ޝަމްރާ، ޢާއިޝަތު ޝިފާނާ، މުޙައްމަދު ރަޝާދުގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ޢަބްދުﷲ މާއިޒް އަޙްމަދު އެވެ.
“މިއީ އަންނަ މަހު ބައިސްކޯފުން ސްޓްރީމްކޮށްގެން ބަލަން ލިބޭނެ ސީރީޒެއް. މިއީ ލޯބީގެ ސީރީޒެއް.” ސީރީޒް އާ ބެހޭޭގޮތުން އެކްޓަރ/ޑައިރެކްޓަރ ފައިސަލް މުނިއަވަސް އަށް ބުންޏެވެ. މި ސީރީޒްގެ ޓްރެއިލާ މާދަމާގެ ވަގުތެއްގައި ރިލީޒްކުރާނެ ކަމަށްވެސް ފައިސަލް ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!