ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ން ގެނެސްދޭ ”މުނިއަވަސް : ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1″ ގައި ބައިވެރުވުމަށް ރެޖިސްޓްރީވުމާއި މުބާރާތަށް ވީޑިއޯ ހުށައަޅަން ހުޅުވައިލި މުއްދަތު އިތުރުކޮށްފިއެވެ. މިހާރު ހަމަޖެހިފައިވާގޮތުން ވީޑިއޯ ހުށައެޅުމުގެ ސުންގަޑިއަކީ 26 މެއި 2021 ވަނަ ދުވަހުގެ ރޭ 00:00ގެ ނިޔަލަށެވެ.
މިގޮތަށް މުއްދަތު އިތުރުކުރީ މުބާރާތުގައި ބައިވެރިވި ފަރާތްތަކުން ވީޑިއޯ ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވެ އެކަން އިޝާރާތްކުރަމުން އަންނާތީއާ މުބާރާތުގައި އަލަށް ބައިވެރިވުމަށް ބޭޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ. މުބާރާތުގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ހުޅުވައިލި ފުރުޞަތުގައި 75 ފަރާތަކުން ބައިވެރިވެ، 47 ފަރާތަކުން ވީޑިއޯ ހުށައަޅާފައި ވެއެވެ.
މި މުބާރާތަކީ އުމުރުން 07 އަހަރާއި 65 އަހަރާއި ދެމެދުގެ ބޭފުޅުންނަށް ޚާއްޞަކޮށްގެން ގެނެސްދޭ މުބާރާތެކެވެ.
❂ ތަަރުޖަމާ ހުށައަޅަން ޖެހެނީ އާޔަތްތަކުގެ ތަރުޖަމާ އެކަންޏެވެ. މާނައަކީ އާޔަތްތައް ކިޔަވާކަށް ނުޖެހޭނެއެވެ. ތަރުޖަމާ ކިޔަން ފެށުމުގެ ކުރިން ތަރުޖަމާ ކިޔަނީ ކޮން ސޫރަތެއްގެ ކިތައްވަނަ އާޔަތުން ކިތައްވަނަ އާޔަތަށްކަން ވިދާޅުވުމަށްފަހު، بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ ކިޔައި ބިސްމިނުގެ ތަރުޖަމާ ކިޔައި އާޔަތްތަކުގެ ތަރުޖަމާ ކިޔަން ފަށާނީ އެވެ. ނިންމަން ވާނީ صدق الله العظيم ކިޔަމުންނެވެ.
❂ ތަަރުޖަމާ ހުށައަޅަން ޖެހެނީ ބަލައިގެންނެވެ.
❂ އާޔަތް ގުނުމުގައި ބިސްމި އާއި ޞަދަޤަﷲ ނުހިމެނޭނެއެވެ.
❂ މުބާރާތުގައި މާކްސް ދިނުމުގައި ބަލާނީ ތަރުޖަމާ ހުށައަޅައިދިނުމަށެވެ.
❂ ވީޑިއޯ ރެކޯޑްކުރުން
ޤުރުއާން ތަރުޖަމާ ވީޑިއޯ ރެކޯޑްކުރަން ޖެހެނީ ބެލެނިވެރިން އަމިއްލަފުޅަށެވެ. ވީޑިއޯ އަދި އޯޑިއޯ ރެކޯޑިންއަކީ ’ވަން ޓޭކުން‘ ހެދިފައިވާ ރެކޯޑިންއަކަށް ވާން ޖެހޭނެއެވެ. ވީޑިއޯ އާއި އޯޑިއާއަށް އެއްވެސް އިފެކްޓެއް ގެނެސްފައިވާނަމަ، އެ ވީޑިއޯއެއް މުބާރާތުގައި ނުހިމެނޭނެއެވެ.
– ޤުރުއާން ތަރުޖަމާ ވީޑިއޯ ރެކޯޑްކުރާއިރު ކިޔަވާ ބޭފުޅެއްގެ އަޑު ވީހާވެސް ސާފުކޮށް ހުންނާނޭހެން ވީޑިއޯ ކުރެއްވުމަށް ސަމާލުކަން ދެއްވަންވާނެއެވެ. ރެކޯޑްކުރައްވާ ވީޑިއޯގައި މަންޒަރާއި އަޑު ސާފުވާން ވާނެއެވެ. މާހައުލުގެ އަޑުތައް ވީޑިއޯގައި ހުރެގެން ނުވާނެއެވެ.
– ވީޑިއޯ ކުރަންވާނީ ލޭންޑުސްކޭޕްކޮށް 16:9 ފްރޭމްކޮށެވެ. ތިރީގައި އެވަނީ ވީޑިއޯ ހުންނަން ޖެހޭނެ ގޮތުގެ ނަމޫނާއެކެވެ. ވީޑިއޯ ނަންގަވާއިރު، ބެކްގްރައުންޑާއި ފޫޓެއްހައި ދުރުގައި ތަރުޖަމާ ކިޔުއްވާާ ބައިވެރިޔާ އިށީންދެ އިންނެވުމަކީ ވީޑިއޯ ރީތިވާނެ ކަމެކެވެ.
– ހަމަ އެހެންމެ ވީޑިއޯ ކުރައްވާއިރު، ތަރުޖަމާ ކިޔުއްވާ ބައިވެރިޔާ އާއި ބެކްގްރައުންޑާއި ދެމެދުގައި6 އިންޗި އާއި12 އިންޗި އާއި ދެމެދުގެ ދުރުމިނެއް ބެހެއްޓެވުމަށްވެސް ހަނދުމަފުޅުކޮށް އަރުވަމެވެ.
– ވީޑިއޯ ރެކޯޑިން ހަދަން ޖެހެނީ ސާފު ހުދު (ޕިޔޯ ވައިޓް) ބެކްގްރައުންޑެއްގައެވެ.
ވީޑިއޯ ރެކޯޑްކުރެއްވުމަށް މިގޮތަށް ފޯނު ނުވަތަ ކެމެރާ ހިފަހައްޓަވައި 16:9 ފްރޭމްގައި ލޭންޑްސްކޭޕްކޮށް ރެކޯޑްކުރައްވާށެވެ. މި ނޫން ގޮތަކަށް ނުވަތަ ޕޯޓްރެއިޓްކޮށް ކޮށްފައިވާ ވީޑިއޯވެސް މުބާރާތުގައި ބައިވެރިއެއް ނުކުރެވޭނެއެވެ.
– ވީޑިއޯ ރީތިކުރުމަށްޓަކައި ފަސްމަންޒަރާއި އެއްކުލަ ނުވަތަ ކުލަ މެޗުވާ ކުލައެއްގެ ހެދުން ނޭޅުން އެދެވިގެން ވެއެވެ. ވީޑިއޯގައި ބައިވެރިޔާ ހުންނަން ވާނީ ބައިވެރިޔާގެ އުނގަނޑާއި ހަމައިން މަތިން ފެންނަގޮތަށެވެ. ވީޑިއޯ ކުރުމުގައި ބައިވެރިޔާގެ ބޮލުން މައްޗަށް ސްކްރީނުން ’ހަތަރު އިންޗި‘ ވަރު ބަހައްޓަވަން ވާނެއެވެ.
❂ ”މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1“ ގައި މާކްސް ދިނުމުގައި ބަލާނީ އަންނަނިވި ކަންތައްތަކަށެވެ.
1) ކިޔުންތެރިކަން %70
2) ހުށައެޅުން %10
3) ރާގައި ސްޓައިލް %10
4) އަކުރު އަދާކުރުން %10
https://www.youtube.com/watch?v=Y-h-8beQpkc
❂ މި މުބާރާތް ސްޕޮންސަރ ކުރެއްވުމުގެ ފުރުޞަތު ވަނީ އާއްމުކޮށް ހުޅުވައިލެވިފައެވެ. ސްޕޮންސަރ ކުރެއްވުމާއި މުބާރާތުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9957171 ގުޅުއްވުން އެދެމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!