ރާކޭޝް ރޯޝަން ޑައިރެކްޓު ކުރާ ފިލްމް “ކްރިޝް4” ރިލީޒްކުރާ ތާރީޚް ރިތިކް ރޯޝަންގެ އުފަންދުވަހާ ދިމާކޮށް  އޭނާގެ ބައްޕަ އިޢުލާކު ކޮށްފި އެވެ. ރާކޭޝް އިއްޔެ ކުރި ގޮވެއްޔެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގައި ފިލްމު ރިލީޒް ކުރާނެ ކަމަށެވެ.

ހުނަރުވެރި ބަތަލު ރިތިކް ރޯޝަން މި ފިލްމުގައި ވެސް އިސް ރޯލެއް ކުޅެ އެވެ. މި ފިލްމުގައި ރިތިކް ފެނިގެން ދާނީ ދެ ރޯލަކުންނެވެ. އެއީ ހީރޯގެ ބައިންނާއި ‘ވިލަން’ އެއްގެ ބައިންނެވެ.

“ފަހަރެއްގައި މިއަދު މިއީ ކްރިޝް4 ރިލީޒް ކުރާނެ ތާރީޚް ކަނޑައަޅަން އެންމެ ރަނގަޅު ދުވަސްކަން ނޭނގެ. ފިލްމު ނެރޭނީ 2020 ގެ ކިރިސްމަސް ގައި. ،މިއީ ރިތިކްގެ އުފަންދުވަހު ތި އެންމެންނަށް ދޭ ހަދިޔާ އެއް. ރިތިކަށް އުފާވެރި އުފަންދުވަހަކަށް އެދެން.” ފިލްމުގެ ޑައިރެކްޓަރ ރާކޭޝް ރޯޝަންގެ ގޮވެލީގައި ބުނެފައިވެއެވެ.

ސިރީޒް އެއް ގޮތަށް ނެރެމުން އަންނަ “ކްރިޝް” އަކީ ބޮލީވުޑްގެ ސުޕަހީރޯ ސައިންސް ފިކްޝަންގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރަމުން އަންނަ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.