ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓްސް ސްރީދޭވީގެ ޒާތީ ދިރިއުޅުމަކީ ވަރަށް ގިނަ ކަންތައްތަކެއް ހިނގި ދިރިއުޅުމެކެވެ. ސްރީދޭވީގެ މޫނުމަތިން އެ ފެންނަ ހިނިތުންވުމުގެ ފަހަތުގައިވެސް ހިތާމައިގެ ސާލެއް ވެއެވެ. އެގޮތުން ސްރީދޭވީ އާއި ޑިސްކޯޑާންސާ އެކްޓަރު މިތުން ޗަކްރަބަތީ ސިއްރުން ކައިވެނިކުރި ކަމުގެ އަޑުތަކެއް ފެތުރުނު ދުވަސްކޮޅެއް ވެސް ދިޔައެވެ.

ޗައިލްޑް އާޓިސްޓެއްގެ ގޮތުުގައި ތަމަޅަ ސިނަމާއިން އެކްޓިން ކެރިއަރު ފެށި ސްރީދޭވީ، ބޮލީވުޑްގެ ފިލްމީ އުދަރެހުގެ އެންމެ އުހުގައި އެތަކެއް އަހަރަކު ފިޔަޖެހިއެވެ.

ސްރީދޭވީ މަރުވިފަހުން، އޭނާގެ ޒާާތީ ދިރިއުޅުމުގެ އެކިއެކި ވާހަކަތައް ފެންމަތިވުން އިތުރުވެގެން ދިޔައެވެ. މީގެ ކުރިން ޝާއިއުކޮށްފައިވާ ބައެއް އާޓިކަލްތައް ވެސް އަލުން ފެންމަތިވާން ފެށިއެވެ. އެގޮތުން 1985 ވަނަ އަހަރު ސްރީދޭވީ އާއި މިތުން ސިއްރުން ކައިވެނިކުރިކަމުގެ އަޑުތައް ފެތުރުނެވެ. އޭރު މިތުން ކައިވެނިކޮށްގެން އުޅެނީ ޔޮގީތާ ބާލީ އާއެވެ.

ޔޮގީތާ ބާލީއަށް، މިތުން އާއި ސްރީދޭވީ ކައިވެނިކުރިކަން އެނގުމުން އަމިއްލައަށް މަރުވާން މަސައްކަތްކުރިއެވެ. އެހެން ނަމަވެސް، އޭރުގެ މަޝްހޫރު ނޫހަކަށް ޔޮގީތާ ބުނެފައިވަނީ، މިތުންގެ ދެވަނަ އަންބެއް ހުއްޓަސް އެކަމާ އޭނާ ރުހޭނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ސްރީދޭވީ ކައިރީގައި މިތުން ބުނި ފަދައިން ޔޯގީތާ ބާލީ ވަރިކޮށްފައި ނުވާކަން މި ހިސާބުން ސްރީދޭވީ އަށް އެނގުނެވެ. ސްރީދޭވީ ވަރިއަށް އެދިގެން މިތުން ކައިރިން ވަރިވީ 1988ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.