މިހާރު އެންމެ ބޮޑަށް ވައިގައި ހިފާފައިވާ ‘ޑްރޮޕް-އިން-އޯޑިއޯ’ އެޕްލިކޭޝަން ކްލަބްހައުސް މެދުވެރިކޮށް މުނިއަވަސް އިން ޚަބަރު ގަޑިއެއް ފަށައިފިއެވެ. “މުނިއަވަސް ނިއުސް އަވަރ”ގެ ނަމުގައި ރޭ 08:25ގައި ފުރަތަމަ ޕްރޮގްރާމް ގެނެސްދިނީ ޚާއްޞަ މެހެމާނުންގެ ގޮތުގައި މަޝްހޫރު ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) އާއި މަޝްހޫރު އެކްޓަރ އަޙްމަދު ސަޢީދު ހިމަނައިގެންނެވެ.

“މުނިއަވަސް ނިއުސް އަވަރ” އަކީ މުނިއަވަސް ގައި ޝާއިއުކޮށްފައިވާ ޚަބަރާއި މަޢުލޫމާތުތަކުގެ މައްޗަށް ބަލައިލުމާއެކު، ޚާޢްޞަ މެހެމާނުންގެ ގޮތުގައި ބައިވެރިވެލައްވާ ފަރާތްތަކުން ފަންނުވެރިކަމުގެ ދާއިރާގައި ހިއްސާކުރަން ބޭނުންވާ އިތުރު މަޢުލޫމާތުތައް ތަފުސީލުކޮށް ގެނެސްދިނުމަށް ފުރުޞަތު ހުޅުވާލައިގެން ވަގުތުން ގެނެސްދޭ ޕްރޮގްރާމެކެވެ.

ރޭގެ ޕްރޮގްރާމުގައި މިއަދު ފިލްމީ ދާއިރާއާއި ފަންނުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށާއި މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗަރ އިން ފަންނުވެރިންނާމެދު ވެފައިވާ އިހުމާލުގެ މައްޗަށް ވަރަށް ތަފުސީލުކޮށް އަލިއަޅުވާލާ މެހެމާނުން ވާހަކަދައްކާފައިވެއެވެ.

މުނިއަވަސް ނިއުސް ޑެސްކް“ގެ ނަމުގައި މުނިއަވަސް އިން ހަދާފައިވާ ކްލަބްގެ ދަށުން ރާއްޖޭގެ ފަންނާނުންނާ ގުޅިގެން ތަފާތު ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް އަންނަނީ ރާވަމުންނެވެ. އެގޮތުން  ހިމެނޭ ބައެއް ޕްރޮގްރާމުތަކުގެ ތެރޭގައި:-

ރޭގަނޑު 20:25ގައި “މުނިއަވަސް ނިއުސް އަވަރ”

ޕްރޮގްރާމުގެ ލިންކް: “މުނިއަވަސް ނިއުސް އަވަރ”

މުނިފޫހިފިލުވުމުގެ ޚަބަރާއި މައުލޫމާތުގެ އިތުރުން ފަންނީ މެހެމާނުންގެ އަޑުން އިތުރު ތަފުސީލުތައް ވަގުތުން

23 ޖޫން 2021 ވަނަ ދުވަހުގެ ރޭގެ ނިއުސް އަވަރގައި މެހެމާނުންގެ ގޮތުގައި ބައްދަލުކުރާނީ “އައި ފިލްމްސް” އާއި “ކަޒްމިކް އިންޓަނޭޝަނަލް”ގެ އިސް ބޭފުޅުންނެވެ.

ދަންވަރު 02:30ގައި “މުނިއަވަސް ދަންގަޑި”

ޕްރޮގްރާމުގެ ލިންކް: “މުނިއަވަސް ދަންގަޑި”

މިއީ މުނިއަވަސް އާއި މެދު ފަންނާނުން ދީފައިވާ ބައެއް ބަސްދީގަތުންތައް ގެނެސްދޭ ރެކޯޑްކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި މުނިއަވަސްގެ އިސް ފަރާތްތަކުން ދައްކާފައިހުރި ބައެއް ވާހަކަތައް ވެސް ހިމެނޭނެއެވެ.

މެންދުރުފަހު 14:00ގައި “އެމްވީ ސެލެބްރިޓީ ޓޯކް”

ޕްރޮގްރާމުގެ ލިންކް: “އެމްވީ ސެލެބްރިޓީ ޓޯކް”

ރާއްޖޭގެ ފަންނާނަކާ އެކު އެހުންތެރިންނާ އިންޓަރެކްޓިވްކޮށް ވަގުތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް

މި ޕްރޮގްރާމުތަކުގެ އިތުރުންވެސް އެކިއެކި ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ގެނެސްދިނުމަކީ މުނިއަވަސްގެ އަމާޒެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.