ކުރިއަށް އޮތް ގައުމީ ފިލްމު އެވޯޑް ހަފްލާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކަށް ވާދަކުރާ ފިލްމު ތަކާއި ފަންނާނުންގެ މައުލޫމާތު އިއުލާންކޮށްފި އެވެ.
މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ހަތްވަނަ ގައުމީ ފިލްމު އެވޯޑަށް ވާދަކުރާ ފިލްމު ތަކާއި ފަންނާނުންގެ މައުލޫމާތު މިކަމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
މިފަހަރުގެ އެވޯޑް ހަފްލާގައި 21 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ހަމަޖައްސާފައިވާއިރު އެންމެ ގިނަ ކެޓަގަރީތަކަށް ވާދަކުރަނީ މުއުމިން ފުއާދު ޑައިރެކްޓް ކޮށްފައިވާ “ލޫދިފާ” އެވެ. މި ފިލްމު ވަނީ 19 ކެޓަގަރީއަކަށް ނޮމިނޭޓް ވެފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ކެޓަގަރީ ތަކަށް ނޮމިނޭޓް ވެފައިވަނީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ “ފަތިސްހަނދުވަރުގެ ފެށުން” އެވެ. މި ފިލްމު 16 ކެޓަގަރީއަކަށް ވާދަކުރާއިރު ތިންވަަނަ އަށް އެންމެ ގިނަ ކެޓަގަރީ ތަކަށް ވާދަކުރަނީ ފައްތާހު ޑައިރެކްޓްކޮށްފައިވާ “ލަވްސްޓްރީ”އާއި ހުސައިން މުނައްވަރު ޑައިރެކްޓް ކޮށްފައިވާ “ސަޒާ” އެވެ. މި ދެ ފިލްމު 14 ކެޓަގަރީއަކަށް ވާދަކުރެ އެވެ.
އެންމެ މޮޅު ފިލްމުތައް:
– ލޫދިފާ
– ފަތިސްހަނދުވަރު ފެށުން
– ލަވް ސްޓޯރީ
– ސަޒާ
– އިނގިލި
އެންމެ މޮޅު އެކްޓަރު:
– އިސްމާއިލް ރަޝީދު (ލޫދިފާ)
– އިސްމާއިލް ރަޝީދު (އިނގިލި)
– ޔޫސުފް ޝަފީއު (ފަތިސްހަނދުވަރުގެ ފެށުން)
– އަހުމަދު ސައީދު (އިންސާފު)
– ލުފްޝާން ޝަކީބް (ސަޒާ)
އެންމެ މޮޅު އެކްޓްރެސް:
– މަރިޔަމް އަފީފާ (ލޫދިފާ)
– ފާތިމަތު ފަރީލާ (ފަތިސްހަނދުވަރުގެ ފެށުން)
– ނިއުމާ މުހައްމަދު (ސަޒާ)
– އާމިރާ އިސްމާއިލް (ލަވް ސްޓޯރީ)
– ނިއުމާ މުހައްމަދު (މި ހަށިން ފުރާނަ ދަންދެން)
އެންމެ މޮޅު ޑައިރެކްޓަރު:
– މުއުމިން ފުއާދު (ލޫދިފާ)
– އަލީ ޝިފާއު (ފަތިސްހަނދުވަރު ފެށުން)
– ރަވީ ފާރޫގް (އިނގިލި)
– ހުސެއިން މުނައްވަރު (ސަޒާ)
– އަބްދުލް ފައްތާހު (ލަވް ސްޓޯރީ)
އެންމެ މޮޅު ސަޕޯޓިން އެކްޓަރު:
– ރަވީ ފާރޫގް (ލޫދިފާ)
– އިސްމާއިލް ރަޝީދު (ސަޒާ)
– އަބްދުﷲ މުއާޒު (އިނގިލި)
– އަހްމަދު ނިމާލް (މި ހަށިން ފުރާނަ ދަންދެން)
– ހަސަން މަނިކް (މި ހަށިން ފުރާނަ ދަންދެން)
އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް:
– ޚަދީޖާ އިބްރާހިމް ދީދީ (ލޫދިިފާ)
– ފާތިމަތު އާޒިފާ (ލޫދިފާ)
– ޝީލާ ނަޖީބް (ޒަހަރު)
– އައިޝަތު ރިޝްމީ (ލަވް ސްޓޯރީ)
– އައިޝަތު ރިޝްމީ (ހިތް ޔާރާ ދީފާ)
އެންމެ މޮޅު ސިނަމޮޓަގްރަފީ:
– ހުސައިން މުނައްވަރު (ލޫދިފާ)
– ހުސައިން މުނައްވަރު (އިނގިލި)
– ހުސައިން މުނައްވަރު (ސަޒާ)
– އިބްރާހިމް ވިޝާން (ލަވް ސްޓޯރީ)
– އިބްރާހިމް ވިޝާން (ފަތިސްހަނދުވަރުގެ ފެށުން)
އެންމެ މޮޅު ސްކްރީންޕްލޭ:
– މުއުމިން ފުއާދު (ލޫދިފާ)
– ބިންމާ އިބްރާހިމް ވަހީދު (ފަތިސްހަނދުވަރުގެ ފެށުން)
– މަހުދީ އަހްމަދު (އިނގިލި)
– މަހުދީ އަހުމަދު (ސަޒާ)
އެންމެ މޮޅު އޮރިޖިނަލް ސޯންގް:
– މުހައްމަދު ފުއާދު (ލޫދިފާ)
– ޝިފާ ތައުފީގު (ފަތިސްހަނދުވަރުގެ ފެށުން)
– އިބްރާހިމް ނިފާރު (ލަވް ސްޓޯރީ)
– މުހައްމަދު އަބްދުލް ޣަނީ (މި ހަށިން ފުރާނަ ދަންދެން)
– އަބްދުލް ހައްނާން (ކުށްވެރިއަކީ ކާކު ހޭ)
– މޫސާ ސަމާއު (މި ހަށިން ފުރާނަ ދަންދެން)
އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ:
– ޝިފާ ތައުފީގު (ފަތިސް ހަނދުވަރުގެ ފެށުން)
– ޝިފާ ތައުފީގު (ފަތިސް ހަނދުވަރުގެ ފެށުން)
– އައިޝަތު މާއިން ރަޝީދު (މި ހަށިން ފުރާނަ ދަންދެން – ތިޔަ މޫނަށް ލޯ)
– ރާފިޔަތު ރަމީޒާ (ހިތް ޔާރާ ދީފަ)
– މަރިޔަމް އަޝްފާ (ހިތް ޔާރާ ދީފަ)
އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ:
– މުހައްމަދު އަބްދުލް ޣަނީ (ހިތް ޔަރާ ދީފަ)
– މުހައްމަދު އަބްދުލް ޣަނީ (ހިތް ޔާރާ ދީފަ)
– މޫސާ ސަމާއު (މި ހަށިން ފުރާނަ ދަންދެން – ތިޔަ މޫނަށް ލޯ)
– އިބްރާހިމް ޒައިދު (ހިތް ޔާރާ ދީފަ)
– އަބްދުލް ހަންނާން (ކުށްވެރިއަކީ ކާކު ހޭ)
ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)އިން އިންތިޒާމު ކުރާ ގައުމީ ފިލްމު އެވޯޑަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން ނަން ހުށަހަޅާފައިވާ 17 ފިލްމުގެ ތެރޭގައި ހިމެނެނީ 11 ފީޗާ ފިލްމާއި ކުރު ހަ ފިލްމެވެ.
ގައުމީ ފިލްމް އެވޯޑުގައި ބައިވެރިކުރަން ފުރުސަތު ދީފައިވަނީ 2011 ވަަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ނެރެފައިވާ ފިލްމްތަކަށެވެ.
މިއަހަރު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ޑރ. އަޝްރަފް އަބްދުލް ރަހީމް އާއި، އަހްމަދު ޒަރީރް އާއި، މުހައްމަދު ޝަރީފް (ބާރު ޝަރީ) އާއި ޓެލެވިޒަން މޯލްޑިވްސްގައި މަސައްކަތް ކުރާ ސިނަމޮޓޯގްރަފާއެއް ކަމުގައިވާ ހުސައިން އިމްތިޔާޒު (އިންތި)ގެ އިތުރުން އަލި މަނިކު (ދާރި) އެވެ.
ގައުމީ ފިލްމް އެވޯޑަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި، ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި އެންސީއޭ އިން ދެމުންގެންދާ އެވޯޑެކެވެ.
މިއަހަރުގެ އެވޯޑް ހަފްލާ މެނޭޖު ކުރުމާއި މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!