“މޯލްޑިވްސް ފިލްމް އެވޯޑްސް” ހަފްލާ ބާއްވަން ދެ ދުވަހަށް ވެފައިވާއިރު، ނެޝަނަލް އާޓްސް ގެލަރީގައި ރޭ ވަނީ ފީޗާޑް ފިލްމް ކެޓަގަރީގެ އެކި ދާއިރާތަކުން އެ އެވޯޑަށް ނޮމިނޭޓްވި ފަރާތްތައް އިއުލާންކޮށްފަ އެވެ.
މި އަހަރުގެ ފިލްމް އެވޯޑްސް ގައި ފީޗާޑް ފިލްމް ކެޓަގަރީން ހަ ފިލްމެއް ބައިވެރިކޮށްފައިވާއިރު، 15 ދާއިރާއަކުން ވަނީ އެ ކެޓަގަރީއަށް އެވޯޑް ދިނުމަށް ނިންމާފަ އެވެ.
އެގޮތުން ފީޗާޑް ފިލްމް ކެޓަގަރީގައި ބައިވެރިކޮށްފައިވާ ހަ ފިލްމްގެ ތެރެއިން އެންމެ ގިނަ ދާއިރާތަކުން ނޮމިނޭޓް ވެފައިވަނީ، ޒުވާން ޑައިރެކްޓަރު ހުސެން މުނައްވަރުގެ ދެ ވަނަ ފީޗާޑް ފިލްމުގެ “ދިލަކަނި” އެވެ. ދިލަކަނީގެ ފަހަތުން އެންމެ ގިނަ އެވޯޑަށް ވާދަކުރަނީ މަޝްހޫރު ނެށުންތެރިޔާ އަދި ޑައިރެކްޓަރު ރަވީ ފާރޫގު ޑައިރެކްޓްކޮށްފައިވާ ފިލްމު “އިނގިލި” އެވެ.
ފީޗާ ފިލްމު ކެޓަރީ އިން އެންމެ މޮޅު އެކްޓަރަކަށް ވާދަކުރަނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި މަޝްހޫރު ބަތަލް ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. ފިލްމް އިނގިލި އަދި ދިލަކަނިން ކޮޕީ އިއްސެ އެންމެ މޮޅު އެކްޓަރަށް ވާދަކުރާއިރު ޔޫއްޕެ އެ އެވޯޑަށް ވާދަކުރަނީ އޮލިމްޕަހުގައި އެޅުވި ފުރަތަމަ ތްރީޑީ ފްލިމް “ފަތިސް ހަނދުވަރުގެ ފެށުން” އެވެ.
އެންމެ މޮޅު އެކްޓަރުގެ އެވޯޑެކޭ އެއްްފަދައިން، ފީޗާޑް ކެޓަރީގެ ބައިން އެންމެ މޮޅު އެކްޓްރެސްގެ ވާދަވެސް ކުޑައެއް ނޫނެވެ.
އެ އެވޯޑަށް ވާދަކުރަނީ، ދިވެހިންގެ ތެރެއިން ގިނަ ބަޔެއްގެ އަދިވެސް “ޗެމްޕިއަން” ނިއުމާ މުހައްމަދާއި ކުރިއަރަމުން އަންނަ ތަރި، ފަރީލާ އެވެ. ނެށުންތެރިއެއްގެ ގޮތުގައި ފިލްމް އިންޑަސްޓްރީއަށް ނުކުތް އަދި މަޝްހޫރު ފިލްމީ ތަރި ޔޫއްޕެގެ ކުރީގެ އަނބި ފަރީލާ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ވާދަކުރަނީ ނޫރު އެން މޫވީސްގެ ދެ ވަނަ ފީޗާ ފިލްމު “ލަވް ސްޓޯރީ” އިންނެވެ. ނިއުމާ އެ އެވޯޑަށް ވާދަކުރަނީ ފިލްމު “ދިލަކަނި” އަދި ފިލްމް “މި ހަށިން ފުރާނަ ދަންދެން” އިންނެވެ.
ތިރީގައި އެވަނީ ފީޗާޑް ފިލްމް ކެޓަގަރީގެ ދެންހުރި ދާއިރާތަކުން ނޮމިނޭޓްވި ފަރާތްތަކެވެ.
އެންމެ މޮޅު އޮރިޖިނަލް ސްކްރީން ޕްލޭ:
މަހްދީ އަހްމަދު (ފިލްމް: ދިލަކަނި އަދި ފިލްމް: އިނގިލި)
ފާތުމަތު ނަހުލާ (ފިލްމް: މިހަށިން ފުރާނަ ދަންދެން)
އެންމެ މޮޅު ވިޝުއަލް އިފެކްޓްސް:
އަހްމަދު ސިނާން (ފިލްމް: ދިލަކަނި، އިނގިލި، ފަތިސް ހަނދުވަރުގެ ފެށުން)
އެންމެ މޮޅު މޭކް އަޕް އާޓިސްޓް:
މުހައްމަދު މަނިކް (ފިލްމް: ދިލަކަނި އަދި މިހަށިން ފުރާނަ ދަންދެން)
ހަސަން އާދަމް (ފިލްމް: ފަތިސް ހަދުވަރުގެ ފެށުން)
އެންމެ މޮޅު އޮރިޖިނަލް ސްކޯ:
މުހައްމަދު އަބްދުލް ގަނީ (ފިލްމް: މަހަށިން ފުރާނަ ދަންދެން)
އައްޔުމަން ޝަރީފް (ފިލްމް: ފަތިސް ހަނދުވަރުގެ ފެށުން)
މޫސާ ސަމާއު / މުހައްމަދު އަބްދުލް ގަނީ (ފިލްމް: މި ހަށިން ފުރާނަ ދަންދެން)
އެންމެ މޮޅު ސްކޯ:
މުހައްމަދު އިކްރާމް (ފިލްމް: އިނގިލި)
އިބްރާހިމް ނިފާރު (ފިލްމް: ދިލަކަނި އަދި މި ހަށިން ފުރާނަ ދަންދެން)
އެންމެ މޮޅު ސައުންޑް އެޑިޓިން:
އަލި މުސްތޮފާ/ އަބްރާހިމް ނިފާރް (ފިލްމް: ދިލަކަނި)
މުހައްމަދު އިކްރަމް (ފިލްމް: އިނގިލި)
އަލީ ޝިފާއު (ފިލްމް: ފަތިސް ހަނދުވަރުގެ ފެށުން)
އެންމެ މޮޅު ސައުންޑް މިކްސިން:
އަލި މުސްތޮފާ/ އަބްރާހިމް ނިފާރް (ފިލްމް: ދިލަކަނި)
މުހައްމަދު އިކްރަމް (ފިލްމް: އިނގިލި)
އަލީ ޝިފާއު (ފިލްމް: ފަތިސް ހަނދުވަރުގެ ފެށުން)
އެންމެ މޮޅު އާޓް ޑައިރެކްޓަރު:
ރަވީ / މަހްދީ / ހުސެއިން މުނައްވަރު (ފިލްމް: އިނގިލި)
މުހައްމަދު އަލީ / އަލީ ޝިފާއު (ފިލްމް: ފަތިސް ހަނދުވަރުގެ ފެށުން)
ހަސަން ޝިޔާމް / ހުސެއިން މުނައްވަރު (ފިލްމް: ދިލަކަނި)
އެންމެ މޮޅު ކޮރެއޮގްރަފީ:
އަބްދުއް ފައްތާހް (ފިލްމް: ލަވް ސްޓޯރީ)
ރަވީ ފާރޫގް (މި ހަށިން ފުރާނަ ދަންދެން)
ފާތުމަތު ފަރީލާ (ފަތިސް ހަނދުވަރުގެ ފެށުން)
އެންމެ މޮޅު ސަޕޯޓިން އެކްޓަރު
އަހްމަދު ނިމާލް (ފިލްމް: މި ހަށިން ފުރާނަ ދަންދެން)
މުހައްމަދު މަނިކް (ފިލްމް: ދިލަކަނި)
އަބްދުﷲ މުއާޒް (ފިލްމް: އިނގިލި)
އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް
ރިޝްމީ (ފިލްމް: ލަވް ސްޓޯރީ)
ރިޝްފާ (ފިލްމް: ދިލަކަނި)
ޝަކީލާ (މި ހަށިން ފުރާނަ ދަންދެން)
އެންމެ މޮޅު ސިނަމޮޓޯގްރަފީ
ހުސެއިން މުނައްވަރު (ފިލްމް: އިނގިލި)
އަބްދުﷲ ޝިވާޒް (ފިލްމް: ދިލަކަނި)
އިބްރާހިމް ވިޝާން (ފިލްމް: ލަވް ސްޓޯރީ)
އެންމެ މޮޅު އެޑިޓިން
އަލީ ޝިފާ (ފިލްމް: ފަތިސް ހަނދުވަރުގެ ފެށުން)
ރަވީ ފާރޫގް (ފިލްމް: އިނގިލި)
އަލީ މުސްތޮފާ (ފިލްމް: ދިލަކަނި)
ލިޔުންތެރިޔާގެ ފުރަމަލަ
