ބަނގުރަލުގެ މައްސަލައެއްގައި ރޭ ވެހި ފިލްމީތަރި ޖުމައްޔިލް ނިމާލް (ޖުމަލް) ހައްޔަރުކުރި ކަމަށާއި މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފައި ކަމަށް ބުނެ ބައެއް އޮންލައިންތަކުގައި ޚަބަރު ފަތުރާފައި ވަނިކޮށް އެކަން ދޮގުކޮށް ޑާކްރެއިން ގެ ޕްރޮޑިއުސަރ މޮގަރ ގެ ފޭސްބްކް ގައި ވީޑިއޯ އެއް އާއްމުކޮށްފި އެވެ.

 

މޮގަރ އާއްމުކޮށްފައިވާ ވީޑިއޯގައި ޒަކިއްޓޭ ބުނަނީ ‘އާދެ މި މިހާރު ގަޑިން ބާވީސްގަޑި ފަންސާސް، ތާރސްޑޭ ޖެނުއަރީ އެގާރަ އިނގޭތޯ. (ފޯނުން ގަޑި ދައްކާާލަމުން) ޗެކެއް ޖަހާލަބަލަ ބާވީސްގަޑި ފަންސާސް ތާސްޑޭ ޖެނުއަރީ އެގާރަ. މީގެ 15 ވަރަކަށް މިނެޓް ކުރިން ލާފަ އިން މި އަނިއް ޖުމައްޔިލް ހައްޔަރުކޮށްފަ. (މިހެން ބުނަމުން ވީޑިއޯ އިން ފެންނަން ހުރި ޖުމައްޔިލް އަށް އިޝާރާތް ކޮށްލަ އެވެ.) މަޖަ ދޮގެއްތޯ. ވަގުތު ހަމަ ހަބޭސް. ސަޅި.’ މިހެން ބުނެ އެވެ.

އެ ވީޑިއޯ ގައި ޖުމައްޔިލް ހެވިފައި ފެންނަން ހުންއިރު އަންހެންކުއްޖެއްގެ ހެއަރ ސްޓައިލް ހެދުމަށް ޖުމާ ވެސް ހުންނަތަން ފެނެއެވެ.

މޮގަރ މި ވީޑިއޯ އަޕްލޯޑްކޮށްފައިވަނީ ‘ވަގުތު’ އަދި ‘ސަން އޮންލައިން’ އަށް ޓެގް ކޮށްފަ އެވެ.

‘ވަގުތު’ އޮންލައިންގައިވާ ޚަބަރުގައި ބުނެފައިވަނީ ‘ބަނގުރަލުގެ މައްސަލައެއްގައި ދިވެހި ފިލްމީތަރި ޖުމައްޔިލް ނިމާލް (ޖުމަލް) ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފިއެވެ.’ މިހެންނެވެ.

އަދި ‘ސަން އޮންލައިންގައި ބުނެފައިވަނީ ‘ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފިލްމީތަރި ޖުމައްޔިލް ނިމާލް ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.’ މިހެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.