ޑާކް ރެއިން އެންޓަޓެއިންމެންޓުގެ “ގުޅުން” މީޑިއާ ނެޓް މަލްޓި ސްކްރީން އެޕްލިކޭޝަންގައި ރިލީޒްކޮށްފި އެވެ. ރިޝްމީ ރަމީޒް، ރަވީ ފާރޫޤް، ޢަބްދުﷲ ޝާފިޢު އިބްރާހިމް (ފުބޫ)، އާމިނަތު ޝަމާނާގެ އިތުރުން އާމިނަތު ރަޝްފާ ފެނިގެންދާ “ގުޅުން” މިއީ 20 މިނެޓްގެ ކުރު ފިލްމެކެވެ.
އެންތޮލޮޖީ ސީރީޒް ފިލްމު ”ގުޅުން“ގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ބުނީ މިއީ ކޮންޓިނުއަސްކޮށް ވަން ޝޮޓުން ޝޫޓްކޮށްފައި ފިލްމެއް ކަމަށާއި މި ފިލްމަކީ ރިލޭޝަންޝިޕްގެ މައްޗަށް އަލިއަޅުވާލާ ފިލްމެއް ކަމަށެވެ. މިއީ ޢާއިޝަތު ފުއާދު ތަޢުފީޤް ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
”ގުޅުން“ ފިލްމު ކެމެރާކުރީ ހުސެއިން އަދުދާން (ހުސޭނު) އެވެ. ވިޒުއަލް އިފެކްޓްސް ހެދީ ވިޝާލް ޒަކީ އެވެ. ސައުންޑް އެޑިޓިން އަދި މިކްސިން ހެދީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މި ފިލްމުގެ ތަރިންގެ މޭކަޕްކޮށްދީފައި ވަނީ މަޝްހޫރު މޭކަޕް އާޓިސްޓް ޙަސަން އާދަމް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!