މީޑިއާނެޓް އޮރިޖިނަލްސް އެއްގެ ގޮތުގައި މީޑިއާ ނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނުން ދައްކަމުން އަންނަ ވެބް ސީރީޒް “ނަފްސު” ގެ ދެ އެޕިސޯޑް ދައްކާފައިވާއިރު މި ސީރީޒަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
“ނަފްސު” މިއީ މަޤްބޫލުކަން ހޯދަމުން އަންނަ ފިލްމީ ތަރި އަދި ފިލްމު “ދެވަންސޫރަ”ގެ އެއް ޕްރޮޑިއުސަރ ޢަލީ ޝަޒްލީމްގެ ޕްރޮޑަކްޝަން ހައުސް ‘އައިލެންޑް ޕިކްޗަރޒް’ގެ ފުރަތަމަ ފިލްމީ މަސައްކަތެވެ. މި ސީރީޒް ޝޫޓްކުރީ ތ. ކިނބިދޫގައެވެ.
މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާފައިވާ “ނަފްސު” ވެބް ސީރީޒަކީ ސަސްޕެންސް ތުރިލާއެކެވެ.
ސީރީޒްގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންނަކީ މަޝްހޫރު ފިލްމީ ތަރި އަޙްމަދު ސަޢީދު، މަރްޔަމް ޝިފާ، ޝަކީލާ އާދަމް (ޝަކިއްތަ)ގެ އިތުރުން ޢަލީ ޝަޒްލީމް އާއި ހަމްދާން ފާރޫޤް އެވެ.
“ނަފްސު” ފެށިގެންދަނީ ވިޔަފާރިވެރިއަކު މާލޭގެ ހަލަބޮލި މާހައުލާއި ދުރަށް ޖެހިލައި އަރާމުކޮށްލުމަށް އޭނާގެ އަންހެނުން ގޮވައިގެން ރަށަކަށް ދާ ހިސާބުންނެވެ. އެ ރަށުގައި އެމީހުން ތިބޭ ގެސްޓްހައުސްގައި ފޮރުވިފައިވާ ސިއްރުތަކެއް ވިޔަފާރިވެރިޔާގެ އަނބިމީހާއަށް އެނގި ނިއުޅެން ފަށައެވެ.
މި ސީރީޒް ކެމެރާކުރީ ޑޮކިއުމެންޓްރީ ފިލްމާއި ފޯޓޯ ޝޫޓިންގެ ތަޖުރިބާތަކެއް ލިބިފައިވާ ޒުވާން ކެމެރާމަން އިބްރާހިމް މިސްތާހް އެވެ. މިއީ މިސްތާހްގެ ވެސް މިފަދަ ފުރަތަމަ ފިލްމީ މަސައްކަތެކެވެ.
ވެބް ސީރީޒް “ނަފްސު”ގެ ޕްރޮޑިއުސަރަކީ ފިލްމު “ހަތަރު ހަޅަ”ގެ ޕްރޮޑިއުސަރ އަދި އެވޯޑް ހޯދާފައިވާ މިއުޒިކް ކޮމްޕޯސަރ މުޙައްމަދު ފުއާދު (ފޯރޑް)އެވެ.
ޖުމުލަ 10 އެޕިސޯޑްގެ މި ސީރީޒް ދައްކަން ފެށީ މިދިޔަ ޖޫން މަހު 22 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!