މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ޙަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ސަގާފީ އަދި ޒަމާނީ މިއުޒިކާއި ނެށުން ހުށަހަޅައިދޭނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިޢުލާނުކޮށްފިއެވެ.
އެންސީއޭ އިން އިއްޔެ އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނީ މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ޙަރަކާތްތަކުގެ ތެރެއިން ޑާންސް، ސަގާފީ އަދި ޒަމާނީ މިއުޒިކްގެ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން info@nca.gov.mv އަށް 12 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ފޮނުއްވުމަށް ވެސް އެންސީއޭ އިން އެދެއެވެ.
މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3313456 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ info@nca.gov.mv އަށް މެއިލްކުރެއްވުމަށް ވެސް އެންސީއޭ އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟