07 ފެބްރުއަރީ 2019ގައި ޑާކް ރެއިން އެންޓަޓެއިންމެންޓުން ދިވެހި ފިލްމީ އޯޑިއަންސަށް ގެނައި ފިލްމު “ގޮށްރާޅު”، މީޑިއާނެޓްގެ މަލްޓިސްކްރީން އެޕްލިކޭޝަނާއި މަލްޓިސްކްރީން ޓީވީގައި ސްޓްރީމްކުރަން ފަށައިފިއެވެ.
ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފަސްތަރީގެ ބްލޮކްބަސްޓާ “ގޮށްރާޅު” މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމަށް ގެނައީ މިއަދުގެ ވަގުތެއްގައެވެ.
ކްރައިމް ތުރިލާ ”ގޮށްރާޅު“ގެ 30 ޝޯ އޮލިމްޕަހުގައި ދައްކާފައިވާއިރު އޭގެ ތެރެއިން 21 ޝޯއަކީ ހައުސްފުލް ޝޯތަކެއް ކަމަށް ޑާކް ރެއިން އިން ބުނެފައިވެއެވެ.
މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް ޒުވާން ޑައިރެކްޓަރު އަޙްމަދު ޝިނާން ޑައިރެކްޓްކޮށް، ވިޝުއަލް އިފެކްޓް ހަދާފައިވާ ”ގޮށްރާޅު“ ފިލްމަކީ މިފަހުން ދިވެހި ސިނަމާއަށް އައި ފަސްތަރީގެ ބްލޮކްބަސްޓާ އެވެ.
ކްލަބްހައުސްގައި މުނިއަވަސް އިން ގެނެސްދެމުން އަންނަ ’މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް ޝޯވ’ގައި ވާހަކަދައްކަމުން މި ފިލްމުގެ ޕްރޮޑިއުސަރ އަދި ޑާކް ރެއިންގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ) ފާހަގަކުރި ގޮތަށް ޝިނާން އަކީ މިފަދަ މަސައްކަތްތަކަށް ހުނަރުވެރި ޒުވާނެއްކަން މި ފިލްމު ބަލައިލުމުން އެނގިގެންދާނެއެވެ.
”ގޮށްރާޅު“ގެ ކާސްޓަށް ބަލައިލާއިރު، ފިލްމުގެ ލީޑު ކުޅެފައިވަނީ ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މީގެ އިތުރުން މަރިޔަމް ޝަކީލާ، ކޮޕީ އިއްސެ، އަޙްމަދު ސަޢީދު ވެސް ފެނިގެންދެއެވެ.
މޯލްޑިވިއަން އައިޑަލް އިން ވިދައިލި ޒަކިއްޓެ އަކީ ހުނަރުވެރި އެކްޓަރެއްކަން މި ފިލްމުން އެކަނިވެސް އޭނާ ސާބިތުކޮށްދީފައިވެއެވެ. ’މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް ޝޯވ’ އެއްގައި ވާހަކަދައްކަމުން ޒަކިއްޓެ ބުނީ ފިލްމުކުޅުމަކީ އޭނާ ކުރިއަށްދާން ބޭނުންވާ ދާއިރާއެއް ނޫން ކަމަށާ އެހެން ނަމަވެސް، ޑާކް ރެއިންގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރަން ފުރުޞަތު ލިބިއްޖެނަމަ ފެނިގެން ނުދާނެއޭ ބުނަން ބޭނުންނުވާކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!