ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ދިލިޕް ކުމާރު, މަރުވެއްޖެ އެވެ. އުމުރުން 98 އަހަރުގައި ޖުލައި 06ވަނަ ދުވަހުގެ ވަގުތެއްގައި ދިލިޕް ކުމާރު މަރުވީ މުސްކުޅިބަލީގަ އެވެ.

ދިލިޕް ކުމާރަށް ނޭވާލާން އުނދަގޫވެ ސިއްޙީ ހާލަތު ގޯސްވެ މުންބާއީގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލްގައި މީގެ މަހެއްހައި ކުރިން އެޑްމިޓްކުރިއެވެ. ދިލިޕް ކުމާރަށް ކުރިމަތިވި ސިއްޙީ މައްސަލައަކީ ބައިލޭޓަރަލް ޕްލިއުރަލް އެފިއުޗަން ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ދިލިޕް ކުމާރަކީ 60 އަށްވުރެން ގިނަ އަހަރު ވަންދެން ބޮލީވުޑްގައި ’ޓްރެޖެޑީ ކިންގް’ގެ ގޮތުގައި މަޝްހުރުވެފައިވާ އެކްޓަރެކެވެ. އޭނާ ވަނީ 65 ފިލްމަށް ވުރެން ގިނަ ފިލްމުގައި ފާހަގަކޮށްލެވޭ ފަދަ ރޯލުތަކެއް ކުޅެފައެވެ. އެގޮތުން ފިލްމު ދޭވްދާސް، ނަޔާ ދައުރު، މުޣަލް-އޭ-އާޒަމް، ގަންގާ ޖަމުނާ، ކްރާންތީ އަދި ކަރްމާ ހިމެނެއެވެ.

ދިލިޕް ކުމާރު އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ 1998 ވަނަ އަހަރު ރިލީޒްކުރި ފިލްމު ”ގިލާ“ އިންނެވެ. ދިލިޕް ކުމާރަށް 1994 ވަނަ އަހަރު ދާދާސާހަބް ޕަލްކޭ އެވޯޑް ލިބިފައިވެއެވެ. ހަމަ އެހެންމެ 2015 ވަނަ އަހަރު ޕަދްމާ ވިބޫޝަން އެވޯޑް ލިބިފައިވެއެވެ.

ދިލިޕް ކުމާރުގެ ހަޔާތުގެ ބައިވެރިއަކީ މަޝްހޫރު އެކްޓްރެސް ޝާއިރާ ބާނޫ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.