ރާއްޖޭގެ ފިލްމު ޕްރޮޑިއުސަރުންގެ ލިސްޓްގެ އެންމެ ކުރީ ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އަސްލަމް ރަޝީދު، ވަރުގަދަ ފިލްމެއް އުފެއްދުމުގެ ޚިޔާލު ގެންގުޅުއްވާކަމަށް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހައިތަނަށް އެންމެ ގިނަ ޝޯވ ބޭއްވި ފިލްމު “ފަތިސްހަނދުވަރު” އަދި އެތަކެއް ދިވެހި ފިލްމެއް ޕްރޮޑިއުސްކުރައްވާފައިވާ ކާމިޔާބު ޕްރޮޑިއުސަރު އަދި 90ގެ އަހަރުތަކުގައި އެންމެ ގަދައަށް ވިދައިލި ޕްރޮޑަކްޝަން ހައުސްގެ ވެރިޔާ އަސްލަމް ރަޝީދު މުނިއަވަސް ޚަބަރު ގަޑީގައި ވިދާޅުވީ ފިލްމީ މަސައްކަތް އަދި މުޅިން ނިންމައިލީ ނޫންކަމަށާ ވަރަށް އަވަހަށް ކޮންމެވެސް ވަރެއްގެ ފިލްމީ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
“އަޅުގަނޑު ވަރަށް ގިނަ ދުވަސް ވެއްޖެ ދޮގެއްތޯ މިހާރު ތި ދާއިރާއާ ދުރުގަ އުޅޭތާ، އެހެން ނަމަވެސް އަދި މުޅިން ނިންމާލިއަކީއެއް ނޫން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރާނަން. އަޅުގަނޑުމެން އެކަށީގެންވާ ވަރުގެ ރަނގަޅު މަސައްކަތެއް ދެންވެސް ކުރާނީ އިނގޭތޯ.” ފިލްމީ ދާއިރާއާއި އެއްކޮށް ދުރައްޖެހިލެއްވީތޯ މުނިއަވަސް އިން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ދެން މަސައްކަތްކުރައްވާނީ ކުރީގައި ކުރެއްވި ގޮތަށް މާބޮޑު ސްޓޫޑިއޯއެއް ހަދައި މާގިނަ މަސައްކަތްތަކެއް ނޫން ކަމަށާ މާދުރު ނޫން މުސްތަގުބަލެއްގައި ފިލްމީ ދާއިރާގައި އިތުރު މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
“ތަންކޮޅެއް އިހުގެ، މި ދާއިރާގައި އުޅުނު މީހުންނަކީވެސް މިހާރުވެސް ފާހަގަކުރެވޭ ވަރުގެ މަސައްކަތަކެއް ކުރެވޭވަރުގެ ބައެއްކަން ސާބިތުކޮށްދެވޭ ވަރުގެ މަސައްކަތެއް، އޭރު އަޅުގަނޑާއެއްކޮށް މަސައްކަތްކުރި ބައެއް މީހުންނާ އެކުގަ މަސައްކަތް ކުރަން އަދިވެސް ޚިޔާލުކުރަން. އޭގެ ތެރޭގަ ހަމަ ޢީސަ ވެސް ހިމަނަން ޖެހޭ.” އަސްލަމް އިތުރަށް ވިދާޅުވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!