މޭވާ ތަކުގެ ތެރެއިން މާބޮޑު އަގެއް ނެތް އެއްޗެއް ކަމަށް އަހަރެމެންނަށް ހީކުރެވޭ އެއް މޭވާ އަކީ ދޮންކޭޭލެވެ. ފަސޭހައިން ލިބޭތީ ކަމަށްވެސް ވެދާނެ އެވެ. ނުވަތަ އެހެން މޭވާތަކަށްވުރެން އަގު ހެވީ ކަމަށްވެސް ވެދާނެ އެވެ. ނުވަތަ ދޮންކޭލަކީ މާބޮޑު ފައިދާ ތަކެއް ލިއްބައިދޭ މޭވާއެއްކަން އެނގިފައި ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެހެން ނަމަވެސް ކޮންމެ ދުވަހަކު ހަމަ އެންމެ ދެވައް ދޮންކެޔޮ ކެއުމުން އަހަރެމެންގެ ހަށިގަނޑަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދެ އެވެ. ދޮންކޭލަކީ ގިނަ އަދަދަަކަށް އޭގައި ފައިބަރު ހުންނަ، ފައިދާހުރި ކާނާގެ ބައިތަކާއި މައުދަން ތަކެއް އެކުލެވޭ މޭވާ އެކެވެ. މި ދެންނެވި ކާނާގެ ބައިތަކާއި މައުދަން އަދި ފައިބަރަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި ހަށިގަނޑުގެ އެކިއެކި ގުނަވަންތައް ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި މުހިންމު މާއްދާ ތަކެކެވެ.
އެހެންކަމުން ދޮންކޭލުން ލިބޭ ފައިދާތަކަށް ބަލައިލަމާ ހިނގާށެވެ.
ހަޖަމު ކޮށްދިނުމަށް ފަސޭހަވުން:
ދޮންކޭލަކީ ކާލަން ފަސޭހަ އަދި ފަސޭހައިން ހަޖަމުކޮށްދޭ ކާނާ އެކެވެ. ބަނޑަށް އުނދަގުލެއް ނުކުރާ ކާނާ އެކެވެ. އެހެންކަމުން މިއީ ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތްތައް ބަރާބަރަށް ކުރިއަށް ގެންގޮސްދިނުމަށް އެހީތެރިވެދޭ ކާނާ އެކެވެ.
ލޭގެ ޕްރެޝަރު ދަށް ކޮށްދިނުން:
ދޮންކޭލަކީ އޭގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް އެކުލެވޭ ކާނާ އެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ‘ފްލުއިޑްސް’ ނުވަތަ ދިޔާތަކެތީގެ މިންހެޔޮކޮށްދެ އެވެ. ޕޮޑޭސިއަމްގެ އެހީގައި މިކަން ކޮށްދެނީ ލޭ ހޮޅިތަކުގައި ހުންނަ ދިޔާތަކެތި ބޭރުކޮށްދީގެން ނެވެ. ނަތީޖާއެއްގެ ގޮތުން ލޭގެ ޕްރެޝަރު ދަށް ކޮށްދެ އެވެ.
ޕޮޓޭސިއަމް ގިނަ އަދަދަކަށް އެކުލެވޭ ކާނާ އެއް:
ދޮންކޭލުގައި ހުންނަ ޕޮޓޭސިއަމްގެ ސަބަބުން ހިތުގެ ވިންދު ހުންނަން ޖެހޭ މިންވަރުގައި ހިފަހައްޓައިދެއެވެ. ލޭގެ ޕްރެޝަރު ވެސް ހުންނަން ޖެހޭ މިންވަރުގައި ހިފަހައްޓައިދެ އެވެ. މިކަމުގެ ސަބަބުން ސިކުނޑި އަބަދުވެސް ހުންނާނީ ސަމާލުވެ އެވެ.
ގިނަ އަދަދަކަށް ފައިބަރު އެކުލެވޭ:
އެއްޗެއްސަށް ފަސޭހައިން ގިރިގެެންދާ ފައިބަރާއި ގިރިގެން ނުދާ ފައިބަރު ދޮންކޭލުގައި ހުރެއެވެ. ގިރިގެންދާ ފައިބަރުގެ ސަބަބުން ހަޖަމު ކުރުން ލަސްކޮށްދެ އެވެ. އެހެންކަމުން ބަނޑުހައިވުން ލަސްކޮށްދީ އަބަދުވެސް ކައިގެން ފުރިފައި ހުންނަ ކަމުގެ އިހްސާސް ކޮށްދެއެވެ.
ހިތުގެ ސިއްހަތު
އާއްމުކޮށް ދޮންކެޔޮ ކެއުމުން ހިތުގެ ބަލިތައް ކަމުގައިވާ ކާޑިއޯވަސްކިއުލަރ ބަލިތަކާއި ކޮރޯނަރީ ހިތުގެ ބަލިތައް ޖެހުމުން ދުރުހެލިކޮށްދެ އެވެ.
ލޭ މަދުވުމުގެ ބައްޔާއި ހަނގުރާމަ ކުރޭ:
ލޭމަދުވުމުގެ ބަލި ނުވަތަ އެނީމިއާ ޖެހިފައިވާ މީހުންނަށް ދޮންކޭލަކީ ރަނގަޅު ކާނާ އެކެވެ. ދޮންކޭލުގައި ދަގަނޑުގެ ބައި ގިނައިން ހުރުމުން ރަތަނަ (ހިމޮގްލޮބިން) އުފައްދާ މިންވަރު އިތުރުކޮށްދީ އެނީމިއާ އިން ދުރުހެލިކޮށްދެ އެވެ. އެނީމިއާ ޖެހުމުން ލޭގެ ތެރޭގައި ހުންނަ ރަތް ސެލްތައް މަދުވުމުން ވަރުބަލިވުމާއި، ނޭވާ ކުރުވުން އަދި ހަށިގަނޑު ދޮންފޫޑުވެ އެވެ. މިކަންކަމުން ދުރުހެލިވެ ތިބުމަށް އާދަވެ ދޮންކެޔޮ ކެއުމަކީ ފައިދާ ކުރާނެ ކަމެކެވެ.
ކާނާގެ ބައިތައް އެކުލެވޭ އިންޖީނުގެއެއް:
ދޮންކޭލުގައި ހަށިގަނޑަށް މުހިންމު ކާނާގެ ބައިތަކާއި ވިޓަމިން އާއި ބައެއް މައުދަން ތައް ކަމަށްވާ ޕޮޓޭސިއަމް، މެންގަނީޒް، ކެލްސިއަމް އަދި އެހެނިހެން އުންސުރުތައް ވެސް ހިމެނެ އެވެ. މި މާއްދާ ތަކަކަކީ ކުރިންވެސް ފާހަގަކުރެވު ފަދައިން ދުޅަހެޔޮ ސިއްޙަތެއްގައި ހަށިގަނޑު ބެހެއްޓުމަށް ބޭނުންތެރި މާއްދާ ތަކެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް