ކްލަބްހައުސް ގައި ޑައިރެކްޓް މެސެޖިން (ޑީއެމް)ކޮށްގެން ޗެޓްކުރެވޭ ގޮތް މިމަހުގެ 14ވަނަ ދުވަހު ހަދައިފި އެވެ. މިއީ ހަމަ އެކަނި އޯޑިއޯއިން ޗެޓްކުރެވޭ މި އެޕްލިކޭޝަނަށް އިތުރުކުރި މުހިންމު ފީޗާއެއްކަން ފާހަގަކޮށްލެވެއެވެ. ކްލަބްހައުސްގެ ޑައިރެކްޓް މެސެޖިން ފީޗާއަށް ދީފައިވާ ނަމަކީ ‘ބެކްޗެނަލް’ އެވެ. ކްލަބްހައުސްގައި ކުރިއަށް ގެންދާ ކޮންވަޒޭޝަންތަކުގެ ފުރަގަހުގައި ތިބެ ބެކްޗެނަލް ބޭނުންކޮށްގެން ޗެޓްކޮށްލެވޭނެއެވެ.
ބެކްޗެނަލްގައި ދެމީހުންގެ ދެމެދުގައި ނުވަތަ ގްރޫޕްކޮށްވެސް މެސެޖްކޮށްގެން ޗެޓްކުރެވޭނެއެވެ. މިއީ މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން އިންތިޒާރުކުރަމުން އައި މުހިންމު ފީޗާއެއްކަން ފާހަގަކޮށްލެވެއެވެ. ރޫމެއްގައި ވޮއިސް ޗެޓެއް ކުރިއަށްދާ ވަގުތު، ވޮއިސްޗެޓްގައި ވާހަކަދައްކަން ތިބޭ ފަރާތްތަކުން ލިޔެގެން ޗެޓްކުރެވޭ ފީޗާ ދެ ގޮތަކަށް ބޭނުންކުރެވެއެވެ. އެއީ ދުރާލާ އިންތިޒާމުކޮށްގެންނާއި ވަގުތުންނެވެ. މީގެ އިތުރުން އެހުންތެރިންގެ ތެރެއިން ވާހަކަދައްކަން ޖެހިލުންވާ ފަރާތްތަކުން، ލިޔުމުން ފޮނުވާ ސުވާލުތައް ބަލައިގަތުމުގެ ފުރުޞަތުވެސް މި ފީޗާގައި ވެއެވެ.
My hat? Tipped
My mic? Flashed
My messaging? Direct.After we unintentionally leaked their feature 5 times, here’s our beloved engineering team introducing the new Clubhouse Backchannel 🥰 pic.twitter.com/3bPHeGxQaZ
— Clubhouse (@Clubhouse) July 14, 2021
ކްލަބްހައުސް ބޭނުންކުރާ ފަރާތްތަކުން ބެކްޗެނަލް ބޭނުންކޮށްގެން ލިންކްވެސް ފޮނުވޭނެއެވެ. ނަމަވެސް ފޮޓޯ އާއި ވީޑިއޯ ފޮނުވުމުގެ ފުރުޞަތު އަދި މިހައިތަނަށް ދީފައެއް ނުވެއެވެ. އެހެންނަމަވެސް ކައިރި މުސްތަގުބަލެއްގައި މިފަދަ އައު ފުރުޞަތުތައްވެސް ދޭނެކަމަށް މަޢުލޫމާތު ލިބެއެވެ.
ބެކްޗެނަލް މެސެޖިން ސިސްޓަމްގައި މެސެޖް ރިކުއެސްޓްކުރެވޭ ތަނެއް ހިމެނެއެވެ. އެތަނުގެ ބޭނުމަކީ ނުދަންނަ ފަރާތްތަކުން ފޮނުވާ މެސެޖްތައް ޖަމާކުރުމެވެ. އެ މެސެޖްތައް އަހަރުމެން އެޕްރޫވް ކުރުމުން މެސެޖްކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދެވޭނެއެވެ. ނަމަވެސް އަދި މިހައިތަނަށް ކްލަބްހައުސްގެ ޑައިރެކްޓް މެސެޖިންގެ ފޯކަސް ހުރީ ދަންނަ މީހުންނަށާއި އިތުރަށް ދެނެގަންނަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށެވެ.
ކްލަބްހައުސްގެ ޑައިރެކްޓް މެސެޖިން ސިސްޓަމް ނުވަތަ ބެކްޗެނަލްގެ ޚިދުމަތް މިހާރު އައިއޯއެސް އާއި އެންޑްރޮއިޑް އެޕްލިކޭޝަނަށް ވެސް ލިބޭނެ ކަމަށް ޓެކްކްރަންޗް ވެބްސައިޓްގައި ރިޕޯޓްކޮށްފައި ވެއެވެ. އެގޮތުން ޑީއެމްއެއް ފެށުމަށްޓަކައި މީހާގެ ޕްރޮފައިލްގައި ހިމަނާފައިވާ ޓެލެގްރާމްގައި އެ އިންނަ ވައްތަރުގެ ކަރުދާސް ރޮކެޓަށް ފިއްތާލައިގެން ނުވަތަ އެންޑްރޮއިޑް ފޯނުތަކުން މެއިން ޕްރޮފައިލްގެ ކަނާތުން މައްޗަށް ސްވައިޕްކޮށްލުމުން މި ފީޗާ ލިބޭނެއެވެ.
މި ފީޗާގައި ފާހަގަކޮށްލެވޭ އެއް ކަމެއް އަދި ފާހަގަކޮށްލާނަމެވެ. ފޮނުވާ މެސެޖެއް ޑިލީޓްކުރުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. އެހެންކަމުން ބެކްޗެނަލްގައި މެސެޖް ލިޔާ އިރު ވިސްނުމުގައި މިކަން ބަހައްޓަންވާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!