’ކަޒްމިކް އިންޓަނޭޝަނަލް‘ އާއި ’އައި ފިލްމްސް’ގެ ކުރު ފިލްމު “މަޒްލޫމް” މިއަހަރުގެ ޖުލައި26 ވަނަ ދުވަހު ބަސްކޯފުގައި ޕްރިމިއާކުރަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ‘ކަޒްމިކް އިންޓަނޭޝަނަލް’ އިން ރޭ އާއްމުކޮށްފައިވާ “މަޒްލޫމް”ގެ ޓްރެއިލަރގައެވެ.

އާއްމުކޮށްފައިވާ “މަޒްލޫމް”ގެ ޓްރެއިލަރ އިން ގިނަ ކަންތައްތަކެއް ފެނިގެންދެއެވެ. މިއީ ފިލްމު “ބަވަތި” އަދި “ނީނާާ”ގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރި ހުނަރުވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ކުރު ފިލްމެކެވެ. ފިލްމުގެ ދިގުމިނުގައި45 ވަރަކަށް މިނެޓް ހުންނާނެ ކަމަށް ‘ކަޒްމިކް އިންޓަނޭޝަނަލް” އިން ބުނެއެވެ.

”މަޒްލޫމް“ގެ ކާސްޓުގައި ހިމެނެނީ ’އައި ފިލްމްސް’ގެ ފުރަތަމަ ފިލްމު ”ބަވަތި“ އިން ހުނަރުވެރި އެކްޓިން އެއް ދެއްކި އެ ފިލްމުގެ ލީޑް ނުޒުހަތު ޝުޢައިބް އާއި އިފްނާޒްގެ އިތުރުން ’އައި ފިލްމްސް’ގެ ދެވަނަ ފިލްމު ”ނީނާ”ގެ ލީޑުން ފެނިގެންދާ ޝަރަފް ޢަބްދުﷲ އާއި މިހާރު ކުރިއަރަމުން އަންނަ ހުނަރުވެރި އެކްޓްރެސް ވާޝިޔާ މުޙައްމަދު (ޝިޔާ)ގެ އިތުރުން ވެބް ސީރީޒް ”އެހެނަސް“ އިން ތަޢާރަފްވި އަޙްމަދު ޝާރިފް އެވެ.

ކުރު ފިލްމު ”މަޒްލޫމް“ގެ މަސައްކަތަކުގެ ފަހަތުގައި ތިބީ ފިލްމު ”ބަވަތި“ އާއި ”ނީނާ”ގެ ފުރިހަމަ މަސައްކަތްތައް ކުރި ހުނަރުވެރި ޓީމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.