ދިވެހިބަހާއި ސިންގަޅަ ބަހަކީ ވަރަށް އެއްގޮތް ސިފަތަކެއް ހުންނަ ދެ ބަހެކެވެ. ސިންގަޅަ ބަހުން ކިޔާފައި ހުންނަ ލަވަތައް ދިވެހީންނަށް އަބަދުވެސް ކަމުދެއެވެ. ދިވެހީންގެ ހިތްތަކާ ނިކަން ރަނގަޅަށް ކުޅެލާފައިވާ ލަވަ “މެނިކޭ މަގޭ ހިތޭ” އަކީ މިއުޒިކް އަޑުއަހާ މީހުންގެ ހިޓް ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއް ލަވައެވެ.

ދިވެހީންނަށް މި ލަވަ މިހާ ބޮޑަށް ކަމުދިޔަ އިރު، ސިންގަޅަ ބަހުގެ އަހުލުވެރިންނަށް ހަމަ ގައިމުވެސް މި ލަވަ މާބޮޑަށްވެސް ކަމުދާނެއެވެ. މި ލަވައަށް ލިބެމުން އަންނަ ތަރުހީބުން އެކަން މާ ރަނގަޅަށްވެސް އެނގެއެވެ. “މެނިކޭ މަގޭ ހިތޭ”ގެ ރަސްމީ ކަވަރ ލަވަ ބެލި މީހުންގެ އަދަދު މިހާރު މިވަނީ 10 މިލިޔަނަށް ވުރެން މައްޗަށް އަރާފައެވެ. މިއަދު (24 ޖުލައި 2021ގެ 05:00 އާ ހަމައަށް) ދިހަ މިލިޔަން، އަށްސަތޭކަ ފަންސާސް އެއްހާސް ހަތަރުސަތޭކަ ފަނަރަ (10,851,415) ވަނީ އަރާފައެވެ. އާޓިކަލް ލިޔަން ފެށިއިރު (04:40ގައި) އެ އަދަދު ހުރީ 10,847,69 ގައެވެ.

“މެނިކޭ މަގޭ ހިތޭ” ކިޔާފައިވަނީ ސްރީލަންކާގެ ލަވަކިޔުންތެރިއާ އަދި މިއުޒިކް ޕްރޮޑިއުސަރ ޔޮހާނީ އެވެ. އުމުރުން 27 އަހަރުގެ ޔޮހާނީ ސިންގަޅަބަހުން ކިޔާފައިވާ “މެނިކޭ މަގޭ ހިތޭ” ލަވައިގެ އޮރިޖިނަލް ލަވަ ރިލީޒްކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ލަވަ ކިޔާފައިވަނީ ސަތީޝާން އެވެ. ޝަތީޝާންގެ ލަވައަށް މިފަހަކުން ބޮޑު ތަރުހީބެއް ލިބިގެންދިޔައީ، މި ލަވައަށް ޔޮހާނީ ކިޔި ކަވަރގެ ސަބަބުންނެވެ.

ރެޕް ލަވަ ކިޔުމަށް މަޝްހޫރު ޔޮހާނީ ކިޔާފައިވާ “މެނިކޭ މަގޭ ހިތޭ” ޔޫޓިއުބަށް ރިލީޒްކުރީ 22 މެއި 2021ގައެވެ.

މެނިކޭ މަގޭ ހިތޭ މުދުއޭ ނުރާ ހެނގުން ޔާވީ، އެވިލޭވީ
ނެރިޔޭ ނުނބޭ ނަގޭ މަގެނެއްނެހާ މެހާ ޔާވީ، ސިހިވޭވީ
މާ، ހިތަ ލަނގަމަ ދެވަޓެނާ ހުރު ޕެމެކަ ޕެޓެލެނާ
ރުވަ ނާރީ މަނަހާރީ ސުކްމާލި ނުބަ ތަމާ
ހިތަ ލަނގަމަ ދެވަޓެނާ ހުރު ޕެމެކަ ޕެޓެލެނާ
ރުވަ ނާރީ މަނަހާރީ ސުކްމާލި ނުބަ ތަމާ
މެނިކޭ މަގޭ ހިތޭ

އިޓިން އެޕަ މަޓަނަމް ވަންގު
ގަތެ ހިތަ ނުނބަ މަގެމަ ހެންގު
އަލެ ނުބަޓަމަ ވަލަންގު
މެނިކެ ވެނެޕަ ތަވަ ސުނަންގު
ގަމެ ކަޓަކަރަމަ ކެއްލަ
ހިތަ ވެލަ ނުބަ ރުވަތަ ބިއްލަ
ނެޓިން ނެތަ ގަތަމަ އައްލަ
މަގެ ހިތަމަ ނެހަ މަޓަމަ މެއްލަ
ކެލެ ކެލެ ވެލަ މަގެ ހިތަ ޕައްތު ވެނަ ވަތަޓަވިކަ
ކިއްޓު މަޓަ ޕިއްސު ތަދަ ވެނަވިދިޔަޓަ ގެއްސު އޮޔަ ދުނަ އިނގިޔަޓަ
މައްތަު ބަމްބަރެކި މަމަ ތަޓު، އިއްސު އޮޔަ ވަޓަކަރަގެނަ
ރެއްސު ރޮއްތެއް ހިތަ އަރަ ގައްތު ބަމްބަރާ

މާ، ހިތަ ލަނގަމަ ދެވަޓެނާ ހުރު ޕެމެކަ ޕެޓެލެނާ
ރުވަ ނާރީ މަނަހާރީ ސުކްމާލި ނުބަ ތަމާ
ހިތަ ލަނގަމަ ދެވަޓެނާ ހުރު ޕެމެކަ ޕެޓެލެނާ
ރުވަ ނާރީ މަނަހާރީ ސުކްމާލި ނުބަ ތަމާ
މެނިކޭ މަގޭ ހިތޭ މުދުއޭ ނުރާ ހެނގުން ޔާވީ، އެވިލޭވީ
ނެރިޔޭ ނުނބޭ ނަގޭ މަގެނެއްނެހާ މެހާ ޔާވީ، ސިހިވޭވީ
މާ، ހިތަ ލަނގަމަ ދެވަޓެނާ ހުރު ޕެމެކަ ޕެޓެލެނާ
ރުވަ ނާރީ މަނަހާރީ ސުކްމާލި ނުބަ ތަމާ
ހިތަ ލަނގަމަ ދެވަޓެނާ ހުރު ޕެމެކަ ޕެޓެލެނާ
ރުވަ ނާރީ މަނަހާރީ ސުކްމާލި ނުބަ ތަމާ
މެނިކޭ މަގޭ ހިތޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.