ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގަރ ޝްރޮފް ގެ ފިލްމު “ގަނަޕަތު” ގެ ޝޫޓިންގ އަންނަ ސެޕްޓެމްބަރުގައި ފަށަން ހަމަޖެހިއްޖެއެވެ.

ފިލްމުގެ ޝޫޓިންގ އިންޑިއާގެ މުމްބާއީގައި ސެޕްޓެމްބަރު މަހު ފެށިގެންދާއިރު، ފިލްމުގައި ޓައިގަރ އާއެކު ފެނިގެންދާނީ 2014 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި އެކްޓްރެސް، ކްރިތީ ސެނަން ކަމަށް ބޭރުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބެއެވެ.

“ގަނަޕަތު” އަކީ މިދިޔަ އަހަރު ވަރުން ދަވަން އާައި ސާރާ އަލީ ޚާންގެ ‘ކޫލީ ނަންބަރު 1’ ގެނެސްދިން ކުންފުނި ކަމަށްވާ ވާޝޫ ބަގްނާނީއާއި ޕޫޖާ އެންޓަރޓެއިންމެންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް މުމްބާއީގެ އިތުރުން ލަންޑަން، އަދި ޔޫރަޕުގެ ބައެއް ޤައުމުތަކުގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ޓަގައިރގެ ‘ހީރޯޕަންތީ 2’ ގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ‘ބާގީ 4’ އާއި ‘ރާމްބޯ’ ގެ މަސައްކަތް ވެސް ކުރިއަށް އެބައޮތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.