އަކްޝޭ ކުމާރުގެ ފިލްމު “ބެލްބޮޓަމް”ގެ ޓްރެއިލަރ މިއަދު ބެލުންތެރިންނަށް ދައްކާލައިފި އެވެ. އިނގިރޭސިވިލާތުގައި ހުރިހާ މަންޒަރެއް ނެގި މި ފިލްމަކީ ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ ފިލްމެކެވެ.

ޕޫޖާ އެންޓަރޓެއިންމެންޓް އަދި އެންމޭ އެންޓަރޓެއިންމެންޓްގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ މި ފިލްމުގައި އަކްޝޭގެ އިތުރުން ވާނީ ކަޕޫރާއި ލާރާ ދައްތާ އާއި، ހުމާ ޤުރޭޝީ ފެނިގެން ދާނެއެވެ.

އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ’އަތުރަންގީ ރޭ‘ އާއި ’ޕްރިތުވިރާޖް‘ އަދި ’ބައްޗަން ޕާންޑޭ‘ ގެ އިތުރުން ’ބަންދަން‘ ހިމެނެއެވެ. އަކްޝޭގެ މިފިލްމު ވެގެންދާނީ މިއަހަރު ރިލީޒް ކުރާނެ އޭނާގެ ފުރަތަމަ ފިލްމު ކަމުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.