މުނިއަވަސް އިން ކްލަބްހައުސް މެެދުވެރިކޮށް ގެނެސްދޭން ފަށާފައިވާ ޕްރޮގްރާމްތަކަށް ބަދަލެއް ގެނެސް، ބައެއް ޕްްރޮގްރާމްތައް އިތުރުކުރުމަށް ނިންމައިފިއެވެ.

މުނިއަވަސް އިން މިހާރު ރާވާލާފައިވާ ޕްރޮގްރާމްތަކުގެ ތެރެއަށް އެހުންތެރިންގެ ޚިޔާލާއި މަޝްވަރާ ހިމަނައިގެން، އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައި ގެނެސްދިނުމަށްވެސް އަޅުގަނޑުމެން ވިސްނަމުންދާކަން މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ. މީގެ އިތުރުން މުނިއަވަސްގެ ޕްރޮގްރާމްތައް ހުށައެޅުމަށް ބޭނުންވާ ފަރާތްތަކަށްވެސް އާއްމުކޮށް އެ ފުރުޞަތު ހުޅުވައިލެވިފައިވެއެވެ.

މުނިއަވަސް ކްލަބްްހައުސް ޕްރޮގްރާމް ގައިޑް

🖐️ ހަފުތާގެ ކޮންމެ ބުދަ ދުވަހަކު 1300-1400 އަށް “ވާހަކައިން ވާހަކަ” – ކުރު ވާހަކައެއް ހުށައެޅުމަށްފަހު ވާހަކައަށް ބިނާކުރަނިވި ފާޑުކިޔައި ޚިޔާލު ދިނުން. މި ޕްރޮގްރާމުގައި ވާހަކަ ހުށައެޅުމުގެ ފުރުޞަތު، ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އާއްމުކޮށް ހުޅުވައިލެވިފައިވެއެވެ.

– ޕްރޮގްރާމްގެ މެއިން ހޯސްޓަކީ: ޚަދީޖަތު ސަނާ (ސަންނު)

🖐️ ބައެއް ދުވަސްދުވަހު 1600-1800 އަށް “ކޮން ލަވައެއް” – ދިވެހި، އިނގިރޭސި، ހިންދީ އަދި ސިންގަޅަ ލަވަ ރިކްއެސްޓް، އޯޑިއަންސްގެ ބައިވެރިވުމާއެކު ގައެވެ.

– ޕްރޮގްރާމްގެ މެއިން ހޯސްޓަކީ: ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އަދި އަޙްމަދު ރަޝީދު

🖐️ ކޮންމެ ރެއަކު 2030-2130 އަށް “މުނިއަވަސް ޚަބަރު / ކޯދު” – މުނިއަވަސް ޑޮޓް ކޮމް ގައި އެދުވަހަކު ޝާއިޢުކޮށްފައިވާ ޚަބަރުތައް، މުނިއަވަސްގެ ޚަބަރުކިޔުންތެރިއެއްގެ އަޑުން ހުށައަޅާނެއެވެ. އެއަށްފަހު، ފިލްްމީ އަދި މިއުޒިކީ ދާއިރާގެ އިތުރުން ފަންނުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުންނާއި އޯޑިއަންސަށްވެސް ބައިވެރިވެވޭ ގޮތަށް ‘ކޯދު’ ސެގްމެންޓްގެ ގޮތުގައި ޓޯކްޝޯވ އެއް ކުރިއަށް ގެންދެވޭނެއެވެ.

– ޕްރޮގްރާމްގެ މެއިން ހޯސްޓަކީ: ޢީސާ ޝަރީފް، މުޙައްމަދު އަފްރާހް، އަޙްމަދު ރަޝީދު
– ޚަބަރު ކިޔުންތެރިން: ޚަދީޖަތު ސަނާ (ސަންނު)، ނާޢިމް ޢަލީ، އަޙްމަދު ރަޝީދު

🖐️ ކޮންމެ ރެއަކު 2130-2230 އަށް “ޅެން ހެދޭނެ” – މިއީ ޅެން ހެދުމުގައި ބޭނުންވާ އާއްމު މަޢުލޫމާތުތައް އޮޅުންފިލުވުމަށާއި އެހުންތެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޕްރްގްރާމުގެ މެއިން ހޯސްޓަކީ އީސާ އޮންލައިން ޕޮއެޓްރީގެ ފަރާތުން އީސާ ޝަރީފްއެވެ. މީގެ އިތުރުން ޅެންވެރިންގެ ތެރެއިން އިތުރު ބޭފުޅުންވެސް ބައިވެރިވެލައްވާނެއެވެ.

– ޕްރޮގްރާމްގެ މެއިން ހޯސްޓަކީ: ޢީސާ ޝަރީފް، މުޙައްމަދު އަފްރާހް، އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.