އޭޝިއާގެ ޤައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބާއްވަން ދިވެހިރާއްޖެއިން ކުރި ބިޑް ކާމިޔާބުކޮށްފިއެވެ.

ނޭޕާލާ ވާދަކޮށް ދިވެހިރާއްޖެއިން މި ބިޑް ކާމިޔާބު ކޮށްފައިވާއިރު މި މުބާރާތް ކުރިއަށް ދާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 01 އާއި 13 އާ ދެމެދެވެ.

ދިވެހިރާއްޖެއަށް މުބާރާތް ބޭއްވުމުގެ ފުރުޞަތު ލިބުނުކަން ޔަޤީންވީ މިމަހުގެ 09 ވަނަ ދުވަހު ކުރިއަށް ދިޔަ ސާފް މެމްބަރު ޤައުމުތަކުގެ ބައްދަލުވުމުގައެވެ. ނޭޕާލަށްވުރެ ބޮޑަށް ދިވެހިރާއްޖެއަށް ފުރުަޞަތު ފަހިވީ މިވަޤުތު ކޮވިޑް-19 ގެ ޙާލަތު ނޭޭޕާލަށްވުރެ ދިވެހިރާއްޖޭގައި ރަނގަޅުވީމައެވެ.

މިއީ މި މުބާރާތް ދިވެހިރާއްޖޭގައި އެކަނި ހޯސްޓުކުރާ ފުރަތަމަ ފަހަރެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި މުބާރާތް ބާއްވަން ނިންމި ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ލަސްވެގެން ދިޔަ މި މުބާރާތް ދިވެހިރާއްޖެއަށް ހޯސްޓުކުރަން ލިބުމާއެކު މިއަހަރު ދިވެހިރާއްޖޭގައި ބައިނަލްއަޤުވާމީ 02 މުބާރާތެއް އޮންނާނެއެވެ. އެއީ އޮކްޓޫބަރު މަހު ބާއްވަން ހަމަޖެހިފައި އޮތް ސާފް ޗެމްޕިއަންޝިޕާއި މިމަހު ބާއްވަން ހަމަޖެހިފަައިވާ އޭ.އެފް.ސީ ކަޕެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.