އަލަށް ކަމެއް ފެށުމަކީ ވަރަށް އެހެންކަހަލަ އިހްސާސްތަކެއް ކުރެވޭ ކަމެކެވެ. ދިރާސީ އާ އަހަރަކާއި ކުރިމަތިލާއިރު އެފަދަ އިހްސާސް ތަކެއް ކުރެވޭ ހެއްޔެވެ؟ ޔަޤީނުންވެސް ކުރެވޭނެ އެވެ. އުއްމީދުކުރާ އެތައް ކަންތައްތަކެއް ހުންނާނެ އެވެ. ދިރާާސީ އާ އަހަރާއިއެކު އާ ފުރުޞަތު ތަކެއްވެސް ލިބޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންކަމުން އެފަދަ ކަންތައްތައް ޙާޞިލް ކުރުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. މި ފެށުނު ދިރާސީ އާ އަހަރަކީ ކާމިޔާބާއި ބާއްޖަވެރިކަމުގެ އަހަރަކަށް ހަދަމާ ހިނގާށެވެ.

ޝައުގުވެރިކަމާއި އެކު އުނގެނޭ އުފެއްދުންތެރި އަހަރަކަށް މިއަހަރު ހެދުމަށްޓަކައި، މި ކިޔައިދޭ ކަންތައްތައް ކޮށްލުން ކިހިނެތްވާނެ ހެއްޔެވެ؟ މިއީ ކާމިޔާބު ދަރިވަރުންނާއި މުދައްރިސުން ވެސް މިކަންތައް ތަކަށް އެއްބަސްވެފައިވާ ކަންތައްތަކެކެވެ. ބޭނުންތެރި ކަންތައްތަކެކެވެ. މި ދިރާސީ އަހަރަކީ ހަނދާނުން ފިލުވައިނުލެވޭނެ ފަދަ ކާމިޔާބު އަހަރަކަށް ހެދޭނެ ކަންތައްތަކެކެވެ.

1- ޕްލޭންކޮށް ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާށެވެ.

ކުރުމުއްދަތުގެ ލަނދުދަނޑިތަކާއި ދިގުމުއްދަތުގެ ލަނޑުދަނޑިތައް ކަނޑައަޅާށެވެ. މި ކުދިކުދި ފިޔަވަޅުތަކުން، ރަނގަޅަށް މަސައްކަތް ކުރެވި ރަނގަޅު ނަތީޖާ އަކާާއި ހަމައަށް ފަސޭހަކަމާއެކު ވާޞިލް ވެވޭނެ އެވެ.

ކުރިއަށް ރޭވުމަކީ ނުވަތަ ޕްލޭން ކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް މިއީ އެހައި މުހިންމު ކަމެއްކަމަށް ނުދެކި ގިނަ ފަހަރަށް ނުކޮށް ދޫކޮށްލެވޭ ކަމެކެވެ. ޕްލޭންކުރުމުގެ މުހިންމު ހަރުފަތް ދޫކޮށްލުމަކީ ހެދޭ ބޮޑު ގޯހެކެވެ. އަހަރެމެންގެ އުފެއްދުންތެރިކަމާއި ކާމިޔާބީތައް ޕްްލޭން ކުރުމާއި ގުޅިލާމެހިފައިވަނީ ކިހާވަރަކަށްތޯ ބެލިދާނެ އެވެ. ހަފުތާ އެއްގައި ކުރާނެ ކަންތައްތައް ދުރާލައި ރޭވުމަކީ ރަނގަޅު ގޮތެކެވެ. ދުވަހަށް ކަންތައްތައް ރޭވުމުން އޮންނާނީ ކުރެވޭ ފަހަރާއި ނުކުރެވޭ ފަހަރު އައިސްފަ އެވެ. ނަމަވެސް މުޅި ހަފުތާގެ ދުވަސްތަކަށް ބަހާލައިގެން ކަންކަން ރޭވުމުން އެދެވޭ ނަތީޖާ އެއް ނިކުންނާނެ އެވެ.

ދެހަފުތާގެ ޕްލޭނެއް ރާވާލައި އަޖުމަ ބަލައިލެވިދާނެ އެވެ. ނަމަވެސް ފުރަތަމަ ހަފުތާއަށް އެއްވެސް ކަމެއް ޕްލޭން ނުކުރާށެވެ. ފުރަތަމަ ހަފުތާ އަކީ ކަންތައްތައް ހަމައަކަށް އެޅުވުމަށް ވަގުތުދޭ ހަފުތާއެއްގެ ގޮތުގައި ދޫކޮށްލާށެވެ. ނަމަވެސް ޖެހިގެން އަންނަ ހަފުތާއަށް ދުރާލައި ކުރަންވީ ކަންްތައްތައް ރާވާލާށެވެ. އިހަށް ކުރަންޖެހޭ ކަންކަމަށް އިސްކަންދީ ކަންކަން ނިންމާނެ ސުންްގަޑިއެއް ވެސް ކަނޑައަޅާށެވެ. ތަފާތު ފެނިގެންދާނެ އެވެ.

2- ވަގުތަށް ކަންކަންް ކޮށް ނިންމުމުގެ ހުނަރު އަށަގެންނެވުމަށް މަސައްކަތް ކުރާށެވެ.

ކަންކަން ރާވާލައިގެން ކުރިއަށް ގެންދިއުމަކީ ކިޔަވާކުއްޖެއްގެ ކިބައިގައި އަށަގަންނުވަން ޖެހޭ މުހިންމު ސިފައެކެވެ. ފަހަށް ކަންކަން ބެހެއްޓުމަކީ ކިޔަަވާކުދިންނަށް އެޅޭ އެންމެ ބޮޑު ޅައެއްޗެވެ. އެހެންކަމުން ދިރާސީ އާ އަހަރެއް ފެށޭ ވަގުތަކީ މި ނޭދެވޭ އާދައިން ދުރުހެލިވުމަށް އޮޮތް އެންމެ ރަނގަޅު ވަގުތެވެ. ވޭތިވެދިޔަ ދިގު ޗުއްޓީ ތެރޭގައި ހިތަށް އެރިހައި ގޮތަކަށް ވަގުތުތައް ހޭދަކުރެވިއްޖެ ނޫންހެއްޔެވެ؟ އެހެންކަމުން މިވަގުތަކީ ކަންކަން ރާާވާލައިގެން ގަޑިންގަޑިއަށް ކުރުމަށް މަސައްކަތްކުރަން ފަށަންވީ ވަގުތެވެ.

ވަގުތަށް ކަންކަންް ކޮށް ނިންމުމުގެ ހުނަރަކީ މިވަގުތުން ފެށިގެން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަންތަކެވެ. މިކަަމަށްޓަކައިވެސް ކޮންމެވެސް ވަަރެއްގެ މަސައްކަތަަކާއި ވަގުތު ހޭދަވާނެ އެވެ. ހަނދާންކުރާށެވެ. ހެޔޮގޮތުގައި ވަގުތު ބޭނުންކުރަން ނޭނގޭ ނަމަ ކިޔެވުމަކީ ބުރަ ކަމެކެވެ.

3- އުނގެނުމުގެ މާާހައުލު ރަނގަޅަށް ތަރުތީބުކުރުމާއި ބޭނުންވާނެ މުހިންމު އެއްޗެހި ހޯދާށެވެ.

ދިވެހި ބެލެނިވެރިންނަކީ އަބަދުވެސް ނަމޫނާ ދައްކާ ބައެކެވެ. ކޮންމެ ބެލެނިވެރިއެއްވެސް ދިރާސީ އާ އަހަރު ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާނެ ހުރިހައި އެއްޗެއް ހުންނާނީ ހަމަކޮށްފަ އެވެ. އެހެންކަމުން ގޭގައި ފިލާވަޅު ހަދަން ފަށާފައި ނުވަތަ ފިލާވަޅު ކިޔަން ފަށާފައި އެހެން ދިމާއަކަށް އެއްޗެއް ހޯދަން ދާންޖެހުމަކީ ދުރު ކަމެކެވެ. އެހެންކަމުން ގޭގައި ކިޔަވަން އިންނަ މާހައުލަކީ ރަނގަޅަށް ތަރުތީބު ކުރެވިފައިވާ މާހައުލަކަށް ހެދުމަކީ މުހިންމު ކަމެކެވެ. އޭރުން ވަަރަށް އަރާމާއި އެކުގައި ކިޔެވުމަށް ވަގުތު ހޭދަކުރެވޭނެ އެވެ. އާނއެކެވެ. ދަރިވަރުން މަސައްކަތްކުރާ މާހައުލާއި ކިޔަވަން ތިބެެން އެންމެ އެދެވޭ މާހައުލަކީ ތަފާތު ދެ ތަނަކަށް ވެދާނެ އެވެ. މިސާލަކަށް ޕްރޮޖެކްޓް މަސައްކަތެއް ކުރަން ނުވަތަ އެސައިންމެންޓެއް ހަދަންް ލެޕްޓޮޕް ހިފައިގެން މޭޒުދޮށުގައި އިނުމުގެ ބަދަލުގައި ބައެއް ދަރިވަރުންނަށް އެކުދިންގެ އެނދުވެސް މާ ފަސޭހަ ވެދާނެ އެވެ. މިފަދަ ގޮތެއް ވެއްޖެނަމަ، މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހަައި ސާމާނެއް އެނދާއި ކައިރީގައި، ފަސޭހައިން އަތުޖެހޭ ހިސާބުގައި ބަހައްޓަންވާނެ އެވެ.

4- ވިސްނާފިކުރު ކުރުމާއި އަމަލީ މަސައްކަތް ގުޅުވާށެވެ.

ގިނަ ދަރިވަރުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެކެވެ. އަނެއްބައި ކުދިންނަކީ ކުޅިވަރަށް ލޯބި ނުކުރާ ބައެކެވެ. އުނގުނުމުގައި ސިކުނޑީގެ މަސައްކަތް މާބޮޑަށް ބޭނުންކުރަން ޖެހޭނަމަ، ހަށިގަނޑުގެ ބޭނުންކުރަން ޖެހޭ ކޮންމެވެސް ކަހަލަ ކަމެއް ކޮށްލާށެވެ. ހަމައެކަނި ވިސްނާފިކުރު ކުރުން ގެންގުޅޭނަމަ ނުވަތަ ހަށިގަނޑު ބޭނުންކޮށްގެން ކިޔެވުމުގެ ކަންތައްތައް ކުރިއަށް ގެންދަން އުޅުމަކީ ބެލެންސް ކެޓުމުގެ ބިރު އޮންނަ ކަަމެކެވެ. އެހެނީ ކިޔެވުމަކީވެސް ސިއްޙަތާއި ގުޅިފައިވާ ކަމެކެވެ. ކުޅިވަރެއް ނުކުޅޭ ދަރިވަރުންވެސް ކޮންމެވެސް ކުޅިވަރެއްގައި ނުވަތަ ކަސްރަތު ކުރުންފަދަ ކަަމެއްގައި ނަމަވެސް ބައިވެރިވާށެެވެ.

5- މުދައްރިސުންނާއި ކުލާސް ކުދިންގެ ފަރާާތުން އެހީ ހޯދާށެވެ.

އެހެން މީހެއްގެ ކިބައިން އެހީއަކަށް އެދުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. ނޭނގޭ ކަންކަން އަހައި އޮޅުންފިލުވައި އެހީއަށް އެދުމަށް ޖެހިލުން ނުވާށެވެ. ހުރިހައި ދަރިވަރުންވެސް ޙާސިލްކުރުމަށް މަސައްކަތް ކުރާނީ އެއް ލަަނޑުދަނޑިއެކެވެ. ރަނގަޅަށް ކިޔަވައި މޮޅުވުމަށެވެ. ރަހުމަތްތެރިންގެ ފަަރާތުން އެހީ ހޯދުމާއި އެހީތެރިކަން ދިނުމަކީ ރަނގަޅު ކަމެކެވެ. މުދައްރިސުންގެ ކިބައިންވެސް އެހީތެރިކަން ހޯދުމަށް ފަސްނުޖެހޭށެވެ. ގިނަގިނައިން ސުވާލުކުރުމަކީ މުދައްރިސުން އުފާވާނެ ކަމެކެވެ.

6- އާާ ރަހުމަތްތެރިން ހޯދަން ޖެހިލުންނުވާށެވެ.

ލަދުރަކިކަން ހުންނަ ނަމަ އާ ރަހުމަތްތެރިން ހޯދުމަކީ ފަސޭހަކަަމަކަށް ނުވާނެ އެވެ. ސްކޫލްގެ ކުލަބު ޖަމިއްޔާާ ތަކާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވުން ގިނަކުރާށެވެ. ޝައުގުވެރިކަން ހުންނަ ހަރަކާތްތަކުގައި ބައިވެރިވާށެވެ. އެއް ކަމަކަށް ޝައުގުވެރިކަން ހުންނަ ކުދިންނާއި ގުޅުންބަދަހިކުރުމަށް ފަސޭހަވާނެ އެވެ. އެފަދަ ކުދިންނާއި ވާހަކަދައްކަން ފަށަން ފަސޭހަވާނެ އެވެ.

7- އާ ކަމެއް ކުރުމަށް މަސައްކަތް ކުރާށެވެ.

ޝައުގުވެރިކަން ހުންނަ ބައިވަރު ކަންތައްތައް ހުރޭދޯ އެވެ! އެހެން މީހުންނަށް އެހީވާށެވެ. ހިލޭސާބަހަށް މަސައްކަތް ކުރަން ފަށާށެވެ. ދަށް ކުދިންނަށް ޓިއުޝަން ދޭށެވެ. ނުވަތަ ހުސްވަގުތުގައި ކޮންމެވެސް ޕާޓް ޓައިމް ވަޒީފާއެއް އަދާކުރާށެވެ. ފުރުސަތު ހޯދަން އުޅޭ މީހަކަށް ހިޔަހާސް ފުރުސަތު އޮންނާނީ ހުޅުވިފަ އެވެ.

8- ހާސްކަން ފިލުވުމަށް އަމިއްލައަށް ކަންތައްތަކެއް ތަރައްގީކުރުން

ހާސްކަން ފިލުވައި ހަމަޖެހޭ ދިރިއުޅުމެއް ހޯދުމަކީ މުހިންމު ކަމެކެވެ. ހާސްކަން ފިލުވައި ހިތްފަސޭހަކަަމާއެކު ދިރިއުޅުމަށްޓަކައި އެކި މީހުން އިޚްތިޔާރު ކުރާނީ އެކިގޮތެވެ. ފަސްވަގުތު ނާޅައި ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި ޒިކުރުތައް ކިޔުން އާދަކުރާށެވެ. ކުޅިވަރު ކުޅުމާާއި، ރޭގަނޑުގެ ނިދި ހަމަކުރުމާއި، ސްކޫލް ނިމިގެން ރައްޓެހިންނާާއި ބައްދަލުކުރުމާއި ޓީވީ ސީރީޒެއް ބަލައިލުންފަދަ ކަންކަން ކޮށްލެވިދާނެ އެވެ. އެންމެ މުހިންމު ކަމަކީ ހާސްވުމާއި ކަންބޮޑުވުން ފިލުވައިލުމެވެ. އެހެން ނޫންނަމަ ޑިޕްރެޝަން އަށް ހިނގައިދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.