ތެލުގޫ އަދި ހިންދީ ފިލްމުތަކުގައި ގިނައިން މަސައްކަތްކުރާ ޕޫޖާ ހެގްޅޭއަކީ މިހާރު ހުރި އެންމެ ބިޒީ ބަތަލާއިންގެ ތެރެއިން އެކަކެވެ. ފިލްމަކަށްފަހު ފިލްމެއްގެ ޝޫޓިންއަށް އެކި ތަންތަނަށް ދަތުރުކުރާ ޕޫޖާގެ ވާހަކަ އަނެއްކާވެސް މިވަނީ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފައެވެ. އޭނާގެ ކޮންމެ ފިލްމަކުން ޖާދޫ ދައްކަމުން އަންނަ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ އޮފީސް ކައިރިން ޕޫޖާ ފެނުމާއެކު އޭނާ ބަންސާލީގެ ފިލްމަކަށް ސޮއިކުރާކަމުގެ އަޑު ވަނީ ގަދަވެފައެވެ.
އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫހެއްގައި ބުނެފައިވާ ގޮތުގައި ޕޫޖާގެ ކޮންމެ ދުވަހެއް ނިމިގެންދަނީ ޝޫޓިންގއެއް ނުވަތަ ކޮންމެވެސް ފިލްމީ މީހަކާއި ބައްދަލުކުރުމުގައި ކަމަށެވެ. ތަމަޅަ ފިލްމު “ބީސްޓް”ގެ ޝޫޓިންގއަށް ޗެންނާއީއަށް ފުރުމުގެ ދެ ދުވަހެއް ކުރިން ބަންސާލީގެ އޮފީހުގައި 2 ގަޑިއިރުގެ ބައްދަލުވުމެއް ބޭއްވިކަމަށް ރިޕޯޓުކޮށްފައިވެއެވެ. ޗެންނާއީގައި ހަފުތާއެއް ވަންދެން ޝޫޓުކޮށްފައި ތެލުގޫ ފިލްމު “އަޗާރިޔާ”ގެ ޝޫޓިންގއަށް ހައިދަރްއާބާދަށް ޕޫޖާ ފުރާނެކަމަށްވެއެވެ. އެ ދޭތެރެއިން މުމްބާއީއަށް ގޮސް ކުރަންޖެހޭ ބައެއް ކަންކަން ކޮށްލަން އެއް ދުވަހުގެ ޗުއްޓީއެއް ނަގާނެކަމަށްވެސް ބުނެފައިވެއެވެ.
ބަންސާލީގެ އޮފީހުގައި އޮތް ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވާއިރު އޭގެ ޙަޤީޤަތެއް ހޯދުމަށް އަދި ޖެހޭނީ އިންތިޒާރެއް ކޮށްލާށެވެ. 2016 ވަނަ އަހަރު “މޮހެންޖޯ ދާރޯ” އިން ބޮލީވުޑަށް ތަޢާރަފުވި ޕޫޖާގެ ކުރިއަށްވެސް ޝައުޤުވެރި ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ސަލްމާން ޚާންއާއެކު ކުޅޭ “ބައިޖާން”، ރަންވީރް ސިންގއާއެކު ކުޅޭ “ސާކަސް”، ޕްރަބާސްއާއެކު ކުޅޭ “ރާދޭ ޝިޔާމް”، ވިޖޭއާއެކު ކުޅޭ “ބީސްޓް”، ރާމް ޗަރަންއާއެކު ކުޅޭ “އަޗާރިޔާ” އަދި އެއްކޮށް މަސައްކަތް ނިމިފައި އޮތް “މޯސްޓް އެލިޖިބްލް ބެޗްލަރ” ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”