“ހިލޭ، ޅެން ކިޔަވަމާ! – ވިތު ޢީސާ” ގެ ނަމުގައި މުނިއަވަސް އިން ކްލަބްހައުސް މެދުވެރިކޮށް އޯގަސްޓް 12 އިން 16އަށް ކުރިއަށް ގެންދިޔަ ޅެން ކޯހުގެ ދެވަނަ ބުރު މިމަހު 22ގައި ފެށުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމުގައި ޅެން ހަދަން ދަސްކޮށްދިނުމުގެ ހުނަރުތައް އުނގަންނައިދެނީ ހުނަރުވެރި ޝާއިރު އަދި ޅެންވެރިކަން އުނގަންނައިދިނުމުގައި ތަފާތު އުކުޅުތަކެއް ގެންގުޅުއްވާ މުދައްރިބު، ޢީސަ އޮންލައިން ޕޮއެޓްރީން ޢީސާ ޝަރީފް އެވެ.
އޯގަސްޓް 22 ވަނަ ދުވަހު ހަވީރު 04:00 ފަށަން ހަމަޖެހިފައިވާ “ހިލޭ، ޅެން ކިޔަވަމާ! – ވިތު ޢީސާ“ގައި ބައިވެރިވުމަށް މި ލިންކް މިހާރުން ފެށިގެން ފޮލޯކޮށްލައްވައި ނޮޓިފިކޭޝަން އޮންކޮށްލެއްވުމުން ޕްރޮގްރާމުގެ މަޢުލޫމާތުތައް ލިބެމުންދާނެއެވެ.
https://www.clubhouse.com/join/muniavas/ydSx5KXk/PGEB21Lp
އެއްވެސް އަގަކާ ނުލައި، ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ކޮންމެ ދުވަހަކު ހަވީރު 04:00ގައި މުނިއަވަސްގެ މައި އޮޅި “މުނިއަވަސް” ކްލަބް މެދުވެރިކޮށް ގެނެސްދޭ ޕްރޮގްރާމެކެވެ.
“ހިލޭ، ޅެން ކިޔަވަމާ! – ވިތު ޢީސާ“ގެ ފުރަތަމަ ބުރުގައި ބައިވެރިފި ފަރާތްތަކުން 12 ވަރަކަށް ބޭފުޅުންނަށް ޅެން ހަދަން ދައްވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން މި ކުލާސްތައް އަޑުއައްސަވައިގެން މި ހުނަރު ހޯދި އިތުރު ފަރާތްތަކެއްވެސް ހިމެނޭކަން ފާހަގަކޮށްލަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!