ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގަރ ޝްރޮފް ލީޑް ރޯލުން ފެނިގެންދާ ފިލްމު “ގަނާޕަތު”ގެ ފުރަތަމަ ބައި ސިނަމާތަކުގައި އަޅުވާނެ ތާރީޚް އިޢުލާނުކޮށްފިއެވެ.

ފިލްމުގެ ޝޫޓިންގ އިންޑިއާގެ މުމްބާއީގައި ސެޕްޓެމްބަރު މަހު ފެށިގެންދާއިރު، ފިލްމުގައި ޓައިގަރ އާއެކު ފެނިގެންދާނީ 2014 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި އެކްޓްރެސް، ކްރިތީ ސެނަން ކަމަށް ބޭރުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބެއެވެ.

ވިކާސް ބާލް ޑައިރެކްޓްކޮށް ގެނެސްދޭ މިފިލްމަކީ އަކީ މިދިޔަ އަހަރު ވަރުން ދަވަން އާއި ސާރާ އަލީ ޚާންގެ “ކޫލީ ނަންބަރު 01” ގެނެސްދިން ކުންފުނި ކަމަށްވާ ވާޝޫ ބަގްނާނީއާއި ޕޫޖާ އެންޓަރޓެއިންމެންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ ކުރު ޓީޒާއަކާއެކު މިއަދު ޕޫޖާ އެންޓަރޓެއިންމެންޓް އިން ދައްކާލި ވީޑިއޯގައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ފިލްމު ރިލީޒްކުރާނެ ކަމަށެވެ. މިފިލްމު ނެރޭނީ 2019 ވަނަ އަހަރު ސަލްމާން ޚާންގެ “ދަބަންގ 03” ގެނެސްދިން ފަދައިން ކްރިސްމަސްއާ ދިމާކޮށެވެ.

ޓަގައިރގެ “ހީރޯޕަންތީ 2” ގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، “ބާގީ 4” އާއި “ރާމްބޯ” ގެ މަސައްކަތް ވެސް ކުރިއަށް އެބައޮތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.