ބައިސްކޯފުގެ ކުރިޔަށް އޮތް ޑްރާމާ ސީރީޒް “ނޫންތަ؟” ގެ ޝޫޓިން ފެށިގެން ކުރިޔަށްދާ ކަމަށް ސީރީޒްގެ ޓީމުން ބުނެފިއެވެ. މިއީ “އެހެނަސް”ގެ ލިޔުންތެރިޔާ އަދި ކްރިއޭޓަރ އަޙްމަދު އިޤްބާލް އާއި ނާއިޝާ ނާޝިދު ޑައިރެކްޓްކުރާ ޑްރާމާ ސީރީޒެކެވެ.

ތަފާތު ހަ ވާހަކައެއް ގެނެސްދޭ ހަ އެޕިސޯޑްގެ މި ސީރީޒްގެ ޝޫޓިން ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ފުރަތަމަ އެޕިސޯޑްގެ މަންޒަރުތައް މިހާރު ނަގަމުންދާ ކަމަށް “ނޫންތަ؟”ގެ ޓީމުން ބުނެއެވެ.

“ނޫންތަ؟”ގެ ފުރަތަމަ އެޕިސޯޑުގެ ލީޑުން ފެންނާނީ ހުނަރުވެރި ތަރިން ކަމަށްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަޙްމަދު އާސިމްގެ އިތުރުން، މީގެ ކުރިން ވީޑިއޯ ލަވަ އަކުން ފެނިގެން ގޮސްފައިވާ އަދުހަމް އެވެ.

“ނޫންތަ؟”ގެ ތިން އެޕިސޯޑެއް ޑައިރެކްޓްކުރާނީ އިޤްބާލް އެވެ. އަނެއް ތިން އެޕިސޯޑް ޑައިރެކްޓްކުރާނީ ނާއިޝާ އެވެ.

“ނޫންތަ؟”ގެ ހަ އެޕިސޯޑުގެ ތެރެއިން ކޮންމެ އެޕިސޯޑެއްގައި ވެސް ފެންނާނީ ތަފާތު ތަރިންނެވެ. މި ސީރީޒްގައި އެކްޓުކުރަން ބޭނުންވާ ފަރާތްތަކުން ބައިސްކޯފްގެ އިންސްޓަގްރާމް ޕޭޖަށް މެސެޖް ކުރުމަށް އިގްބާލް އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.