ތަޖުރިބާކާރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ)ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ‘ކޮކޯ ޕްރޮޑަކްޝަން’ އިން އުފައްދާފައިވާ ޑްރާމާ ސީރީޒް “ލޯބިވިޔަސް” މި އަހަރު އޯގަސްޓް މަހު 26ގައި ސްޓްރީމްކުރަން ފަށާނެ ކަމަށް ބައިސްކޯފުން ބުނެފިއެވެ.
“ލޯބިވިޔަސް” އަކީ މަޝްހޫރު އެކްޓަރ އަދި ”ހުވާ“ ފަދަ އަސަރުގަދަ ޑްރާމާތަކުގެ ޑައިރެކްޝަންގައިވެސް ހަރަކާތްތެރިވެފައިވާ މުޙައްމަދު ފައިސަލްގެ ޑައިރެކްޝަން އެއް ފެނިގެންދާނެ އަށް އެޕިސޯޑްގެ ޑްރާމާ ސީރީޒެކެވެ.
”ލޯބިވިޔަސް“ގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ މިވަގުތު ދިވެހި ފިލްމީ ދާއިރާގައި އެންމެ ވަރުގަދައަށް ފިޔަޖަހަމުން އަންނަ ތަރިންތަކެކެެވެ. އެގޮތުން މުޙައްމަދު ފައިސަލް، ނާޝިދާ މުޙައްމަދު (ނާއްކޮ)، ނުޒުހަތު ޝުޢައިބް (ނުޒޫ)، އަޙްމަދު ޢީސާ (އާނަންދު)، މަރްޔަމް މަޖުދާ (މަޖޫ)، އަޙްމަދު އާސިމް ހިމެނެއެވެ.
މީގެ އިތުރުން ސަޕޯޓިން ރޯލުތަކުން ފެނިގެންދާނީ ފާޠިމަތު ފައިނާ، އަޙްމަދު ޝާން، މުޙައްމަދު ރިފްޝާން (ރިއްޕެ)، އާމިނަތު ޝަމްރާ، ޢާއިޝަތު ޝިފާނާ، މުޙައްމަދު ރަޝާދުގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ޢަބްދުﷲ މާއިޒް އަޙްމަދު އެވެ.
މި ސީރީޒްގެ ޓްރެއިލާއެއް މިމަހު 19ގައި ބައިސްކޯފުން ރިލީޒްކޮށްފައި ވެއެވެ.
Desperate souls longing for love. Hidden emotions. Secret affairs.
“Loabiviyas” is here to take you on a rollercoaster ride of emotions.Coming to #Baiskoafu on 26th August pic.twitter.com/qtoLgNOil8
— Baiskoafu (@baiskoafu) August 19, 2021
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!