ނޮޅިވަރަމުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ “އަންޑަރ 14 ފުޓްސަލް ޗެލެންޖް” އިޢުލާން ކޮށްފިއެވެ.
މި މުބާރާތަކީ 14 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން ނޮޅިވަރަމުގެ ފުޓުބޯޅައަށް ލޯބިކުރާ ދެ ޒުވާނުންކަމުގައިވާ ޙުސައިން މުޙައްމަދާއި އާދަމް އަޒުމީލު އިންތިޒާމުކޮށް ކުރިޔަށްގެންދާ ފުޓްސަލް މުބާރާތެކެވެ.
މަގުޞަދަކީ ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތު ތަނަވަސްކޮށްދީ ފުޓްސަލްގެ ހުނަރު އިތުރު ކުރުމެވެ.
މި މުބާރާތަކީ ރަށުގެ ގިނަ ބަޔެއްގެ ތަރުހީބު ލިބިގެންދިޔަ އަދި އެހާމެ ފޯރިގަދަކޮށް ކުރިޔަށްދިޔަ މުބާރާތެއްކަން ފާހަގަކޮށްލަމެވެ. ޚާއްޞަކޮށް ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަ މުބާރާތެކެވެ.
މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2020 ވަނަ އަހަރުގައެވެ.
ފާއިތުވި މުބާރާތުގައި ބައިވެރިވުމުގެ ގޮތުން އެއްވެސް ފީއެއް ނަގާފައި ނުވާއިރު އެފަހަރުގެ މުބާރާތް ހިންގުމުގައި ރަށުގެ އެކި ފިހާރަތުގެ ދީލަތި އެހީތެރިކަން ލިބުނުކަން މުބާރާތުގެ އިންތިޒާމު ކޮމެޓީއިން ހާމަކުރެއެވެ.
އެގޮތުން ފަގަ ފިހާރަ، ސަނދު، މީންމާޓު، ޒާސް ލާނިންގް ސެންޓަރ، ތަރިކަ އާކޭޑް، އައި.އޭ ސާރވިސް، ފްރެޝްއަލިވާ ކެފޭ، ޕެންޓަގުރާމް އަދި ފީރޯޒު ގާރޑެންގެ އިތުރުން ސެޓްލިންކް ނޮޅިވަރަމް ފާހަގަކޮށްލެވެއެވެ.
އިންތިޒާމުކުރާ ފަރާތުން ހާމަކުރާގޮތުގައި އަމާޒަކީ މިފަހަރުވެސް އެއްވެސް ޗަންދާއެއް ނުނަގާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު މުބާރާތުގެ މީޑިއާ ސްޕޮންސަރ އަކީ މުނިއަވަސްއެވެ.
މުބާރާތަކީ ސުކޫލު ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއްކަމުން، މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ މި އަހަރުގެ ފުރަތަމަ ޓާމުގެ ބަންދާ ދިމާކޮށެވެ. އެގޮތުން މުބާރާތް ފަށަން ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
-
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 އޮކްޓޯބަރ 2021ޚަބަރު2 މެޗުން މޮޅުވެ ނޭޕާލް ތާވަލުގެ އެއްވަނައަށް!
- 4 އޮކްޓޯބަރ 2021ޚަބަރުއިންޑިއާގެ ފުރަތަމަ މެޗު އެއްވަރުވެއްޖެ!
- 1 އޮކްޓޯބަރ 2021ޚަބަރުފަހު ވަގުތު ލީޑް ނަގައި ނޭޕާލުން ރާއްޖެ ބަލިކޮށްފި!
- 1 އޮކްޓޯބަރ 2021ޚަބަރުފުރަތަމަ މެޗުން ބަނގްލަދޭޝްއަށް 3 ޕޮއިންޓް!