އިންޑިއާގެ ޔާޝް ރާޖް ފިލްމްސް (ވައި.އާރު.އެފް)ގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު “ޓައިގަރ 3″ގެ ވިލަން ރޯލުން ފެނިގެންދާނީ އިމްރާން ޙާޝްމީ ކަމަށް ކުރިން ވަނީ މަޢުލޫމާތު ލިބިފައެވެ.
ނަމަވެސް އޯގަސްޓް 23 ގައި ބޮލީވުޑް ހަންގާމާއަށް އޭނާ ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ އަތެއް އެ ފިލްމުގައި ނުވާ ކަމަށެވެ. “އަހަރެން ދުވަހަކުވެސް ބުނެފައެއް ނޯންނާނެ އަހަރެން ޓައިގަރ 3 ގައި މަސައްކަތް ކުރާނަމެކޭ! އަހަރެން މިބުނަނީ އަހަރެންގެ އެއްވެސް އަތެއް އެ ފިލްމަކު ނޯންނާނޭ!” އިމްރާން ބުނެފައިވެއެވެ.
“އަހަރެންނަކަށް ނޭނގޭ އަހަރެންގެ އަތެއް އެ ފިލްމުގައި ވާ ކަމެއް! މީސްމީޑިއާ ތެރެއިން އަހަރެންނަށްވެސް މި ވާހަކަ އަޑު އިވިފައި އޮތީ! ޓައިގަރ (ސަލްމާން) ދިމާވާ ފަހަރަކުން އޭނާ ކުރެން ސުވާލުކޮށްބަލަ އަހަރެންގެ އަތެއް އެ ފިލްމުގައި ވޭތޯ!” ޤަބޫލު ނުކުރެވިގެން ދެވަނަ ފަހަރު ސުވާލު ކުރުމުން އިމްރާން ބުންޏެވެ.
ކުރިން އަޑު ފެތުރިފައިވާ ގޮތުގައި “ޓައިގަރ 3 “ގެ ވިލަން އަކީ އިމްރާން ހާޝްމީއެވެ. ނަމަވެސް އޭނާ އެކަން ދޮގުކުރުމުން ފިލްމުގެ ވިލަން ރޯލު ކުޅޭނެ މީހަކު ވަނީ ޔަޤީން ވާ ގޮތް ނުވެފައެވެ. (ވައި.އާރު.އެފް) އިން ފިލްމުގެ ވިލަން ރޯލު ކުޅޭނެ މީހަކު ރަސްމީކޮށް އަދި އަންގާފައެއް ނުވެއެވެ.
ސަލްމާން ޚާނާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ ފިލްމު “ޓައިގަރ 3″ގެ ޝޫޓިންގ ބާރަށް ކުރިއަށް ދާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
-
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 އޮކްޓޯބަރ 2021ޚަބަރު2 މެޗުން މޮޅުވެ ނޭޕާލް ތާވަލުގެ އެއްވަނައަށް!
- 4 އޮކްޓޯބަރ 2021ޚަބަރުއިންޑިއާގެ ފުރަތަމަ މެޗު އެއްވަރުވެއްޖެ!
- 1 އޮކްޓޯބަރ 2021ޚަބަރުފަހު ވަގުތު ލީޑް ނަގައި ނޭޕާލުން ރާއްޖެ ބަލިކޮށްފި!
- 1 އޮކްޓޯބަރ 2021ޚަބަރުފުރަތަމަ މެޗުން ބަނގްލަދޭޝްއަށް 3 ޕޮއިންޓް!