ޔޫއްޕެ ޕްރޮޑްކްޝަން އާއި ޝައި ޕްރޮޑަކްޝަންގެ އުފެއްދުންތަކުގައި އެކްޓްކުރަން ބޭނުންވާ އައު ފަންނާނުން ހޯދުމަށް އަނެއްކާވެސް އިޢުލާނުކޮށްފިއެވެ. ކާސްޓިން ކޯލަކަށް ޔޫއްޕެ އިޢުލާނުކޮށްފައި މިވަނީ ބޮޑު ކާސްޓެއް ހިމެނޭ، ދިގު ސީރީޒަކަށް ކާސްޓުން ހޯދަން ފެށި މަސައްކަތުގެ ދަށުންނެވެ.
މި ކާސްޓިންގ ކޯލް އަދި އޮޑިޝަނަކީީ ދެ ޖިންސަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ. ކާސްޓިންގ ކޯލް އޮންނާނީ ޖަސްޓިސް ބިލްޑިންގު ކައިރީގައި ހުންނަ ސީޑް ބައި ބީސީސީ ގެ ފުރަަތަމަ ފަންގިފިލާގައެވެ.
ކާސްޓިންގ ކޯލް އަދި އޮޑިޝަން އޮންނާނީ 28 އޯގަސްޓް2021، ހޮނިހިރު ދުވަހުގެރޭ 1900 ން 2200 އަށެވެ.
މި ހަރަކާތާ ގުޅޭ އިތުރު މަޢުލޫމާތެއް ބޭޭނުންނަމަ 7858594 ނަންބަރަށް ގުޅައިގެން ކުރިއަށްދެވޭނެއެވެ.
މީގެ ތިން ހަފުތާ ކުރިންވެސް ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަންގެ ކާސްޓިން ކޯލެއް ބޭއްވިއެވެ. އަދި އޭގެ ހަފުތާއެއް ފަހުން އޮޑިޝަންއެއް ބޭއްވިއެވެ. މީގެ އިތުރުން މުނިއަވަސްގެ ‘ކްލަބްހައުސް ޚަބަރު / ކޯދު’ގެ އެޕިސޯޑެއްގައި ވެސް ކާސްޓިން ކޯލެއް ކުރިއަށްގެންގޮސްފައި ވެއެވެ.
ކުރިން ބޭއްވި ކާސްޓިން ކޯލާމެދު ޔޫއްޕެ ބުނީ ‘މިއީ ބޮޑު މަސައްކަތެއް ކަމަށާއި މި ވެބް ސީރީޒް ޝޫޓްކުރާނީ އަތޮޅުތެރޭގެ ރަށެއްގައި ކަމަށެވެ. އަދި މި ސީރީޒަކީ ބޮޑު މަސައްކަތެއް ކަމަށާއި ބޮޑު ކާސްޓެއް ބޭނުންވާކަމަށްވެސް ޔޫއްޕެ ބުންޏެވެ. މީގެ އިތުރުން މި ސީރީޒްގެ ބައެއް ޓެކްނިކަލް މަސައްކަތްތަކުގައި ކްރޫގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ހުޅުވައިލެވިފައި ވާކަމަށް ޔޫއްޕެ ބުންޏެވެ.
ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަންގެ އިތުރުން އަލަށް ފިލްމު އުފެއްދުމަށް ނުކުންނަ ޕްރޮޑަކްޝަނަކާ ގުޅިގެން އުފެއްްދުމަށް ތައްޔާރުވަމުން އަންނަ ވަރުގަދަ ވެބްސީރީޒްގައި 52 އެޕިސޯޑް ހިމެނޭނެއެވެ.
ދިވެހި ފިލްމީ ދާއިރާއަށް އަައު މޫނުތަކެއް ތަޢާރަފުކުރުމަށް އަބަދުވެސް ބޮޑު އިސްކަމެއް ދެމުން އަންނަ ޔޫސުފު ޝަފީޢު (ޔޫއްޕެ)ގެ ވިސްނުން ހުރީ ފިލްމީ ދާއިރާއިން ޔޫޫއްޕެމެންްގެ ޖީލު ދުރަށްޖެހިލާއިރު، މި ދާއިރާގައި ހަރަކާތްތެރިވާނެ ހުނަރުވެރި ބެޗެއް ތައްޔާރުކުރުން ކަމަށް މުނިއަވަސް އަށް ޔޫއްޕެ ބުނެފައިވެއެވެ.
ޔޫއްޕެގެ ވިސްނުން ހުރީ މި ސީރީޒްގައި ބައިވެރިވެފައިވާ ކުދިންގެ ޕްރޮމޯޝަނަށް މުނިއަވަސް އާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުންކަމަށް ޔޫއްޕެ ބުނެފަައިވެއެވެ. އެކްޓިން އަށް ނުކުންނަ އައު ފަރާތްތައް ޕްރޮމޯޓްކުރުމުގައި ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނާ އެކުގައި މަސައްކަތްކުރުމަށް މުނިއަވަސް އިންވެސް ތައްޔާރަށް ތިބިކަމުގެ ޔަޤީންކަން މުނިއަވަސް އިން ޔޫއްޕެެއަށް ދީފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
