🖐️ މުުނިއަވަސް ކްލަބްހައުސް އިފްތިތާހްކޮށްދެއްވާނީ މުޙައްމަދު އާސިފް (މޮންދު)
🖐️ ކުރީގެ މަޝްހޫރު ތަރިއަކާއި ޕްރެޒެންޓަރެއް މުނިއަވަސްގެ ޓީމާ ގުޅިފައިވޭ
🖐️ ބައެއް ޕްރޮގްރާމްތަކުގެ ކޮންޓެންޓަށް ބަދަލުގެނެސް ރީ-ބްރޭންޑްކޮށްފައިވޭ

ކްލަބްހައުސް މެދުވެރިކޮށް މުނިއަވަސް އިން ގެނެސްދެމުން އަންނަ ޕްރޮގުރާމުތަކަށް ބޮޑެތި ބަދަލުތަކަކާއެކު، ސެޕްޓެމްބަރު 01 ގައި ރަސްމީކޮށް ފެށުމަށް ނިންމައި ތާވަލްކޮށްފިއެވެ.

މުުނިއަވަސް ކްލަބްހައުސް ގައި މުނިއަވަސްގެ ރަސްމީ އޯޑިއޯ ޕްރޮގްރާމުތައް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 01 ވާ ބުދަ ދުވަހު ހެނދުނު އެވެ. މުުނިއަވަސް ކްލަބްހައުސް ރަސްމީ ލޯންޗިން އިވެންޓާއި ދުވަހުގެ ޕްރޮގްރާމު ތާވަލް އަދި ލިންކްތައް ހިއްސާކޮށްލާނަމެވެ.

🖐️ މުުނިއަވަސް ކްލަބްހައުސް އިފްތިތާހީ ހަފުލާ – ހެނދުނު 08:30 ން 09:00 އަށް
🎙 ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުނިއަވަސް ކްލަބްހައުސް ލޯންޗްކޮށްދެއްވާނީ މުޙައްމަދު އާސިފް (މޮންދު)
🎙 ރަސްމިއްޔާތު ހުށައަޅައިދޭނީ މަޝްހޫރު ޕްރެސެންޓަރ ޢާއިޝަތު ރިފްޒާ (ރިފޫ)

🖐️ އަރައިގެން އައި އިރާއެކީ އައިމޭ – ހެނދުނު 09:00 ން 10:30 އަށް
🎙 ޓީމް މުނިއަވަސް

🖐️ ވާހަކައިން ވާހަކަ – މެންދުރުފަހު 01:00 ން 02:30 އަށް
🎙 ސަންނު، އީމާން، ނާއިމް އަދި ޓީމް މުނިއަވަސް

🖐️ ޑްރާމާ ބާޒީ – ހަވީރު 04:00 ން 05:30 އަށް
🎙 ޢާއިޝަތު ޝިރާނީ، ޢީސަ، އަފާ، ލައި، އަޙްމަދު އަދި މުނިއަވަސް ޓީމް

🖐️ ކޮން ލަވައެއް (ރީ-ބްރޭންޑެޑް) – ރޭގަނޑު 10:00 ން 11:30 އަށް
🎙 ޢީސަ، އަފާ، ލައި، އަޙްމަދު އަދި މުނިއަވަސް ޓީމް

މުުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމުތަކަށް ގެނެސްފައިވާ ބަދަލުތައް، މުނިއަވަސް އޮންލައިންގައި އާއްމުކޮށް ފެންނަން ހުންނާނެ އިންތިޒާމެއް ހަމަޖެއްސުމަށް ނިންމާފައިވާކަން ފާހަގަކޮށްލަމެވެ.

ވަރަށް އާދައިގެ ގޮތަކަށް މުނިއަވަސް އިން ޚަބަރު ގަޑި ނަމުގައި ޕްރޮގްރާމެއް ފެށީ 23 ޖޫން 2021 ގައެވެ. އޭގެ ފަހުން ‘މުނިއަވަސް ޚަބަރު / ކޯދު‘ގެ ނަމަށް އެ ޕްރޮގްރާމުގެ ނަން ބަދަލުކޮށް ހަަަފުތާގެ އާދީއްތަ ދުވަހުގެ ރޭ ‘މުނިއަވަސް ޚަބަރު / ކޯދު: ސްޕެޝަލް’ގެ ނަމުގައި ބޮޑެތި ފިލްމުތަކުގެ މަސައްކަތްކޮށްފައިވާ ޓީމު ނުވަތަ ބޮޑު މަޤްބޫލުކަމަކާއި މަޝްހޫރުކަމެއް ހޯދާފައިވާ ފަންނާނެއް ގެނެސްގެން ޚާއްޞަ ޕްރޮގްރާމެއް ގެނެސްދޭޭން ފެށިއެވެ. އޭގެ ފަހުން އެކިއެކި ރަަހަތައް ހިމެނޭ ގޮތަށް ސިލްސިލާކޮށް ބައެއް ޕްރޮގްރާމުތައް ގެންނަން ފެށިއެވެ.

މިހައިތަނަށް ގެނެސްދީފައިވާ ކާމިޔާބު ޝޯތަކުގެ ތެރޭގައި ފިލްމު ފަތިސްހަނދުވަރުގައި ޝާމިލުވާ ބޮޑު ޓީމާާއި އެކުގައި 04 ގަޑި އިރަށް ދެމިގެން ދިޔަ ޝޯވ އަކާއި ދޮޅުގަޑި އިރަށް ދެމިގެން ދިޔަ ޝޯވއެއް ބޮޑު އޯޑިއަންސަކާ އެކުގައި ކުރިއަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރުން ޔޫއްޕެ އަށް ޚާއްޞަކޮށް ގެނެސްދިން ކާމިޔާބު ޝޯވ، ޓިކްޓޮކް ކުޅޭ ކުދިންނަށް ޚާއްޞަކޮށްގެން ގެނެސްދިން ޝޯވ، ޔޫއްޕެ ޕްރޮޑަކްޝަން އާއި އައިލެންޑް ޕިކްޗަރސްގެ ކާސްޓިންކޯލް ޝޯވ، ޝާކިރުގެ ދުލުން އިއްޔެގެ ނަމުގައި ގެނެސްދެމުން އަންނަ ކާމިޔާބު ޝޯވއާއި ހިނދޭނެ- ވިތު ފިޓްނަސް ގްރޫ އަޗޫގެ ނަމުގައި ގެނެސްދެމުން އަންނަ ޝޯވ، ހާބުރި ރަޝީދު ސްޕެޝަލް ޝޯވ އާއި ޝިރާނީ ސްޕެޝަލް ޝޯވގެ އިތުރުންވެސް ކާމިޔާބު ޝޯތަކެއް ގެނެސްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

އިތުރު ޝޯވތަކަށް ބަލައިލާއިރު، ވާހަކައިން ވާހަކަ، ކޮން ލަވައެއް- ލަވަ ރިކްއެސްޓް، ޅެން ކޯހުގެ ދެ ކޯސް، ސުނާމީގެ ތަޖުރިބާ ހިއްސާކޮށްލެވުނު ކާމިޔާބު ޝޯވ ފަދަ އެތަކެއް ޝޯތަކެއް، މި ހޭދަވީ ކުރު މުއްދަތުގައި ގެނެސްދީފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.