ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޑައިރެކްޓްކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރ އަމްޖަަދު އިބްރާހީމް (އަމްޖޭ)ގެ ވެބް ސީރީޒް “ބްރިޖް”ގައި ހުނަރުވެރި އެކްޓްރެސް އާމިރާ އިސްމާޢީލް ފެނިގެންދަނީ ވަރަށް ތަފާތު ގޮތަކަށްކަން ހާމަވެއްޖެއެވެ. ފިލްމުގެ ޝޫޓިން ތެރެއިން މުނިއަވަސް އަށް ލިބިފައިވާ ބައެއް ފޮޓޯތަކުން އާމިރާ ފެނިގެންދަނީ ތަފާތު ސްޓައިލެއްގައި ހުންނަ ޖިންނިއެއްގެ ގޮތުގައި ކަމަށް ދޭޭހަވެއެވެ.
ވެބް ސިރީޒް “ބްރިޖް”ގެ އެންމެ ފަހުގެ މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން އަމްޖޭ ބުނީ ޝޫޓިން އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައިވާ ކަމަށާ މިހާރު އެޑިޓިންވެސް ފެށިއްޖެ ކަން ފާހަގަކުރިއެވެ.
“މީ ބްރިޖްގެ ޝޫޓިންގަ މިހާރު މި އުޅެނީ. މިހާރު މި މުޅި އެތީގެ ޝޫޓިން ގާތްގަނޑަކަށް ހަމަ ނިމުމަކާ ހަމައަށް މި ދަނީ. ދެން އިންނާނީ އެންމެ މަންޒަރަކަށް ވެފަ. މިހާރު އެޑިން ވެސް ފެށިއްޖެ. އެޑިޓް ކުރަނީ ރަވީ ފާރޫޤް. ރަވީ އެޑިން ފައްޓައިފި މިރޭ.” ވެބް ސީރީޒް “ބްރިޖް”ގެ ޝޫޓިން ތެރެއިން ޝާޒް އާއި އާމިރާގެ ވަރުގަދަ ސީން އެއްގެ އަޑު އިއްވާލަމުން މި މަހުގެ 02 ވަނަ ދުވަހުގެ ރޭ މި ސިރީޒްގެ ޑައިރެކްޓަރ އަމްޖޭ ފާހަގަކުރިއެވެ.
“މި ލަފާކުރެވެނީ މި ވީކްގެ ތެރޭގަ މުޅި އެތި ގާތްގަނޑަކަށް ފައިނަލްކޮށްލެވޭނެ ކަމަށް އެޑިޓިން. އޭގެ ފަހުގަ ޑަބިންވެސް ފެއްޓޭނެ.” އާމިރާ އާއި ޝާޒްގެ ވަރުގަދަ ސީންގެ އޯޑިއޯއެއްވެސް މުނިއަވަސް އާ އަމްޖޭ ހިއްސާކުރިއެވެ. އެ ސީންގެ އަޑުންވެސް މިއީ ތަފާތު މޮޅު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.
އަމްޖޭގެ ”ބްރިޖް“ގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންގެ ތެރޭގައި، މަޝްހޫރު އެކްޓްރެސް ޝީލާ ނަޖީބް، މަޤްބޫލު އެކްޓަރ ޝަމީލް، ކޮމެޑީގެ ރަސްގެފާނު އަޙްމަދު ޝާޒް (ތަޖޫ)، ހުނަރުވެރި އެކްޓްރެސް އާމިރާ، މަންމަ ބަޔަށް ހިތްގައިމު މަރިޔަމް ހަލީމްގެ އިތުރުން އުއްމީދީ އެކްޓަރ އަނިލް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ
Muni Avas eba rangalhu vey thigothah film update dheythi👏👏👏👏👏