ބޮލީވުޑްގެ ސުޕަރސްޓަރ ސަލްމާން ޚާންގެ އަންނަން އޮތް ޕްރޮޖެކްޓް “ބައިޖާން”ގެ ވާހަކަ އަކީ އެ ފިލްމު އިޢުލާން ކުރި ފަހުން މީޑިއާ ތަކުގައި އެންމެ ހަލުވިކޮށް ފެތުރެމުންދާ އެއް ވާހަކައެވެ. މި ފިލްމު ލިޔެ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވަނީ ސާޖިދު ނަދިއަދުވާލާއެވެ.
ފަހުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި މިހާރު އަނެއްކާވެސް ފިލްމާ ބެހޭ ގޮތުން ފިލްމުގެ ޕްރޮޑަކްޝަން ޓީމު އެބަ މަޝްވަރާ ކުރެއެވެ. އެއީ ފިލްމުގެ ބަޠަލު ސަލްމާން ޚާން އެ ފިލްމު ދޫކޮށްލަން އުޅޭ ކަމަށް ޚަބަރު ފެތުރޭތީއެވެ.
ކުރިން އަޑު އިވިފައިވާ ގޮތުގައި ފިލްމުގެ ނަން “ކަބީ ޢީދު ކަބީ ދިވާލީ” އިން “ބައިޖާން” އަށް ބަދަލު ކުރީއެވެ. ނަމަވެސް މިހާރު، ފިލްމު ދެން ނުނުކުންނަ ގޮތަށް އެއްކޮށް ކެންސަލް ވަނީބާއެވެ.
ބޭރުގެ ރިޕޯޓަކުން މަޢުލޫމާތު ލިބޭ ގޮތުގައި ސަލްމާންގެ ރާދޭ އަށް ސޯޝަލް މީޑިއާގައި އޭނާގެ ވަރުގަދަ ކަމާއި ‘ބްރާވޯ’ ދައްކުވައިދޭ ޕޯސްޓް ތަކުން މަޝްހޫރު ވިޔަސް، ޙަޤީޤަތުގައި “ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ” ވަނީ އެއްކޮށް ފެއިލް ވެފައެވެ. އެހެންކަމުން އައު ފިލްމެއްގެ މަސައްކަތެއް އަވަސް މުސްތަޤްބަލެއްގައި ފެށުމުގެ ވިސްނުމެއް ސަލްމާން ނުގެންގުޅެއެވެ. އެހެންކަމުން 2022 ވަނަ އަހަރު އޭނާގެ ފިލްމަކަށް ރިލީޒްވާނީ ހަމައެކަނި “އަންތިމް: ދަ ފައިނަލް ޓްރުތު”އެވެ.
ފިލްމު “ކަބީ ޢީދު ކަބީ ދިވާލީ” ނުވަތަ “ބައިޖާން”ގެ ވާހަކަ ބޮޑަށް ޚާއްޞަ ވަނީ ސަލްމާންގެ ޢާއިލާއަށެވެ. އެއީ ސަލްމާންގެ ޢާއިލާގައި ތިބޭނީ އެކި ދީންތައް ޤަބޫލުކުރާ މީހުންނެވެ. އެގޮތުން ސަލްމާންގެ ބައްޕަ ސާލިމް ޚާން އަކީ މުސްލިމެކެވެ. ނަމަވެސް މަންމަ ސޫޝީލާ ޗަރަކް އަކީ ހިންދޫއެކެވެ. މިފިލްމުގައި ފެނިގެންދާނީ ޢީދު ވެސް އަދި ދިވާލީ ވެސް ހަމަހަމަ ކަމާއެކު އުފަލުގައި ފާހަގަކުރާ އެއް ޢާއިލާއެއްގެ މަންޒަރުތަކެކެވެ.
ސަލްމާން މިވަޤުތު ހުރީ 2023 ގައި ރިލީޒް ކުރަން ހަމަޖެހިފައި އޮތް ފިލްމު “ޓައިގަރ 03″ގެ ޝޫޓިންގ އަށް އޮސްޓްރިއާގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
-
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 އޮކްޓޯބަރ 2021ޚަބަރު2 މެޗުން މޮޅުވެ ނޭޕާލް ތާވަލުގެ އެއްވަނައަށް!
- 4 އޮކްޓޯބަރ 2021ޚަބަރުއިންޑިއާގެ ފުރަތަމަ މެޗު އެއްވަރުވެއްޖެ!
- 1 އޮކްޓޯބަރ 2021ޚަބަރުފަހު ވަގުތު ލީޑް ނަގައި ނޭޕާލުން ރާއްޖެ ބަލިކޮށްފި!
- 1 އޮކްޓޯބަރ 2021ޚަބަރުފުރަތަމަ މެޗުން ބަނގްލަދޭޝްއަށް 3 ޕޮއިންޓް!